ދުއާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޚިދުމަތް ވަރަށް އަވަހަށް ގައުމަށް ލިބުން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިހްލާސްތެރި ދުއާ އަކީ ވީއެންމެ އަވަހަކަށް ރައީސް ޔާމީން މިނިވަންވެ، ގައުމަށް އެމަނިކުފާނުގެ ޚިދުމަތް އަލުން ލިބިގެން ދިއުން ކަމަށެވެ.
ޑރ.ޝަހީމް އިތުރަށް ވިދާޅުވީ މިވަގުތު ދިވެހިރާއްޖެ އެންމެ ބޮޑަށް ހަނދާން ވަނީ ރައީސް ޔާމީން މަތިން ކަމަށެވެ. "އެމަނިކުފާނު ބަންދުވެފައި ހުންނެވުމަކީ މިގައުމަށް ލިބުނު ވަރަށް ބޮޑު ދެރައެއް. މިވަގުތު މިގައުމަށް ބޭނުން ވަނީ ރައީސް ޔާމީން ފަދަ ހިތްވަރުގަދަ، އިދާރީ، އިޤުތިޞާދީ، ގޮތުން ދައުލަތް މެނޭޖް ކުރުމުގެ ގާބިލްކަމާއި ހުނަރު ހުރި ލީޑަރެއް." ޑރ.ޝަހީމް ވިދާޅުވިއެވެ.
Mi vaguthu Mi Qaumu emme bodah handhaanvaanee RY mathin! Emanikufaanu bandhuvefai hurumaki Miqaumeh libunu varah bodu dhera eh! Mi vaguthu Mi Qaumah beynun vanee RY fadha hivvaru gadha, idhaaree,Iqthisaadhi gothun dhaulai Manage kurumuge Qaabil kamai hunaru huri Leadereh! pic.twitter.com/uLS0T71pzY
— Mohamed Shaheem Ali Saeed (@Mohamedshaheem1) May 15, 2020
އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރު ކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ ޑރ.ޝަހީމް ވަނީ އަރަބި ބަހުން ވެސް ރައީސް ޔާމީނާއި ގުޅޭ ގޮތުން ޓްވީޓެއް ކުރައްވާފައެވެ. އަރަބި ބަހުން ޑރ.ޝަހީމް ރޭ ކުރެއްވި ޓްވީޓްގައި ވެސް ވިދާޅުވީ ރައީސް ޔާމީނަކީ އެމަނިކުފާނުގެ ވެރިކަމުގައި އިޤުތިޞާދަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވި ލީޑަރެއް ކަމަށެވެ.
މަނީ ލޯންޑްރިންގެ ކުށް ސާބިތުކޮށް ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށް ޙުކުމް ކުރީ މިދިޔަ އަހަރުއެވެ. ކޮވިޑް-19 އާއި ގުޅިގެން އެމަނިކުފާނު ގެއަށް ބަދަލު ކޮށްދިނުމަށް އިދިކޮޅު ފަރާތްތަކުން އެދެމުން ދިޔަ ނަމަވެސް އެމަނިކުފާނު އަދިވެސް ހުންނެވީ ޖަލުގައެވެ.
އަސްލުވެސް. ވަރަށް މިސްވޭ.
ވާނެ ގޮތެއް އެކަކަށްވެސް ނޭގޭނެ. (އަންނި އުޅޭ އެނގޭކަން ދެއްކެން) އެކަމަކު ވަރަށް ބޮޑަށް ލަފާކުރެވޭ. މި ވަގުތު ޔާމީނު ވެރިކަމުގައި ހުންނެވިނަމަ މާހަރުދަނާގޮތެއްގައި ކަންކަން ކުރތެވިގެންދާނެކަމަށް.
