ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަންގެ އަމަލެއް ހިނގާފައިވޭތޯ ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންދާ ތަޙްޤީޤުގައި މިހާތަނަށް ފާހަގަ ކުރެވުނު ކަންކަން އެކޮމިޝަނުން ހާމަ ކުރައްވައިފިއެވެ.
އޭސީސީ އިން މިރޭ ނެރުއްވި ރިޕޯޓެއްގައި ވެންޓިލޭޓަރުތައް ގެނައުމުގައި ކަން ހިނގާފައިވާ ގޮތުގެ ބައެއް ތަފްސީލްތައް ހާމަ ކުރައްވާފައި ވެއެވެ. ނަމަވެސް އެއިން އެއްވެސް ކަމެއްގައި ކޮރަޕްޝަންގެ އަމަލެއް ހިނގާފައިވާ ކަން ފާހަގަ ކުރައްވާފައެއް ނުވެއެވެ. އޭސީސީގެ ރިޕޯޓްގައި ވަނީ މައްސަލަ އަދިވެސް އިތުރަށް ތަޙްޤީޤު ކުރަމުން ގެންދާ ކަމަށެވެ.
އޭސީސީ އިން ވިދާޅުވީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނީ ނިޒާމުގައި، ދައުލަތުގެ މާލިއްޔަތަށާއި ޕްރޮކިއުމަންޓުގެ އެންމެހައި ކަންކަމަށް ޒިންމާވުމާއި، ޖަވާބުދާރީވުމާއި ޖަވާބުދާރީ ކުރުވުމަށް އެކި ކަހަލަ ކޮންޓްރޯލްތައް ހިމަނާފައިވާ ކަމަށެވެ. މިފަދަ ކޮންޓްރޯލްތަކުގެ ތެރެއިން، އެންމެ މުހިންމު އެއް ކޮންޓްރޯލަކީ، ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމުގެ ތެރޭގައި، ޕްރޮކިއުމަންޓުގެ އެކި ކަންކަމާ ގުޅޭގޮތުން ދޭންޖެހޭ ތަފާތު އެކި ހުއްދަތަކެއް ކަމަށާއި މި ފަދަ ހުއްދަތަކާ ގުޅޭގޮތުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައެޅިފައިވާ އުޞޫލަށް ބަލާއިރު، ގަވާއިދުގައި ހުއްދަ ދޭނެ ކަންކަމާއި، ޕްރޮކިއުމަންޓަށް ހުއްދަ ދިނުމަށް ދަރަޖަކުރެވިފައިވާ ގޮތްތަކާއި، ހުއްދަ ދޭނެ ފަރާތްތައް ތަފުސީލު ކުރެވިފައިވާ ކަމަށެވެ.
ކަނޑައަޅާފައި ހުންނަ އުޞޫލުތަކުގެ ބޭރުން، ވަކި ޚާއްޞަ ހުއްދަ ދެވޭ ދެވުމަކީ، ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމުގެ މައިގަނޑު މަޤްޞަދުތައް ޙާޞިލުކުރުމަށް ހުރަސްއެޅޭ އަދި ކޮރަޕްޝަނުގެ ހިރާސް އިތުރުވާނެ ކަމެއްކަން ފާހަގަކުރެވޭ ކަމަށް ވެސް އޭސީސީ އިން ވިދާޅުވިއެވެ. އަދި މިފަދަ ޢަމަލުތަކުގެ ސަބަބުން ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމަށް ޢާންމުން ކުރާ އިތުބާރު ކުޑަވެ، ޝައްކު ކުރުމުގެ ޖާގަ އުފެދުމުގެ އިހުތިމާލު ނުހަނު ބޮޑުވެގެންދާނެކަން ފާހަގަކުރެވޭ ކަމަށް ވެސް އޭސީސީ އިން ވިދާޅުވިއެވެ.
އޭސީސީ އިން ވިދާޅުވީ 75 ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ދުބާއީގެ ކުންފުންޏަކީ ވެސް ވިޔަފާރީގެ ހުއްދަތައް އޮތް ކުންފުންޏެއް ކަމަށެވެ. އަދި އެކުންފުންޏަށް ފައިސާ ފޮނުވާފައި ވަނީ ވެސް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ކަމަށް އޭސީސީ އިން ވިދާޅުވިއެވެ.
ނާޑް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްގެން ގެންނަން ނިންމި ވެންޓިލޭޓަރުތައް ތާރީޚަށް ނުގެނެވުމުން ތާރީޚް އިތުރު ކޮށްފައި ވަނީ ހަމައެކަނި އެކުންފުނިން ފޮނުވި ސިޓީއެއްގެ މައްޗަށް ބިނާކޮށް ކަން އޭސީސީ އިން ފާހަގަ ކޮށްފައި ވެއެވެ. ނަމަވެސް ނާޑް ޕްރައިވެޓް ލިމިޓެޑުން އަގުތައް ހުށަހެޅިއިރު ވެސް ދުނިޔެ އޮތީ ކޮވިޑް-19 ގެ ސަބަބުން މިހާރު މިއޮތް ހާލަތުގައި ކަން ވެސް އޭސީސީގެ ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށާއި، ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ތަކެތި ގަތުމުގެ ކަންކަން ކުރިއަށް ގެންދަނީ ބިޑް ކުރުމެއް ނެތިއެވެ. އެއީ އެތަކެއްޗަކީ ކުރު މުއްދަތެއްގެ ތެރޭގައި ހޯދަން ޖެހިފައިވާ ތަކެތި ކަމަށް ވާތީ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
އި ނގޭ ތިހެ ންކަ ން ވާ ނީ
އޭސީސީ........ އެޑްވާންސްޑް ކަރޮޕްޓެޑް ކޮމިޝަން. ވީމާ ދެލޯކަނަކަށް ތިކަން ފެނުނަސް ތި އޭސީސީއަކަށް ނުފެންނާނެކަން ޔަޤީން!
