ނ. މާފަރު ފިހާރައަކުން ވައްކަން ކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، އެރަށު ފިހާރައަކުން ވައްކަން ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ރޭގެ ވަވުތެއްގައި ކަމަށެވެ.
އަދި އެ މައްސަލާ ގުޅިގެން، މަނަދޫއިން ތަހުގީގު ޓީމެއް މާފަރަށް ގޮސް ކުރި ކުރި މަސައްކަތުން މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 23 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަދި އެ މީހާ ވަގަށް ނެގި ފައިސާގެ ތެރެއިން 4100 ރުފިޔާ ހޯދާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ތިޔަ އީ ދޫކޮށްލަން ހެޔޮވާވަރު ބައެއް ނޫން
މިހާރު ވެސް 10 ވަރަކަށް ދުވަހު ވަދުން ކަމަށް އެބަ ބުނޭ