މާތްﷲގެ މިންވަރު ފުޅުން ޔާމީނު އަވަހަށް މިނިވަންވެ އޭނާގެ ޚިދުމަތް ޤައުމަށް ލިބުމުގެ ކަންކަން ފަހިކުރައްވާނދޭވެ
އަދި ކަލެއަށް ނައިބު ރައީސްކަންވެސް ލިބުން
މީގެ މުހިންމީ ނައިބު ރައިސް ކަމެއް ނޫން!! ގައުމު ތަރައްގީވެ ގައުމު އަމިއްލަ ފައިމައްޗަށް ތެދުވެ މަސައްކަތްކުތާތަން ފެނުން!! ގައުމުގެ ފުދުންތެރިކަން އިތުރުވެ ވަޒީފާތައް އިތުރުވެ ދިވެހި ރައްޔިތުންގެ އަތްމަތި ތަނަވެސް ވެގެންދާތަން ފެނުން!! ގައުމުގައި ބޮޑެތި ބިޔަ ޕްރޮޖެކްޓްތައް ހިންގާތަން އަލުން ފެނުން!! އިންޑިޔާގެ އުނގަށް ވެއްޓި އެމީހުން ބުނާގޮތަށް ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި އެހެން ކަންކަންވެސް ބައްޓަންވެފައި އޮތް އޮތުން ނިމުމަކަށް ގެނަސް އަމިއްލައަށް ބަސްބުނުމުގެ ޙައްގު ފުރިހަމައަށް ލިބޭތަން ފެނުން!! ރާއްޖޭގެ ސިއްޙީ ދާއިރާއިން އިންޑިޔާގެ ހޮސްޕިޓަލްތަކުން ނަގަމުންދާ ބޮޑެތި ފައިދާތަށް ނެގުން ޙުއްޓުމަކަށް ގެނަސް ރާއްޖޭގެ ސިއްޙީ ނިޒާމު އަލުން ބައްޓަންކޮށް ތަރައްގީވެގެންދާތަން ފެނުން!! ޖޭއެސްސީ ކިޔާތަން ހިސޯރުކޮށްގެންގެން އުޅޭ ސިޔާސީ ބައިގަނޑު އެތަނުން ބޭރުކޮށް ރާއްޖޭގެ ކޯޓުތައް މިނިވަންވާތަން ފެނުން!! މިހާރު ދައުލަތުގެ މާލިއްޔާ ކައި ހުސްކުރަމުންދާ މީހުންނާދޭތެރޭ ފިޔަވަޅު އެޅި އިސްލާމްދީނާއި ދިވެހި ގައުމިއްޔަތު އަލުންދިރި މިސްކިތްތަކަށް އަލުން އާރޯކަން އަންނަތަން ފެނުން!! މިކަންކަން ކުރެވޭނީ ޝަޙީމް އެދޭގޮތަށް ނުވަތަ ދުވާ ކުރައްވާފަދައިން އެކަން ފުރިހަމަވެގެން!!
އެއްބައެއް ވީމާ ވަރަށް ހަނދާންވާނެ@ ބޭފުޅާކީ ވެސް ގުޅިގެން ކަންތައްތައް ކުރި މީހަކަށްވާތީ ވަރަށް ހަނދާންވާނެ
އިންސާނުންނަށް މުސީބާތްތައް ޖައްސަވަނީވެސް އެމީހުންގެ އުނި ވިސްނުމުން ކުރާ ގޯސްއަމަލުތަކުގެ ސަބަބުން ކަމުގައި ގިނަފަހަރުވަނޯ. ދިވެހިންނަކީ، ހެކިނެތި ހުކުމް ކުރާ އަދުލުވެރިކަން ދޫކޮށް އަނިޔާވެރިކަން ހިޔާރު ކުރުން އަވަސް ބައެއް. ކޮންމެ އެއްޗެއް ދުލުން ބުނާކަށް ނުވާނެ. ގިޔާމަތްދުވަހު އެމީހާ އެބުނި ބަސް ތެދުކުރާނެ ހެކި ދައްކަން ޖެހޭނެ. ނެތިމޮށުމާ ގީބަ ބުނުމާ ދޮގު ހެދުމަކީ ބޮޑެތި ފާފަލިބޭނެ ކަންތައްތސއް ކަމުގައި ވަނީ ﷲ ތަޢާލާ ކަންޑައަޅުއްވާފައި. ﷲ އަށް ބިރުވެތިވެބަލަ.
މާތްﷲގެ އިރާދަފުޅާ ރަހުމަތާއެކު ޔާމީން ކަހަލަ ނުލަފާ ވެރިއަކު މިގައުމައް ނުފޮނުއްވާންދޭ. އަމިއްލައެދުމާއިގެން ފޯވެފައިވާ ބަޔަކުގެ ކިބައިން މިގައުމު ރައްކާތެރިކުރައްވާނަދޭން.