ބަލަ ދެން ރައީސް ޔމީން އެކައުންޓަށް ފައިސާފޮނުވިއޭ ބުނާ މީހާކުއްވެރިނުވެ އެކައުންޓްގެ ވެރިފަރާތް ވެސް ކުއްވެރިކުރޫ ހަމަ ކަލޭމެން ކީކޭ ތިކިޔަނީ ހިތުހުރި ގޮތަކަށް ތިހިރަގެން ނިންމާލަނީ މުސީބާތާ ކަލޭމެންވެސް ކުރިމަތި ލާންނުޖެހޭނެބާ!!!!!!!!!
ޔަގީނެއްނު.ހަލާކު ކުރައްވާ ބަޔަކު ހަލާކު ކުރައްވަނީ އެކަން ކުރާ މީހުނާ. އެކަން ނުފެންނަކަމަށް ހެދޭ ކަނުމީހުނާ. އެކަން ކިށްވެރިނުކުރާ ފިނޑި ޣާފިލުންނާއި އެތަން ދޫނުކޮށްތިބޭ ބަޔަކާ އެކު. މިއީ ފެންނަން އޮތް ހަގީގަތް.
ތިއޭ މިރާއްޖޭގެ މައްސަލައަކީ. ބަލަ އެމްޑީޕީގެ މެމްބަރުންނާއި މަޖްލިހުގެ ރައީސްގެ ވާހަކަތަކުން ތިބުނާ އަމަލު ހިންގާފައިވާ ކަމަށް ގަބޫލުކުރެވޭ. އަދި ފިނޭންސް މިނިސްޓަރާއި ހެލްތް މިނސްޓަރގެ އަމަލުން އެކަން ސާފް. މަގާމް ގެއްލިދާނެތީ ގައްނަބިރު. ކުރީ ސަރުކާރުގަ އޭސީސީގެ ލޔުފީއަށްވީތިވަރު. އެހެންތާވާނީ ނަމެއްގަ މިނިވަން މުއައްސަސާތައް މިގައުމުގަ ހުންނަނީ. މިނިވަން މުއްސަސާތަކަށް މެމްބަރުން އައްޔަން ކުރުމަށް މަޖްލިހަށް ނަން ފޮނުވަނީ ރައީސްސުލްޖުމްހޫރިއްޔާ. އެންނަންތަށް އެގޮތަށް މަޖްލހުން ސިއްކަ ޖަހާދޭ. ދެން ދެން އެމީހުން ވަފާތެރިވާނީ ސަރުކާރަށް.
އޭސީސީ އަކަށް އެޗްއާރުސީއެމްއަކަށް ކޯޓުތަކަށް އެނޫންވެސް ތަނަކަށް މިހާރު ނުފެންނާނެ ކޮރަޕްޝަންގެ އެއްވެސް ޢަމަލެއް.
ކޮބާ މިއަހަރުގެ 32 ބިލިއަންގެ ބޮޑު ބަޖެޓް، ދަޢުލަތުގެ ރިޒާވް، މުޒައްޒަފުންގެ ފަންޑު، އިންޑިޔާއިން ދިން 300 މިލިއަން، ޗައިނާއިން ދިން ބިލިއަން، އެމެރިކާއިން ދިން މިލިއަން، ކެނެޑާއިން ދިން މިލިއަން، އަދިވެސް މިނޫން އެތަށް ޤައުމުތަކަކުން ދީފައިވާ ބިލިއަން ބިލިއަން ޑޮލަރުގެ ފައިސާ ވީތަނެއް ނޭނގޭ. އެ ފައިސާއަށް ކުރިކަމެއް ފެންނާކަށް ނެތް. މުވައްޒަފުންގެ މުސާރަކޮޅުވެސް ކުޑަކޮށް އެވެސް ކައި ހުސްކޮށްފި. މިވަރުގެ ބަޔަކު މި ގޮވަނީ އެހެން މީހުންނާއި ދިމާލަށް ވަގެކޭ.
އެމްޑީޕީ އަކީ އަތުން ފައިން ހައްދަވައިގެން މަސައްކަތެއް ނުކޮށް އެނދުގައި ތިބެގެން ސޯޝަލް މީޑިއާގައި ފިތުނަ އުފައްދަން ތިބޭ ބައެއް. މިހާރު ރާއްޖޭގެ އެންމެން ސޯޝަލް މީޑިއާ ބޭނުން ކުރާތީ މިބައި މީހުން ދައްކާ ވާހަކަ އަޑު އިވެނީ. އެހެނަސް ކަން އޮންނަނީ ދިމާ އިނދިކޮޅަށް.
