ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ އައްޑޫ މެމްބަރުން ތިއްބެވީ ނިދާފަ ނޫން ކަމަށާއި އެ ބަލިމަޑުކަމާ ގުޅިގެން ސަރުކާރުން އަޅަމުން އައި ފިޔަވަޅުތައް މެމްބަރުން އައީ ވަރަށް ކައިރިން ބަލަމުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
އައްޑޫގައި ކޮވިޑް-19 އަށް ޓެސްޓް ނުކުރެވޭތީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން ޝަރީފް ވިދާޅުވީ ޝިޔާމް މައްސަލަ ހުށަހަޅުއްވާފައި ވަނީ މައުލޫމާތު ސާފުނުކޮށް ކަމަށެވެ. ރާއްޖެއަކީ ކަންމަތީ ފިހާރައިން ޓެސްޓް ކިޓް ލިބޭ ގައުމެއް ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ.
ރާއްޖެއަކީ ވެންޓިލޭޓަރު އުފައްދާ ގައުމަކަށް ނުވާ އިރު، ރާއްޖެއަށް ލިބޭ ސިއްހީ ވަސީލަތްތަކަކީ މަދު ވަސީލަތްތަކެއްކަން ޝަރީފް ފާހަގަކުރެއްވިއެވެ. ނަމަވެސް ސަރުކާރުން ކުރާ މަސައްކަތަކީ ރަނގަޅު މަސައްކަތްތަކެއް ކަމަށާއި އެކަންކަން ބަލައިގަންނަ ކަމަށް ޝަރީފް ވިދާޅުވިއެވެ.
"ރާއްޖޭގައި އެކަށީގެންވާ ޓެސްޓް ހެދެމުން ނުދާ ކަން އެއީ ގަބޫލުކުރަން ޖެހޭ ކަމެއް. އެއީ އައްޑޫގައި ވެސް އަދި ރާއްޖޭގައި ވެސް. އެހެންވީމަ ރާއްޖެއަށް ލިބިފައި ހުރި މަދު ވަސީލަތްތައް ބޭނުންކޮށްގެން ހެޔޮ ގޮތުގައި އެންމެ ބޮޑަށް ބޭނުންވާ ތަނަށް ބޭނުންވާ ވަގުތަށް އެކަންކަން ކުރެވޭނެ އިންތިޒާމް ސަރުކާރުން ހަދާ ހަމަޖައްސާފައިވާ ކަން އަޅުގަނޑު އުފަލާއެކު ފާހަގަ ކުރަން،" ޝަރީފް ވިދާޅުވިއެވެ.
ރާއްޖެ އިން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން 814 މިލިއަން ރުފިޔާ ހަރަދު ކުރި ނަމަ، ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި ޓެސްޓް ކުރެވޭނެ ވަސީލަތްތައް ހުންނަން ވާނެ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ސުވާލު އުފައްދަވައިފައެވެ.
ޝިޔާމް ވިދާޅުވީ ދިވެހި މާލިއްޔަތުން ހަރަދެއް ކުރާ ނަމަ، އެ ހަރަދުތަކުގެ ތަފްސީލްތަކާއި ހަރަދު ކުރެވޭ ގޮތް ފެންނަން ޖެހޭ ކަމަށާ ކޮވިޑް-19 އާ ގުޅޭ ކަންކަމަށް 814 މިލިއަން ރުފިޔާ ހަރަދު ކުރުމަކީ ކުޑަ ކަމެއް ނޫން ކަމަށެވެ.
ކަލޭ ހުންނަނީ ރާކަނި މަސް ކައިގެން ނިދާފަ...
ހޫނ. ކަލޭމެން ތިބީ ކަރަންޓީނު ފެސިލިޓސް ތަކުގަ ރައްޔިތުން އުފުލަން. ޙަޔާތްކުޑަ.
ނިދާފަ ތިބީ ހަޅޭލަވާ ގަތީމަ ތިއަނގަ ހުޅުވީ
އައްޑޫގެ މެމްބަރުން އެއީ އުޅޭ ބައެއްތަ؟ ކައުންސިލަރުން އުޅޭތަ؟ އަހަރުމެންނަށް އޯކޭ ހޭލާ ތިއްބަސް ނިދާފައި ތިއްބަސް ކަލޭމެން ތިބެބަލަ މިސަރުކާރުގެ ޕަޕެޓުންގެ ގޮތުގައި އަނގަ ހުޅުވަން ނުކެރި ފިތިފައި ތިޔައީ އައްޑޫގެ ރައްޔިތުންނަކަށް މުހިންމު ބައެއްނުން!
އޭ ޝަރީފް! އަހަރެމެންނަށް މިއޮއްފަދަ ރޯދަމަހު ކަލޭގެ ލޮލަށްގޮވިދާނެ! ދޮގުނަހަދާ!
ކަލޭ ބުނާނެ ތިކަހަލަ ހިތްވަރުގެ ބަސް. ހުސް ހޮޅި. ޕޫ----ސް. ނިމުނީ. ތިޔަކު ނުދުވާނެ ވަހެއް.
ނިދާފައެއްނުން 7 މަސްވީމިބަލި ފެތުރޭތާ ދުނިއޭގަ ބަލީގަ ރާއްޖެއިން މީހުންމަރުވެ ދިޔައިރު ތިބުނަނީ ނިދާފައެއްނޫ ހިތިބޭސްބޮއެގެންތިބީ ނުނިދާނަމަ
ޝަރީފޫ ކަލެއަކީ އައްޑޫގެ ރަށްޔަތުންނަށް ހަރާމްކޯރުވި ފަހުގެތާރީހުގެ ފުރަތަމަމީހާ ދޮގުނުބުނޭ ކަލޯގެ ސަރުކާރުވަނީ ނިދާފަ ހޭލާނެދުވަހެއްވެސް ނޭންގޭ.....