ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 10 މީހުން މިއަދު ރަނގަޅުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި މިރޭ މައުލޫމާތުތަކަށް ބަލާއިރު އިތުރު 10 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އެހެންކަމުން ރާއްޖޭގައި މިހާތަނަށް ކޮވިޑުން ރަނގަޅުވި މީހުންގެ އަދަދު ވަނީ 773 އަށް އަރައިފަ އެވެ.

މިހާރު ރާއްޖެ އިން ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 1،118 އަށް މަދުވެފައެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 8 އަށް އަރާފައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހޭ މީހުން ބަލީގެ އަލާމާތްތައް ނުފެންނަތާ ތިން ދުވަސް ވުމުން އިތުރު ޓެސްޓެއް ހެދުމެއް ނެތި ދޫކޮށްލަން މިހާރު ވަނީ ނިންމާފައެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ބަލިން ރަނގަޅުވާ މީހުންގެ އަދަދު އިތުރު ވެގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު