ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން މުވައްޒަފުންނަށް ދެމުން އައި އިތުރު ގަޑީގެ ފައިސާ ކަނޑާލައިފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން ޕީއެސްއެމްގެ މުވައްޒަފުންގެ ތެރެއިން ގިނަ މުވައްޒަފުންތަކެއް އާއިލާ އާއި ދުރުގައި އޮފީހުގައި ފުރަބަންްދު (ލޮކްޑައުން) ވެގެން ތިބެ، މަސައްކަތް ކުރަމުން ދަނިކޮށް އިތުރު ގަޑީގެ ފައިސާ ކަނޑާލުމުން ގިނަ މުވައްޒަފުންތަކެއް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޕީއެސްއެމް މުވައްޒަފުން ހިމެނޭ "ވައިބާ" ގްރޫޕެއްގެ ސްކްރީން ޝޮޓްތަކެއް "ވަގުތު" އަށް ވެސް ވަނީ ލިބިފައެވެ. އެ ސްކްރީން ޝޮޓްތަކުން އެނގޭ ގޮތުގައި ޕީއެސްއެމްގެ މުވައްޒަފުންނަށް ދެމުން އައި ރިސްކް އެލަވަންސާއި އަދި މިހާރު ގޭގައި ތިބެ މަސައްކަތް ކުރާ މުވައްޒަފުންނަށް ދޭން ނިންމާފައިވާ ސާވިސް އެލަވަންސް ވެސް މިމަހު މުސާރަ ޖަމާވިއިރު ދީފައެއް ނުވެއެވެ.
ނަމަވެސް ޕީއެސްއެމްގެ މޭޖިން ޑިރެކްޓަރ އަލީ ޚާލިދު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕީއެސްއެމްގެ މުވައްޒަފުންނަށް ދެމުން އައި އެލަވަންސްތަކުގެ ތެރެއިން ކަނޑާލައިފައި ވަނީ ހަމައެކަނި އިތުރުގަޑީގެ އެލަވަންސް ކަމަށެވެ.
އަލީ ޚާލިދު ވިދާޅުވީ ޕީއެސްއެމް އިން އެހެނިހެން ބައެއް އެލަވްންސްތައްވެސް ކަނޑާލައިފައިވާ ކަމަށް ނޫސްތަކުން ރިޕޯޓު ކުރަމުންދިޔަ ނަމަވެސް އެއީ ދޮގު ވާހަކަތަކެއް ކަމަށާއި، މިހާރު ޤައުމު އޮތް ހާލަތު އެނގި ތިބެ މިފަދަ ވާހަކަތައް މީޑިއާތަކުން ފެތުރުން ކުއްވެރިކުރައްވާ ކަމަށެވެ.
"ޕީއެސްއެމް އިން ހަމައެކަނި ކަނޑާލައިފައި ވާނީ މުވައްޒަފުންގެ މިދޭ އިތުރުގަޑީގެ އިނާޔަތް އެކަނި. އެހެން އެއްވެސް މުސާރައެއް މި ދަނޑިވަޅާއި ގުޅިގެން އަދި އަޅުގަނޑުމެން އުނިކޮށްފައެއް ނުވާނެ" އަލީ ޚާލިދު ވިދާޅުވިއެވެ.
ޕީއެސްއެމް އަކީ ވެސް ދައުލަތުގެ ބަޖެޓުން ބައެއް ޚަރަދުތައް ހަމަޖައްސަމުން އަންނަ ކުންފުންޏެކެވެ.
ކޮވިޑް-19 އާއި ގުޅިގެން ދައުލަތައް ލިބެމުންދާ އާމްދަނީ ދަށްވެފައި ވީނަމަވެސް ސަރުކާރުން މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައި ވަނީ ކުޑަ މުސާރަތައް ލިބޭ އެއްވެސް މުވައްޒަފެއްގެ އާމްދަނީ މަދު ނުވާނެ ކަމަށެވެ.