އަމިއްލަ އެދުމުން ފޯވެގެން ވެރިކަން ކުރާ މީހުން އެބަފެނޭ ލަދެއް ހަޔާތެއް ވެސް ނެތް. ކަމެއް ކޮށްދީފަ އޮތީ ޔާމީން. ޔާ ﷲ މިވެރިކަން ގެންދަވާންދޭވެ...
ޑރ.ޝަހީމް އަކީ އަޅުގަނޑު ވަރަށް ގަދަރު ކުރަމުންއައި ބޭފުޅެއް އެކަމް މިހާރު އެނގިއްޖެ ޝަހީމް ވެސް ބޭނުންވަނީ އިންސާފަށް ވުރެ ސިޔާސީ ފިކުރު ކުރިއަށް ނެރުންކަން. އެހެންނޫންނަމަ މިވަގުތު ޝަހީމް ގޮވާލާނީ ޔާމީން ދައުލަތުގެ ފައިސާއިން ނެގި އެތައް މިލިއަން ރުފިޔާއެއް ދައުލަތަށް ދެއްކުމަށް. މިވަގުތު ގައުމު މިވަނީ އެފައިސާ ތަކުގެ ބޭނުންޖެހިފަ. ޔާމީނު ދޫކޮށްލިއަސް އޭނައަށް މިވަގުތު ގައުމަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ފިތުނަ ފަސާދަ އުފެއްދުން ފިޔަވައި. އެހެންނޫނަސް ވަގެއް ޖަލުން ދޫކޮށްލުމަށް ގޮވާލާ މީހެއްގެ އިޚޮލާސްތެރި ކަމާ ދޭތެރޭ ސުވާލު އުފެދޭ.
ސިޔާސީ ވިޔަސް މީބޮޑުވަރު އިންސާފަށް ލޯބިކުރާ ދީންވެރިމީހަކު ބޭނުންވާނެތޯ އަނިޔާވެރި އަދި ބިލިއަންރުފިޔާ ސަރުކާރުން ވަގަށްނަގާފަހުރިމީހަކު ގައުމުގެ ވެރިކަމަށް ގެންނަން. ސަހީމުއަށް ހަމަރަގަޅަށް އެގޭނެ ޔާމީނަކީބޭއިންސާފުން
އެތައްބަޔަކައްއަނިޔާދިންމީހެއްކަން.
ޤައުމުގެ ވެރިކަން ނުކުރެވޭނެ ރަނޑާލި މަރުމޯލަކަށް އިނގޭތޯ. އެއްވެސް ހިންގުމެއް އުރަތްޕެއް ނެތް މީހަކަށް. ރައީސް ޔާމީނަކާއި ބަހާއި ޢަމަލުން ކަންކަން ނިންމައި އެކަން ސާބިތުކޮށްދީފި ރައްޔިތުންނަށް. ރައީސް ޞާލިޙުގެ ވެރިކަމަށް ދެއަހަރު ވީއިރު، ޤައުމު މިއޮތީ ދަރަނި ދަންތުރައަކަށްވެ، އެންމެހާ ރައްޔިތުން މަރުގެ ތުންފަތް މައްޗަށް ގެނެސް މަގުމަތިވެފައި. މިއީ ތަފާތަކީ. ލާދީނީ ރޫޙާނީ ލީޑަރު ނޭޅޭނެޔޭ ބުނި ބުރިޖު ވެސް އެއޮތީ އަޅާފައި. އަލިފާން ފޮށްޓޭ ބުނި ދަރުމަވަންތަ ހޮސްޕިޓަލް މިހާރު އެންމެ ބޭނުންތެރި ހަސްފަތާލަކަށްވެ ނިމިއްޖެ. ޔާމީން ސަރުކާރުން އެޅި 7000 ފުލެޓް އެހުރީ ޗައިނާއިން ހަދާ ނިންމާފައި ހުޅުމާލޭގައި މިސަރުކާރުގެ ޢައުވާނުންނަށް ދޭންވެގެން ނިކަމެތި ރައްޔިތުންނަށް ލިބި ކަށަވަރުވެ ލިޔުން ދޫކޮށްފައިވާ ފްލެޓްތައް ވެސް އެހުރީ ނުދެވިފައި. މިއީ ތަފާތަކީ. ޤައުމާއި މެދު ވިސްނާ އެއްވެސް ދިވެއްސަކު މިހާރު މިކުރާ ވެރިކަމަކަށް ތާޢީދެއް ނުކުރާނެ. ރައްޔިތުން މިތީ ފޫހިވެ އަންތަރީސްވެފަ.
