ކޮވިޑް-19 އިން ރައްކާތެރިވުމަށް، ހާއްސަ ފިޔަވަޅުތަކާއެކު މާދަމާ އިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް، މަޖިލިސް ކުރާ ގޭގައި ބާއްވަން ނިންމައިފިއެވެ.

ރާއްޖެއިން ކޮވިޑް-19އިން ފެނިގެން މިދިޔަ މާރިޗް މަހުގެ 30 ވަނަ ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންގޮސްފައި ވަނީ އޮންލައިންކޮށެވެ. ސަރުކާރުން އިއުލާން ކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އަންނަން ދެން އޮންލައިންކޮށް ޖަލްސާތައް ކުރިއަށް ގެންދަން ކުރިން އޮތީ ހަމަޖެހިފައެވެ.

ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދާތާ ދެ މަސް ވާން ކައިރިވެފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ވަނީ ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ޖަލްސާތައް ބާއްވަން ނިންމައި، އެ ޖަލްސާތަކުގެ އެތެރޭގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތް އާންމުކޮށްފައެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުން ވިދާޅުވީ، މާލަމުގައި އެއްވަގުތެއްގައި އެންމެ ގިނަވެގެން ތިއްބަވާނީ 42 މެންބަރުން ކަމަށާއި، އަދި އެ މެންބަރުން އިށީނދެވަޑައިގެން ތިއްބަވާނީ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އަންގަވާފައިވާ ދުރުމިނުގައި ކަމަށެވެ.

އަދި އެއްވަގުތެއްގައި އެއްމޭޒެއްގައި ދެ މެންބަރުން ނުތިއްބަވާގޮތަށްވެސް ހަމަޖައްސާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން ވިދާޅުވިއެވެ.

"ވޯޓުލުމުގައިވެސް މިދެންނެވި ގޮތަށް ޢަމަލުކުރެވިގެންދާނެ. ވަކި އިންތިޒާމެއްގެ ދަށުން މެންބަރުން ވަދެވަޑައިގެން ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ފަހު މާލަމުން ނިކުމެވަޑައި ގަތުމުން، ބާކީ ތިއްބެވި އެހެން މެންބަރުން މާލަމަށް ވަދެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގަންނަވާނެ. ޖަލްސާއެއް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެންމެ މަދު ޢަދަދެއްގެ މުވައްޒަފުން މާލަމުގައި ތިއްބެވުން". ރައްޔިތުންގެ މަޖިލީހުން ވިދާޅުވިއެވެ.

މީގެ އިތުރުން މަޖިލީހަށް ހާޒިރުވާ މެންބަރުންނާއި މުވައްޒަފުން ތިއްބަވާނީ މާސްކް އަޅުއްވައިގެންނެވެ.

އަދި އެ އިންތިޒާމުތައް ތަންފީޒުކުރަމުން ގެންދާނީ މަޖިލީހުގެ ރައީސް އަންގަވާގޮތެއްގެ މަތިން، މަޖިލީހުގެ ސާޖަންޓް އެޓް އާމްސް ކަމަށް މަޖިލީހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ލާމު

    ޕަޕެޓް ތަކެއް ބޮޑެ ވަޒީރު ބުނާގޮތް ހަދަނީ އެވެ

    26
  2. ގައްދޫ

    މީހަކު މަރުވުން

    13
  3. ރަބަރޭ

    އެޗް ޕީއޭގެ އަމުރުތައް މުގުރާލީ
    ބޮޑުގެރި

    38
  4. Juhaa

    މިކަލޭގެ ނުޖެހޭދޯ އެޗް.ޕީ.އޭއިން އަންގާގޮތަށް ޢަމަލުކުރާކަށް؟ ފުލހުން ނުޖެހޭތަ މިކަލޭގެ ހިފައި ހައްޔަރުކުރާކަށް؟

    28
  5. ކަޅޭ

    ތިއަޅަނީ ނުވައިފިޔަވަޅެއް ތިޔަމަންޒަރުބަލާ މާދަމާ ރައްޔިތުން މަގުތަކައްނުކުމެ އުޅެންފެށިޔަސް ފުލުހުން އެކަންހުއްޓުވައިގެން ނުވާނެ.

