ކޮވިޑް-19 އާ ގުޅިގެން ހދ. ކުރިނބީގައި އަޅާފައިވާ ފިޔަވަޅުތަކާއި ދެކޮޅަށް ވާހަކަދެއްކި ފުލުހަކު ރަށުގެ މަސްލަހަތު ގެއްލުވާލުމަށް މަސައްކަތް ކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން އޭނާ އެރަށުން ގެންގޮސްފިއެވެ.
އޭނާ އެރަށުން ގެންގޮސް މިހާރު ވަނީ ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ބަދަލުކޮށްފައެވެ. އޭނާގެ މައްސަލަ ރޭގެ ވަގުތެއްގައި އެރަށު ކައުންސިލުން ވަނީ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ.
އެ ފުލުސްމީހާ އަކީ ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން މައްސަލައިގެ ބައެއް އިޖުރާޢަތްތައް ފުރިހަމަކުރުމަށް އިއްޔެގެ ވަގުތެއްގައި އެރަށަށް ގޮސް ހުރި ފުލުހެއްް ކަަމަށް އެ ރަށު ކައުންސިލުން ރޭ ވަނީ ބުނެފައެވެ.
އެރަށު ކައުންސިލުން ބުނީީ، ކޮވިޑް-19 އާއި ގުޅިގެން ރަށުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެމެހެއްޓުމަށް އޭނާ ހުރަހަކަށް ވެފައިވާ ކަމަށެވެ. އަދި އަދި ރަށުގެ އާންމު މަސްލަހަތު އެ އަމަލުގެ ސަބަބުން ގެއްލިފައިވާ ކަމަށްވެސް އެ ރަށު ކައުންސިލުން ބުނެފައި ވެއެވެ.
އެ ފުލުސް މީހާ ވަނީ އެ އެރަށު ކައުންސިލުން ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން މީސް މީޑިއާގައި ވާހަކަދައްކާފައެވެ. އޭނާ ބުނެފައި ވަނީ އެ ފިޔަވަޅުތަކަކީ ޤާނޫނީ ޙައިސިއްޔަތެއް ނެތި ކައުންސިލުން އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށާއި އަދި އެ ފިޔަވަޅުތަކަށް އަމަލު ކުރުމަކީ އަމިއްލަ އިޚްތިޔާރީ ކަމެއްކަމަށެވެ. އަދި ފިޔަވަޅުތަކާއި ޚިލާފުވެގެން ކައުންސިލަށް ކުރެވޭނެ ކަމެއް ނެތްކަމަށް ދޭހަވާ އުސޫލުން އޭނާ ވަނީ ވާހަކަ ދައްކާފައެވެ.
"މިކައުންސިލުން ކޮވިޑް-19 އާއި ގުޅިގެން މިރަށު ރައްޔިތުންގެ މެދުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެމެހެއްޓުމަށް ހުރަހަކަށްވެ އާންމު މަސްލަހަތު ގެއްލިފައިވާތީ އާންމު މަސްލަހަތު ދަމަހައްޓާ ނެގެހެއްޓުމުގެ މަސްއީލިއްޔަތު ކޮނޑުގައި އަޅުއްވައިގެން ތިއްބެވި ބަޔަކަށް ފުލުހުންވެފައި، ފުލުހެއްގެ ފަރާތުން ރަށުގެ އާންމު މަސްލަހަތު ގެއްލުވާލުމަށް މަސައްކަތްކޮށްފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ." އެރަށު ކައުންސިލުން ރޭ ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
"މި ކައުންސިލުން މިއަދާއި ހަމައަށް ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް މިރަށު ރައްޔިތުން ކިޔަމަންތެރިވެ މިކައުންސިލަށް ދެއްވާ އެއްބާރުލެއްވުމަށް މި ފުރުސަތުގައި ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ." ކައުންސިލްގެ ބަޔާނުގައި ވެއެވެ.