ދަރިފުޅާ، ފާސިގުން ކަމުގައިވާ އަދީބުއާ ޒިޔަތުގެ އަނގައިން ބުނި ބަހެއް ފިޔަވައި ދައުލަތަށް ކޯޓަށް ދެއްކުނު ހެތްކެއްނެތް. އެއީ ޘާބިތު ކުރެވޭނެ ގޮތެއްނޫން. އަމުދުން ފައިސާގެ މައްސަލައެއްގައި. އެބުނި އެސްއޯއއފް ގެ 1 މިލިއަން ޑޮލަރު ރައީސްޔާމީން ވެރިކަމުގައި އެކަނމެއް ހިނގި ދުވަސްވަރުވަނީ އޭސީސީގެވެސް ލަފާހެ މަތިން ވަކި އެކައުންޓަކަށްލާފަ އެއީ ޝައްކުކުރެވޭ ފައިސާކަމަށް ވިދާޅުވެފައި. ޔާމީންގެ މި އަމަލަކީ ތެދުވެރި އިންސާފުވެރިކަން ދައްުވައިދޭ އަމަލެއް. އެހެންވީމަ ޝަހީމް ފަދަ އިލްމީ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ރައީސް ޔާމީން ޖަލުގައި އެހުންނެވީ ކުއްވެރިވެގެން ނޫންކަމާއި އެހުންނެވުމަކީ އަނިޔާވެރިންގެ ނުބައި ރޭވުމުގެ ދަށުން އައިސޮލޭޓް ކުރުމެއްކަން.
ކޮއިފުޅާ..ޓީވީ ތަކުން ލައިވްކޮށް ދެއްކި ޖަލްސާއެއްގަ އަމިއްލަ އަށޭ ވިދާޅުވީ ތިމަންނަގެ ގެއަށް ވަންނަ ފައިސާ އަކީ ހަލާލް ފައިސާއެއް ނޫންކަން ތިމަންނައަށް އެނގެއޭ. ސިޔާސީ ވިޔަސް ބޮޑުވަރުތީ
މިސަރުކާރުން ލާރިގަނޑު ދީފަ ހުރިހާ ބާރެއް މުށުތެރެއަށް ލައިގެން ކޮން އިންސާފެއް ޤާއިމު ކުރެވޭނީ.
ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ މައްޗަށް ޙުކުމް ކުރެވިގެންދިޔައީ އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޖުމްހުރިއްޔާގެ ޤާނޫނު އަސާސީ އާއި ޤާނޫނުތައް މުގުރާފައިކަން މިރާއްޖޭގައި ތިބި ރިޓަޔަރޑް ޖަޖުންނާއި ޚިދްމަތުގައި ތިއްބެވި ވަރަށްގިނަ ޤާޟީންނާއި ޤާނޫނީ ވަކީލުންނާއި ޤާނޫނީ ދާއިރާގެ މާހިރުން ވެސް އިއްތިފާޤު ވެފައިވެއެވެ. އެހެނީ، އެމައްސަލައަކީ ޢަދުލުވެރި ފަނޑިޔާރުގެއަކުން ރައީސް ޔާމީންގެ މައްޗަށް ޙުކުމް ކުރެވިގެންދާނެ މައްސަލާއެއް ނޫނެވެ. މިސަރުކާރުގެ ދައުރު ނިމުނުހާ އަވަހަކަށް އެކަން ރައްޔިތުންނަށް ފެނިގެންދާނެއެވެ. އެއީ ބިނާކުރަނިވި ފަސްއަހަރާއި ފަނާކުރަނިވި ފަސްއަހަރު ރައްޔިތުން މިދަނީ ހަމަލޮލުން ތަޖްރިބާ ކުރަމުންނެވެ.