އިތުރު ގަޑި ފައިސާ ދޭނަމޭ ކިޔައިގެން މަސައްކަތް ކުރުވާފަ މުސާރަދޭން ޖެހުނީމަ އެ ކަނޑާލީމަ އެއީ ވަރަށް ކަޑަގޮތެއް.
މަށަށް އޭރުވެސް އެނގޭ ކޮންމެވެސް މޮޅެއްލިބޭތީކަން އެމީހުން ލޮކްވެގެން އެތާއެތިބެނީ.އެކަމަކު ނޫސްތަކުގަ ލިޔެފަ މިހުންނަނީ އެމީހުން ދިވެހިންނަށްޓަކައި ލޮކްޑައުންވެފަ ގެއަށްނުގޮސް ތިބީކަމަށް.އެމީހުން ވޮލަންޓިއާކޮށް ލޮކްޑައުން ވެެގެން ތިބީ އިތުރުގަޑި ފައިސާ ލިބޭނެތީއާއި ކުންފުނި ހަރަދުގަ ކެއުމާއިބުއިން ލިބޭތީ.ވަރަށް ސާފު.ދެން މަ ކޭލާ
އިތުރު ގަޑީ ފައިސާ ވެސްދޭންޖެހޭނެ އިތުރުގަޑީގައި މަސައްކަތްކުރުވަންޏާ ، ދެންބުނޭ އެމް ޑީ ޕީ ގެ ވައުދު ފުއްދިއްޔޭ ހައްގުވާ މިންވަރު ލިބުނިއްޔޭ މިއޮތީވާ ވެރިކަމެއް ކަލޭނޭ..
އެބަޔަކަށް ލިބެންޖެހޭ ހައްގެއް ފުރިހަމަގޮތުގަ އަދާކުރޭ
ނިކަމެތިންގެ ހައްގުގައި ލިބެންވާ މިންވަރު ހަމައައްދީ
ނިކަމެތިންގެ ދުޢާﷲ އހޖާބަކޮއްދެއްވާންދޭ.
ޕީ.އެސް.އެމް ގެ މުވައްޒަފުން ތަނުގައި ލޮކުވެގެން ތިބެން އެއްބަސްވި ހާލަތު ބަދަލުވީމާ އެ އެއްބަސްވުން އެ އުވުނީ. އަވަހަށް ގެޔަށް ދާންވީ ބޭސިކް މުސާރައިގެ ގަޑި ހަމަކޮށްފައި!
ބަރާބަރު ކުރަން އޮތީވެސް ހެޔޮވެރިކަން ނުގެނެވިގެން ފެން ނެތްތަނެއްގައި މަސްތެޅޭހެންވިއްޔަ ތެޅުނީ ރީތި ވެއްޖެއެއްނު ދެން އަތްޖަހަ ލާއިނުގަނެ ގެން ތެޅޭމީހުނަށް ނޯނަނާނެ ރަނގަޅު އެއްގޮތެއް ވެސް ބޮޑިބަތާއި އެއްޗެހި ކަށްކައިގެ ވީހާވެސް ގިނަމީހުން ގޮވައިގެން ވެރިކަން ބަލުކުރަން މަގުމަތީ ހިގާއުޅޭ މީހުނަށް ނުކުޅަދާނަޔާހަ މަގުތައް މަޗަށްވީހާ ވެސްގިނަ މީހުން ނެރެގެން ހެޔޮވެރިކަން ގެނައީ މިހާރުދެން މުސާރަ ވަރަށްބޮޑު ވާނެތާ ދެން މުސާރަ މަދުން ދޭވާހަކަ ދައްކާނެ ކަމެއްނެތެއްނު ވަޒީފާއިން މީހުން ކަނޑާވާހަކަ މުސާރައިން ބައެއް މަދުކުރާވާހަކަ މިހާރުދެން ދެއްކުމުގެ ބޭނުމެއްނެއްތެއްނު މިހާރު މިހިގަނީ ކިހާ ހަމަހަމަ އިންސާފުވެރި ވެރިކަމެއްދޯ'!
