ހއ. ހޯރަފުށީގައި 16 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކާއި އެކުގައި ޖިންސީ އަމަލެއް ހިންގަމުން ދަނިކޮށް ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ ހއ. ހޯރަފުށީ، އަންދަލީބުގޭ ހާޝިމް އަބޫބަކުރުގެ މައްޗަށް، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާއާއި، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖެއް ލައްވައި ޖިންސީ އަމަލެއް ބެލުމުގެ ކުށުގެ ދައުވާ، ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލާގައި ހިމެނޭ ހާޝިމް އަބޫބަކުރު ހައްޔަރުކުރި ކުރީ އެރަށުގެ ބައެއް ރައްޔިތުންނަށް އޭނާ ކުޑަކުއްޖަކާއި އެކުގައި އެ އަމަލު ހިންގަމުން ދަނިކޮށް ފެނިގެން ފުލުހުންނަށް ރިޕޯޓު ކުރުމުންނެވެ. އުމުރުން 53 އަހަރުގެ އެމީހާ ހައްޔަރުކުރީ މިދިޔަ މަހުގެ 7ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ކޮބާ ހޯރަ؟ މިނިވަން ކަމުގަ ދޯހަމަ؟
ނިކަން އަވަސްވާނެ ތި މައްސަލަ.. އެއީ ރީނދުލޭމެން ރާވައިގެން އެނބުރި ގޭސްގަނޑެއްވީމަ މުޅި ސަރަހަށްދުގަވރސް އިދިކޮޅު އެންމެ އަޑުގަދަ މީހާވީމަ އަވަހަށް ފުނޑާލަން.. ރޯނާ ދުވާލު އެންމެން ކުރިމަތީ މީހުން މަރާ ވައްޓާލާއިރު ދަޢުވާނުކުރެވޭ އަހަރުދުވަހުންވެސް.. މި މައްސަލަ 2 ހަފުތާއިން ޝަރީއަތަށް.. ތަހުޤީޤު ރަނގަޅަށް ކުރެވުނުބާ؟ ހަވާފަޓާސް ބަރިއެއްހެން ރީނދުލޭމެން ކުޅެލާނެ މައްސަލައެއްތީ.. އެންމެން ދަންނަ ބޮޑު ސިއްރު
ކޮބާ ހޯރަ؟ ވަރެއްގެ ބައެއްތާ..
ޕާޓީގެ އިސްވެިޔަކާއިއެކު ފޮަތޮއަކަށް ހުއްޓިގެން ހުއްޓަ ދުށިން
ބަލަގަ އެއީ ކުޑަކުއްޖެއްނޫނޭ. 17 އަހަރު ފުރި ބާލިޣްވެފަ ހުރި ބޮޑުފިރިހެނެއް. ދޭއްޗަށްވެސް ޖެހޭނީ އެއް އަދަބެއްދޭން. ބަރަކާތްތެރި ރަމަޟާންމަހު ދޭތި އަލިފާންކުޅި ކުޅުނީ.
ތިމީހަކީވެސް މިސަރުކާރާ ގުޅުންއޮތް މީހެއްނަމަ، ތިމައްސަލަ އޮބޭނެއެވެ. މިސަރުކާރާ އިދިކޮޅު މީހެއްނަމަ ކޯޓުބެންޗް ބަދަލްގޮށްގެންވެސް ކުރާނެހުކުމް. ހޯރައިއްބެ ސަލާމްބުނި ކިނބުލަށް