ހެހެހެ ޝަހީމުއަށް ﷲ ގަންދީ ހުވާކޮއްފަ ޔާމީނު ވައްކަމެއް ނުކުރެޔޭ ބުނަން ކެރޭނެބާ؟
އިންޝާﷲ ތިޔަހުވަފެން ލަސްތަކެނުވެ ﷲމިންވަރުކޮއްދެއްވާށި...އާމީން...މިގައުމުގަ ރޔާމީނަށް ޒާތީ ހަސަދަނެތް ކޮއްމެމީހެއްގެ ދުއާ އަކީ ތިއީ...ޔާﷲ މިގައުމުގެ ރައްޔިތުންނަ ތެދުމަގު ދައްކަވާ ހަސަދަޔާ ފަސާދަ ނެތިކުރައްވާ ހެޔޮވިސްނުންދެއްވާށި....ރޔާމީން މިއަދު ގައުމުގެ ހުންގށނުގަނެތުމަކީ އިގްތިސާދަށް އެކަންޏެނޫން މިނިވަންކަން ދީނީ އިޖުތިމާއީ އިގްތިސާދީ މިހުރިހާކަމަކަށް ލިބުނު ނިކަމެތިކަމެ....ރޔާމީން މިނިވަންކޮއްދެއްވާށިﷲ....އާމީން...
މިޤައުމަށް އަވަސް ހަމަޖެހުމެއް ބޭނުންވޭ~!!
ޑަވަލޮޕްމެންޓް ހީރޯ އިސް ކަމިންގް ސޫން. އިން ސާ ﷲ.
ތިކަމާއިއެކު ޔާމީނު ސަރުކާރަަށް ދެއްކުމަކޯޓުން ހުކުމްކޮއްފައިވާ 5 މިލިއަންޑޮލަރުވެސް އަވަހަށް ދެއްވުމަށް ގޮވާލައްވާ...
އަދި މިސަރުކާރުން ދަވާލާ ލާރިގަނޑުވެސް. ކިތައް ބިލިއަން ދަވާލައިފި މިސަރުކާރުން.
ޙެޔޮހިދުމަތް ނުލިބުނަސް މުޅިގައުމު ދަވާލާފައި..!!!?
ކަލޭ ތިހިރީ ވެރިކަމާ، ޖާހާ، މުދަލާހެދި މޮޔަވެފަ. ޔާމީނު ޚިދްމަތް ކުރައްވައިފި. ދެން ސޮރީ. ދިވެހިން ފޫހި ވެއްޖެ.
އަނގަ މަޑުން ލައިގެން ބުރި ތަނެއްގަ ހުރެވޭތޯ ބަލާބަލަ. މީހުން ބަލަިގަންނަ މީހެއް ނޫން ތިއީ. ވެރިކަން ނުލިބުނީމަ ވަޒީފާއޭ ކިޔާ ގައުމަށް ހިދުމަތް ނުކޮށް ގޮސް ރާއްޖޭން ބޭރުގަ ފިލާ ތިޔައޮތީ
ޙޫ މީ އެއްކަލަ ރަނިންގމޭޓް ދޯ.... ލަދުހަޔާތް ތިޔަވަރަށް ނެތުނީއަޅެކޮންއިރަކުތަ؟ ބައްލަވާ ޝަހީމޫ ތިވިދާޅުވާ މީހާއަކީ އެއްގޮތަކުންވެސް ގައުމީހެޔޮއެދުމެއް އެމީހެއްގެ ހިތުގައިވާ އިންސާނެއް ، ދަންނަވަންތޯ އެއީ ވޯޓަކުން ވެރިކަމަށް އައި ބޭފުޅެއްވެސްނޫން އަދި ކިއެއްތޯ ސީދާ އަދުލުކަމެއްނެތް ކޯޓްކުން އައި ބޭފުޅެއް ! ޢަދިކިއެއްތޯ ބައިއެޅުނު ތިކަހަލަ މަދު ބައެއް ފިޔަވައި ރައްޔިތުންގެ ކުޑަވެސް ލޯބީގެ މިންވަރެއްވެސް އޮއްބޭފުޅެއްނޫން އަދި އާރާއިބާރާ ލިބުމުން އެހޯދަން އެނގުނު ބޭފުޅެއްނޫން ... ދެންކީތްވެތޯ އޮޅުވާލައްވަން ތިއުަޅުއްވަނީ ؟؟؟