ތިޔަ ކައުންސިލްތަކުގަ ތިއްބަވާ ކައުންސިލަރުންނަކީ އެމްޑީޕީ މަގުމަތީ ކުދިންކޮޅު ތަނެއް ދޮރެއް ނޭނގޭ ޤާނޫނެއް ޤާވާޢިދެއް ހަމައެއް ލަމައެއް ނޭނގޭ ތި ނޫނަސް ރާއްޖޭގެ ރަށްތަކުގެ ކައުންސިލްތަކުން ޤާނޫނާ ޚިޅާފަށް ފިޔަވޅުއަޅައި މީހުން ޤާނޫނާ ޚިލާފަށް ބަންދުކޮށް ކަނތައްތައް ކުރަމުންދޭ ޤާނޫނާ ޚިލާފުކަމެއް ބޔަކުކުރާނަމަ އެވާހަކަ ފުލުހަކަށްވިޔަސްދެއްކޭނެ އަދި ޤާނޫނާ ޚިލާފަށްކުޜ ކަންކަމުގަ ފުލުހުންގެ އެއްބާރުލުން ދޭކަށްވެސް ނުޖެހޭ އެކަމަކު އެކަންވެސް ހިނގަނީ އެގޮތަކަށްނޫން ޤާނޫނާ ޚިލާފަށް ހިންގާ ކަންކަމުގެ ވާހަކަ ދެއްކުމަކީ މަސްލަހަތު ނަގާލުންކަމަށްނުވެސްވާނެ ޣައިރު ޤާނޫނީ އަމުރުތަކަށް ތަބާ ނުވުމަކީ ޤާނޫނު އަސާސީން ކޮށްމެ ރައްޔިތަކަށްލިބިގެންވާ އަސާސީ ޙައްޤެއް
އެނގިއްޖެ ނުން ނުކިޔަވާ މަގުމަތީ ކުދިން....ދަމާހަދާފަ ގެންދިޔައީނު އެ
އާނ ދޯ. މީހެއްގެ އަބުރު ކަތިލަން ޒާތީވެގެން ޓްވީޓެއް ކޮއްލާ އުސޫލުން ކައުންސިލުން ދަންވަރު ގަޑީގައި ބަޔާން ނެރުނީ ލޮލް. އިސްޕިރޭނު ކޯޓް ނަން ވާނީ
ފުލުސްމީހާ ގޯހެއްނޫން. އެޗްޕީއޭއިން އަންގާވަރަށްވުރެން ބޮޑަށް މީހުންނަށް ދަތިވާވަރަށް ބައެއް ރަށްރަށުން ދުއްތުރާކޮށްފަހުރޭ
މި ހާލަތުގައި ތިޔަ ކައުންސިލަކީ، މާލެ ލޮކްޑައުން ކުރުމާއެކު މުޅިރަށް ލޮކްޑައުން ކޮށްގެން، މީހުން ކާންބޯން މަސައްކަތް ކުރިޔަ ނުދީ އެންމެން ގޭބަންދު ކޮށްގެން ގެންގުޅޭ ކައުންސިލެއްކަން ފާހަގަ ކުރެވޭ. ރަށުގައި ކޮންޓެކްޓް ކޭސްއެއްގެ ދުރުތާ ތިމާގެ މީހެއްވެސް ނެތް އިރު މީދެން ބޮޑުވަރު. އެހެން ނޫނަސް އެހެން ރަށްރަށުގަވެސް ޕޮލިހުންނާ ސަލާމަތީ ޚިދުމަތް ތަކުގައި އުޅޭމީހުންނަށް ބޭރަށް ނިކުމެވޭ.... ޒާތީ ވިޔަސް ކައުސިލަރުން ތީބޮޑުވަރު..