މަހަކަށް ވުރެ ގިނަދުވަހު ބޭނުންހާ ވަރަކަށް މަސައްކަތް ކުރުވާފަ މަސް ނިމުނިމަ މިބުނަނީ އިތުރުގަޑި އެއް ނުލިބޭނެޔޭ. އަދި އެވެސް އެތާތެރޭ ކަރަންޓީނު ކޮށްފަ. ވަރަށްވެސް ދެރަ.
އެއީ މުސާރަ ކުޑަވުމެއްނޫން ، ސިވިލްސަރވިސްގެ 90 ޕަސެންޓް މުއައްޒަފަކަށް މިހާރު އިތުރުގަޑީގެ ފައިސާ ނުލިބޭނެ ، އެއީ އޮފީހަށްނުގޮސް މިތިބެނީ ގޭގެވީމާ .
މިހާލަތުގައި އޯކޭވާނެ.. ކެއްކޮަށްލާ!
ދެންކީއްވިހޭ އޮޅުވާލައިގެން އިތުރުގަޑީގައި މުވައްޒަފުން ލައްވައި މަސައްކަތް ކުރިވީ. އެމީހުން ކުރި މަސައްކަތުގެ ފައިދާދޭންޖެހޭނެ. ފައިސާ ނުދެންޏާ އިތުރުގަޑީގައި މަސައްކަތް ކުރުވައިގެން ނުވާނެ.
ދެއް މި ފިނޭސް މިނިސްޓަރ ކީކޭތަ މިކިޔަނީ ނުދޭނެ ދޭނެކަމަށް ހީކުރުން އެއީ ކުރާނެ އެއްމެ ބޮޑު ކުއްހީ އަމިއްލަ ޖީބަން ވަންނަ ފައިސާމަދުވާނެ އެއްކަމެއްވެސް ކުކުރާނެ މި ސަރުކާރުން ކުރާނެއޭ ބުނާ އެއްކަމެއްވެސް ނުކުރާނެ ކުކުރާނެއޭ ބުނާ ކޮނމެ ކަމެއް ކުރާނެ
ކޮވިޑުގައި ރެއެއްދުވާލެއްނެތި އެކުދިންލައްވައި ކުރުވި މަސައްކަތަށް އިންސާފުވެރި އަގު (މަސައްކަރުގެ އަގު) ދިނުމަކީ މި ސަރުކާރުން ކުރަންޖެހޭނެކަމެއް ހާދަބުރަކޮށްނޭ އެކުދިން އުޅުނީ
ހެޔޮނުވާނެ އެހެންހަފާކަށް އެކުދިން އަނބިދަރިންނާ ދުރުގަ ތިބެގެން ހާދަބޮޑު ޤުރުބާނީއެކޭ އެވަނީ އެކުދިންނަށް ހެޔޮބަދަލެއްދެއްވާށި
މަސައްކަތް ކުރިޔަސް ދޭނެ ފައިސާނެތިއްޔާ ކީއްތަކުރާނީ ހުރިއްޔާ ހުރިފައިސާއެއް ފޮރުވައިގެ އެތިބީ ދެން ދުވަސް ކޮޅަކުން ވަޒީފާތަކުގައި އުޅޭ މީހުން ޖެހިދާނެ މިދައުރު ނިމެންދެން ގޭގަ މަޑުކޮށްލަށް އޭރުން އޯކެއެއްނުދޯ!
ކުރާމަސައްކަތަ ހައްޤު ވާމިންވަރު ނުދެއްޏާ ތިތަނުގައި ބޮޑު ތަޅު އަޅުވާފައި ގެއަށް ދޭބަލަ ހާދަ ފިނޑިޔޭދޯ ތިހެންފުދިގެން ތިބޭތީއޭ ބޭނުންހާ ގޮތެއް އެހަނދަނީ މިސަރުކާރުގައި އިސްމަގާމުތަކުގައި ތިބި މީހުނަށް އަޑުއިވޭނީ ފިސާރި ބާރަށްބުނީމަ!