އަލުން ޔާމީން އަވަހަށް އައުމަކަށް ނޭދެވޭ. ގައުމު ދަރުވަނީއޭ ގޮވި މީހުން އަތުން އަސްލު ގައުމު ދަރާ ގޮތް ފެންނާނީ އޭރުން. އަނިޔާވެރިއޭ ކީ މީހުންގެ އަތުން ރައްޔިތުން ގޭގައި ބައިތިއްބައިގެން ވިޔަފާރިތައް ބަނގުރޫޓްކޮށްލާ ދިރިއުޅުން ހަނާކޮށްލާ މަންޒަރު ފެންނާނީ އޭރުން. ހުރިހާ ކަމެއް މާމޮޅަށް ކުރަން އެނގޭ ބައެއްކަމަށް ދައުވާކޮށް ވެރިކަމަށް އެރި މީހުން ކަންކަން ކުރާ ގޮތް ފެނި އިހްސާސްކުރެވޭނީ އޭރުން. ވައްކަމާ ކޮރަޕްޝަންގެ ނަން އެޅުވި މީހުން ހަމަ އެކަންކުރާ ގޮތް ފެންނާނީ އޭރުން. ތަރައްގީ ކުރެވިގެންދާތީ އެކަން އޮޅުވާލައިގެން ހުއްޓުވަން އުޅުނު މީހުންނަށް ތަރައްގީ ނުކުރެވިފަ ތިބެންޖެހުމަކީ ކޮބައިކަން އެނގޭނީ އޭރުން. ބިދޭސީން އެންމެ ގިނައިން އެތެރެކުރިކަމަށް ކިޔައި ހުރިހާ ކަމެއް ބޮލުގަ އެޅުވި މީހުން އެމީހުން ބޭރުކުރަން ފުރުސަތު ލިބި އެކަން ނުކުރިތަން ފެންނާނީ އޭރުން. ތައުލީމީ ކަންކަން ގެންދިއަ ގޮތަށް ހަޖޫޖަހައި ހެދި މީހުން ތައުލީމު ކުރިއަށް ގެންދާނެ ގޮތެއް ނޭގި ގޮތްހުސްވެފަ ތިބޭ މަންޒަރު ފެންނާނީ އޭރުން. އަސްލު ވަގުންނަށް މިނިވަންކަންދީފަ ބެހެއްޓުމުން ވާނެގޮތް ފެންނާނީ އޭރުން. އެމީހަކަށް ބަދުދުއާ ކުރަން ހުކުރުގެ މާތް ޖަމާއަތުގެ ފަހުން އެއްވި މީހުން މިއަދު މިސްކިތުގެ ޖަމާއަތަށް ދިގުމުއްދަތަށް ނުދެވިފަ ތިބިތަން ފެނިފަ ކަމެއް ނުވިސްނޭ.
ކީކުރަން ހުޔޮދެން ވެރިކަމަށް ނަޔަސް އަނެއްކާ ލާރިތަކެއް ކަވާލަން!! އަދި ޑްރާމާތަކެއް ބޭނުމެްނޫން!!!
އިންޝާ ﷲ.މޮޅަށް ރާއްވަވާ އިލާހުގެ މަތިވެރި ރޭއްވެޗުން ކަމުގައި ނޫނީ ނުވާނެ، މިހާލަތަކީވެސް
ދައުލަތުގެ ހަރަދުތައް ފޫބައްދަން ހަނޑޫ ބަސްތާއެއްގެ އަގު 500 އެއް ހެދި ވެރިއެއްގެ ވާހަކަ ތިބުނީ...ދެން މިކަހަލ ދައުލަތު އާމްދަނީ ދަށް ވެފައިވާ ދުވަސްވަރަކު ތިޔަ ބުނާ ވެރިޔަކު.ހުރި.ނަމަ 1500 އަށް. ކަންނޭގެ ހަނޑޫ.ބަސްތާ އެއް ވިއްކާނީ
ކުށެއްކޮށްފި މީހަކަށް އަދަބު ލިބެންޖެހޭނެ. އެކަމަކު ސިޔާސީ ކުލަ ނުޖެހެޔެކޭ މުޅިއަކުން ބުނެވޭކަށްނެތް ދެން މިހެންބުންޏަސް ރޯދަމަހު ދުވާލުގަޑީ ރައީސް ޔާމީނެއްކަމަކު އެއްވެސް ޢުޒުރެއްނެތި ކިތަންމެ ބަޑުހައިވިޔަސް ކާންދޭކަށްނުވާނެދޯ އަހަރެމެންނަކީ މުސްލިމުުން ޝައިޙްވެސް ޢުޒުރެއްނެތި ދުވާލު ފަރިއްނުކުޅުއްވުމަށް އަދަބު އިޙްތިރާމާއެކު ނަސޭޙަތްދެން ﷲ އިންސާފު ޤާއިމްކޮށްދެއްވަވާ ރ.ޔާމީނުގެ ކުށެއްނެތްނަމަ އަވަހަށް ޖަލުން މިންޖުކުރައްވާނދޭ