    20
  6. އަލި ސަލީމް

    އެންމެ ދެދުވަހު މަޑުނުކުރެވުން؟ ނަޝީދު މަޖުލިސް ހުޅުވައިގބއ ވަކި ބަޔަކު ޖަލްސާއަށް ގެނެސްގެން މިއުޅެނީ ޖަރީމާއެއް ހިނގަން

    17
  7. ރައްޔަތު އަހުމަދު

    ގާނޫނާއި ޚިލާފުމިވަނީ އެގާނޫނު ތައް ހަދާފަރާތުން..
    އެމީހުންނަށް ދަތިވީމަ ގާނޫނު ނުވޭ އެއްޗަކަށް..

    އާންމުމީހާ ޚިލާފުވެއްޖެނަމަ އަދަބުލިބޭ..

    މީ ތޯ އެޖެންޑާ 19 ގެ އިންސާފަކީ..

    ހާދަ ހާވާ ޖާހިލިއްޔަޒަމާނުގެ އުސޫލުތަކެކޭ މީނާ މިގެންގުޅެނީ..

    ބޮޑުންނަށް ގާނޫނު ނުހިގާ އެމީހުން ކުށް ކުށަކަށް ނުވޭ.. މީނާދޮގު ކިތަންމެ ވަރަކަށް ހެދިޔަސް އެކަމެއް ނުބެލޭ..

    ހަމަ ދިވެހީން މިގޮތް ގަބޫލު ތޯ؟

  8. ޗާލު

    ކީއްވެބާ މާސްއަޅަނީ. އެއީ އެހާ ނުރައްކާތެރި ބައްޔެއްނޫން. އަތްދޮވެގެން ކަރުތެރެ ތެއްމާލައިގެން ޖަލްސާތައް ފެށީމަ ހުންނާނީ ރަނގަޅަށް. ބަލި ޖެހުނު 1300އަށްވުރެ ގިނަ މީހުންނަކީ ޕީޕީއެމް މެމްބަރުންތޯ މުޣުނީ ކައިރިން އަހާލަބަލަ.

  9. ޕާޓީ

    މަޖްލިސް ކޮންމެ މެންބަރަކާ އަދި މިކަން ހިންގަދޭން މަސައްކަތް ކުރާ ކޮންމެ މުވައްޒަފަކީ މުޖުތަމަޢަށް ނުރައްމީހެއްގެ ގޮޅިއަށް ފެތޭނެ. ކޮބާ ގައުމުގެ ޕްރޮސިކިއުޓަރު ގެނެރަލު؟؟؟؟

  10. ހަސަދު

    މިވަރު މީހަކަށް ރައީސް ކަން ދޭނީ ކިހިނެތް. ސަރުކާރުގެ އަމުރު ތަކަށް އެންމެންވެސް ކިޔަމަން ވާން ޖެހޭނެ. އަޅުގަނޑު ވެސް ލޮކްޑައުން އާ ދެކޮޅު. އެހެނަސް އަމުރަށް ކިޔަމަންވާން ޖެހޭނެ.

  11. އެމަންޖެ

    އަންނި ބުނާ ގޮތްނަހަދާ މިގައުމަކު ނޫޅެވޭނެ. އަންނި އިސްތިއުފާ.

  12. ފަރީދާ

    ޢެހެއްވީރު އެޗް ޕީ.އޭ ގެ އަމުރާ ޚިލާފުވެވުނީ މަޖުލިސްއަށްދާ ކޮންމެ މެންބަރަކުވެސް ޖޫރިމަނާ ކުރަންޖެހޭނެ ޕޮލިހުން

  13. މޯޑް

    އެންމެ ރީތި މާސްކު އެޅި މީހަކު ގޮވަން ޖެހޭނެ!