ނުފެންނާނެ ދައުރުގެ ބާކީ އޮތް ހުރިހާ ދުވަހު ހޯދިޔަސް
އަހަރުމެނަށް އިނގޭ ނުފެންނާނެކަން ތީ ކިނބުލުގެ އައުވާނުން ވިއްޔާ
މި 5 އަހަރުތެރޭ 0 ޓޮލަރެންސް. ސޯ 0.
އާދެ ލައްބަ ނުފެންނާނެ........
ތި މީހުންނަކަށް ނުފެންނާނެ. ވަޒީފާގެ ދަހިވެތިކަމުގަ ތިބިބައެއްތީ. ތިތަނަށް ކިޔަންވީ ކޮރަޕްޓްޝަން ކޮމިޝަން އެންޓި ކަނޑާލަންވީ.
ކޮރަޕްޝަން އޮތަސް އެވާހަކަ ދައްކާކަށްނުކެރޭނެ މިހާޜުވެސް ތިތިބީ ކެނެރީ މަޖިލީހުން ބިރުދައްކާފަ އެހެންވީމާ ސަރުކާރުން ނުރުހޭ ކަމެއް ކުރާކަށްނުކެރޭނެ މި ފަހަކަށްއައިސް މިނިވަން މުއައްސަސާ ތަކަކީ ނަމެއްގަ އޮންނަ އެއްޗެއް އެވަގުތަކު ވެރިކަންކުރާ ބަޔަކުބޭނުންވާގޮތަކަށް ބައްޓަންކުރެވިފަވާތަންތަން އެއީ
ކަލޭމެންތީ މޮޔަބައެއްތަ ކަލޭމެން އެއްގޮތެއްނު އަލިފާނެއް ފެނެއްނުދަނަ ކުޑަކުދިންނެކޭ ކަލޭމެން ބުނާނެތަ ކަމެއް އެނގުނިއްޔާ ފެނުނިއްޔާ ކެއިއްޔާ ބުއިއްޔާ ހެއްވައޭދޯ
އަދި މައްޗަށް ދެ އައިނު އެޅިޔަސް ނުފެންނާނެ. އެކަމަކުތީ ބޮޑުވަރު. އެންމެން އެތެޅެނީ ވެންޓިލޭޓަރުގެ ޕޮރޮޖެކްޓް ނުލިބިގެން. ރ.މަޖްލިހުގެ ރައީސުން މެމްބަރުން ވަޒީރުން ޑޮޖްޓަރުން ނައިބުން އެކަމަކުވެސް 0 ޓޮލެރެންސް. ޢަޅެ ލަޑާ މުސްތަފާކައިރިން ސުވާލުކުރިންތަ ތިކަމާ ބެހޭގޮތުން.
ތިޔަ މަންޖެ މަތި މަށްޗަށް 100 އައިނު އެޅިޔަސް މި ވެރިކަމުގައި މަންޖެޔަށް ކޮރަޕުސަނާ ފަސާދައިގެ އަމަލެއް ނުފެއްނާނެ މަންޖެޔަށް ވަޒީފާ ދިން މީހުން ވަށްކަން ކުރަނީ މީ ވަރަށް ވާހަކަ
ވަށްކަންކޮށް ލޫޓުވާފައި ކާނިވަރަކާށް ކައި ހެދިމީހުންގޭގައި އަދި އެމީހުން ޔާމީނު އާ ދެކޮޅުވެ ޔާމީނައް ލަނޑުދޭން ޔާމީނުގެ އެކައުންޓަށް ޑޮލަރު ޖަމާކުރީ ވަށްކަންކޮށް ޑޮލަރު ޖަމާކުރި މީހުން ކުއްވެރިނުވެ އެކައުންޓުގެ ވެރިފަރާތް ކުއްވެރިވެ ޖަލުގައި އިންސާފު އުތުރި އަރަނީ...
އޭސީސީއަކި ކިހާވަރަކަށް ދިވެހި ރައްޔިތުންގެ އިތުބާރުއޮތް ތަނެއްތޯ ވިސްނަވާ! ތިއީ ނުކުޅެދޭ ވިކިފައި އޮތް މުއައްސަސާއެއް. ތިތަނުގެ އަގެއްނެތް. މިޤައުމުގައި ކޮވިޑް 19 ގަ ހިންގާފައި ކޮރަޕްޝަނަކީ އެންމެ ތުއްތު ކުދީންނަށް ވެސް އެގޭ ތާރީޚްގައި ހިގާފައިނުވާ ވަރުގެ ބޮޑެތި ކޮރަޕްޝަންތައްކަން. ވަރަށް ސަލާމް.
ކޮރަޕުސަނަކައް ކޮރަޕުސަނެއް ފެންނާނެތަ އަޅެފަހެ.
ދުވަހަކުވެސް ނުފެންނާނެ.