އެއީ ބޮޑު ވަގެއް.......ހެ ހެ ހެ ؟
ޔާމީނޭ ކިޔައިގެން ކިޔޭނެހާވެސް އެއްޗަކަށްއޮތީ ވަގޭ. އެކަމަކު އެކަންވެސް މިބައިގަނޑަށް ސާބިތެއްނުކޮށްދެވުނު. ހުރިހާތަނެއްގެ ބާރު ލިބުނީމަވެސް. ޔާމީނު އަދި އެނބުރި އަންނާނެ އިންޝާ ﷲ
އަނިޔާލިބެމުން ޖަލުގެ ކުޑަގޮލީގައި ޗޭނުޖަހާހައްޔަރު ކޮފައިވާ ކުރީގެ ރައީސް އަބުދުﷲޔާމިންއަބުދުލް ގައްޔޫމު މިނިވަންވެ ދިވެހިގައުމަށް އެމަނިފާނުންގެ ދުރުވިސްނުންފުޅާ ފިސާރިވަރުގަދަ ތަރައްގީގެ އަމަލީމަސައްކަތް ފުޅުތަކާ ފަސްއެބުރިބެލުމެއްނުވާ ވަރުގަދަ ނުގުޑާއަޒުމާއެކު ކުރިއަށްދިއުމުގެ ނަސުރާނަސީބު ﷲމިންވަރުކޮށްދެއްވަވާދޭ އާމީން ޔާރަބަލް އާލަމީން
ކަލޭކަހަލަ އަނިޔާވެރިންނާއި ވަގުން ޔާމީނަށް ކިތަންމެ ވަރަކަށް ވެރިކަން ދޭންބޭނުވެގެން އުޅުނަސް އަހަރުމެންގެ ދުޢާއަކީ ޔާމީނަށް ދެން ދުވަހަކުވެސް މިޤައުމުގެ ވެރިކަން ލިބޭނެ ގޮތް ﷲސުބްޙާނަޙޫ ވަތަޢާލާ މެދުވެރި ނުކުރެއްވުން ! އާމީން !
ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ މައްޗަށް ޙުކުމް ކުރެވިގެންދިޔައީ އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޖުމްހުރިއްޔާގެ ޤާނޫނު އަސާސީ އާއި ޤާނޫނުތައް މުގުރާފައިކަން މިރާއްޖޭގައި ތިބި ރިޓަޔަރޑް ޖަޖުންނާއި ޚިދްމަތުގައި ތިއްބެވި ވަރަށްގިނަ ޤާޟީންނާއި ޤާނޫނީ ވަކީލުންނާއި ޤާނޫނީ ދާއިރާގެ މާހިރުން ވެސް އިއްތިފާޤު ވެފައިވެއެވެ. އެހެނީ، އެމައްސަލައަކީ ޢަދުލުވެރި ފަނޑިޔާރުގެއަކުން ރައީސް ޔާމީންގެ މައްޗަށް ޙުކުމް ކުރެވިގެންދާނެ މައްސަލާއެއް ނޫނެވެ. މިސަރުކާރުގެ ދައުރު ނިމުނުހާ އަވަހަކަށް އެކަން ރައްޔިތުންނަށް ފެނިގެންދާނެއެވެ. އެއީ ބިނާކުރަނިވި ފަސްއަހަރާއި ފަނާކުރަނިވި ފަސްއަހަރު ރައްޔިތުން މިދަނީ ހަމަލޮލުން ތަޖްރިބާ ކުރަމުންނެވެ.
ޔާމީން ޙެޔޮހިދުމަތް ދުވަހަކު ނުލިބުނަސް މުޅިގައުމު ދަވާލާފައޮތީ!!???