މި ހާލަތުގައި ތިޔަ ކައުންސިލަކީ، މާލެ ލޮކްޑައުން ކުރުމާއެކު މުޅިރަށް ލޮކްޑައުން ކޮށްގެން، މީހުން ކާންބޯން މަސައްކަތް ކުރިޔަ ނުދީ އެންމެން ގޭބަންދު ކޮށްގެން ގެންގުޅޭ ކައުންސިލެއްކަން ފާހަގަ ކުރެވޭ. ރަށުގައި ކޮންޓެކްޓް ކޭސްއެއްގެ ދުރުތާ ތިމާގެ މީހެއްވެސް ނެތް އިރު މީދެން ބޮޑުވަރު. އެހެން ނޫނަސް އެހެން ރަށްރަށުގަވެސް ޕޮލިހުންނާ ސަލާމަތީ ޚިދުމަތް ތަކުގައި އުޅޭމީހުންނަށް ބޭރަށް ނިކުމެވޭ.... ޒާތީ ވިޔަސް ކައުސިލަރުން ތީބޮޑުވަރު.. 3 ކައުންސިލަރުންއިސްތިެުފާ
މި ހާލަތުގައި ތިޔަ ކައުންސިލަކީ، މާލެ ލޮކްޑައުން ކުރުމާއެކު މުޅިރަށް ލޮކްޑައުން ކޮށްގެން، މީހުން ކާންބޯން މަސައްކަތް ކުރިޔަ ނުދީ އެންމެން ގޭބަންދު ކޮށްގެން ގެންގުޅޭ ކައުންސިލެއްކަން ފާހަގަ ކުރެވޭ. ރަށުގައި ކޮންޓެކްޓް ކޭސްއެއްގެ ދުރުތާ ތިމާގެ މީހެއްވެސް ނެތް އިރު މީދެން ބޮޑުވަރު. އެހެން ނޫނަސް އެހެން ރަށްރަށުގަވެސް ޕޮލިހުންނާ ސަލާމަތީ ޚިދުމަތް ތަކުގައި އުޅޭމީހުންނަށް ބޭރަށް ނިކުމެވޭ.... ޒާތީ ވިޔަސް ކައުސިލަރުން ތީބޮޑުވަރު.. 3 ކައުންސިލަރުންއިސްތިެުފާ
ކކުރިންބީ ކައުންސިލްގައި އުޅެނީ ބޮޓުންބާ؟ ހދ އަތޮޅުގެ އެއްވެސް ރަށެއްގައި ކޮވިޑް ޕޮޒިޓިވް ކޭސް އެއް ނެތް ހާލަތުގައި ވެސް. ކައިރި ރަށްރަށުން އަންނަ މީހުން 14 ދުވަސް ގެބަނދަށް މުއްދަތު ޖަހާއިރު މިރަށުން ވަގަށް ފިލައިގެން ކެނޯގައި ކުޅުދުއްފުއްޓަށް ދިޔަ މީހުން ހައްޔަރުން ސަލާމަތްވީ ގޮތަށް މުޅި ރަށުގައި އެނބުރެނީ މިއޮއް. ފުލުހެއްވީމާ ހިތާވެފައި ތިއޮތީ ހަމަ ރަގަޅަށް
ކައުންސިލް ތަކަކީ ބޮޑު ވޭސްޓެއް ގިނަވާނީ ރީނދޫ މަރުމޯލުން
ޅ.ނައިފަރުންވެސް ކައުންސިލްގެ އިސްވެރިޔާ ހުރީ އެއްފަރާތް ކުރެވިފައި، ވާނީވެސްއެހެން ކަމެއް ކުރަން ނު ކެރާތާ ބަޔަ ކު ކަމެއް ކުރިޔަ ަކވެސްނުދޭ.. އަމިއްލަ އެދުމާއިގެން ފުރިފަ ކޭމެންތިބެނީ.
ފުލުހަކަސް މުދިމަކަސް އިންތަކާއި މިންތަށް އޮންނާނެ، އަހަރެއްވެސް ލައްޗޭ ކައިރީގަ ބުނެފަ އޮއްނާނީ އެސޮރާ ދެކޮޅުހެދެން އޮތިއްޔާ ހަދާށޭ، ވަރަށްހޫހިވޭ ޝަކީބާ ދެކެ ހުން...