ފުލުހުންގެ ގާނޫނަށް ޚިޔާލު ހޯދުމުގެ ގޮތުން މަޝްވަރާ ކުރާ އިރު ފުލުހުންގެ ކުރީގެ ޗީފަކާއި އަނާކިސްޓަކު ހިމަނަން ފެނިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އަނާކިސްޓުންނަކީ ދައުލަތުގެ އުސޫލުތައް ގަބޫލު ނުކުރާ ނުވަތަ ސަރުކާރެއް ނެތުމަށް ތާއީދު ކުރާ މީހުންނެވެ.
ނަޝީދު ވަނީ އެފަދަ މުހިންމު ބިލްތަކަށް އެކި ފެންވަރުގައި އާންމުންގެ ޚިޔާލް ހޯދުން މުހިންމުކަން ފާހަގަކުރައްވައިފައެވެ.
" އަޅުގަނޑުގެ އެބަަވޭ ޕެނަލް ޑިސްކަޝަންއެއްގައި ފުލުހުންގެ ކުރީގެ ޗީފެއް، އަދި އެނަކިސްޓް އުސޫލު ގަބޫލުކުރާ މީހަކު ނުވަތަ ރައްޔިތަކު ތަފާތު ޚިޔާލް ނުކުންނާނެ ގޮތަކަށް ޕެނަލެއް ކުރިއަށް ގެންދިއުން. އަދި ކަމުގެ މާހިރުން އަޅުގަނޑުމެން ގާތުގައި މިތަނުގައި ލެކްޗަރ އަނެއްކާވެސް އަޅުގަނޑުމެންގެ އާ އިމާރާތުގައި ތަގުރީރުކުރެއްވުން. އާއްމުންނަށް ވެސް އަޑު އެހޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
އެ ބިލަށް ބަހުސްކުރައްވަމުން ގިނަ މެމްބަރުން ވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ފުލުހުންގެ ހިދުމަތުގެ ބިލެއް ސަރުކާރުން ހުށަހެޅުއްވީ، ދިވެހި ފުލުހުންގެ ހިދުމަތާއި ގުޅޭ އެންމެހައި ކަންކަމަކީ ގާނޫނު އަސާސީ އާއި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ހައްގުތަކަށް އިހްތިރާމުކުރުމާއެކު ގާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ހިދުމަތެއްކަން ކަށަވަރުކުރުމުގެ ބޭނުމުގައެވެ.
މިހާރު އަމަލުކުރަމުންދާ ފުލުހުންގެ ގާނޫނުގެ ބަދަލުގައި އާ ގާނޫނެއް ވުޖޫދުކޮށް، ފުލުހުންގެ ހިދުމަތް އެކަށައަޅާފައިވާ ގޮތާއި، ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގައި ގެންގުޅޭ މައިގަނޑު އަސާސްތަކާއި އުސޫލުތަކާއި، އެ ހިދުމަތުގެ މަސްއޫލިއްޔަތުތަކާއި، ޒިންމާތައް، އަދި ފުލުހުންނަށް ލިބޭ ބާރުތަކާއި، އެ ހިދުމަތާގުޅޭ އެނޫންވެސް ކަންކަން އެ ގާނޫނު މެދުވެރިކޮށް އަލުން ކަނޑެޅުމަކީވެސް އެ ބިލު ހުށަހެޅުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ޢެމް.ޑީ.ޕީ މީހަކު ހައްޔަރު ނުކުރެވޭ ގޮތަށް ބިލުގައި ހިމަނާލައްޗޭ..
ދާދިމިދާކައްދުވަހު ރާބޮއެގެން ހަމަބުއްދިފިލައަުގެން މީހުންގައިގަ ދަތްއަޅާ ރައްޔިތުންނައް ދުއްތުރާކުރި ރާމާމަކުނެއްވެސް އިންޑިޔާގަ އުމުރައްޖަލައްލައިފި. މީވަރައްވާހަކަ
ﷲ ސުބްހާނަހޫ ވަތައާލާ އިންސާނުން އުޅެންވީ ގޮތާއި އުޅެގެން ނުވާނޭގޮތާއި ކޮށްގެން ނުވާނޭ ކަންކަމާއި ހުއްދަކުރަށްވާ އެކަލާންގެ ކަލާންފުޅު ކީރިތި ގުރުއާނު ގާއި ބަޔާންކުރަށް ވާފައި ވާއިރު އެގާނޫނު ބޮލާލާޖެހުމަށްފު ކިތަންމެ މޮޅު ގާނޫނެއް ހެދި ކަމުގާއި ވިޔަސް ހަޢްލެއްނެތެވެ. ހައްލަކީ ﷲގެމަގަށް ރުޖޫއުވެ އިސްލާމީ ޝަރިއްޔާ ގާއިމުކުރުމެވެ
އަނާކިސްޓަކަށް ޑޭވިޑް ހާޑިންގްހަމް،، އަދި ކުރީގެ ފުލުސް ޗީފަކަށް އަމީން ފައިސަލް، ނުވަތަ ބާޣީ ޝާހިދު ކަހަލަ މީހަކު އޯކޭ ވާނެ ނޫންތޯ؟؟ ކޮންސަލްޓެންޓަކަށް ލަަދީނީ ޝަހިންދާ،، އަދި ގައިޑްލައިނަކަށް އެމްޑިއެން ރިޕޯޓް ރަނގަޅުވާނެ ނޫންތޯ؟؟ އެކަމަކު ރައްޔިތިންނަށް އިންސާފއވެރި ވޯޓެއް ލެވެނިކޮށް، ރަގަޅު ނަތީޖާއެއް މަނިކުފާނަށް ލިބޭނެ
އެކީކުރަން ކަލޭ ހުރިހާ ކަމެއް ކޮއްބަލަ ތިޔަކީ މިގައުމައް ކުރިމަތިލާން ޖެހިފައިވާ ބޮޑު ބަލާވެރިކަމެއް.
ތިގާނޫނު އިސްލާހުކޮށް ނިމޭއިރު ސޮށްސާލާއިގެން ހިނގާއިދާނެ ..
މަޖިލީހުގަ މިހާރު ވެސް ތިިބޭނެ 65 ވަރަކަށް އަނާކިސްޓުން އިތުރަށް ވެސް ބޭނުން ވަނީތޯ.
ياﷲ! ކެނެރީގެ މުޙައްމަދު ނަޝީދުގެ ނުބައި ޢަމަލު ތަކުން މި ދިވެހި ރާއްޖޭގެ އެންމެހައި ދިވެހި، މުސްލިމް ރައްޔިތުން ސަލާމަތް ކޮށްދެއްވާނދޭވެ! އާމީން.
މިބާގައިގެ މީހުން ހޮވަން ވޯޓްދިން ހުރިހާ މީހުންނަށް އަޅުގަނޑުގެ ވެދުމާ ސަލާމް. މުއުމިނެއްގެ ގަޔަށް ކަށި ޖެހޭނީ އެއްފަހަރު. ދިވެހިނަގެ ގިނަމީހުންގަޔަށް 100 ފަހަރުވެސް ކަށިޖެހޭނެ.
މީ ވަރަށް ވާހަކަ
ކަލޭތީ އެނާކިސްޓެއްނުން.. ދެން އިތުރު އެނާކިސްޓެއް ބޭނުމެއް ނުވާނެ ތިކަމައް.
މިކަހަލަ.ބޮޑެތި ލާދީނީ މުޖިރިމުންނައް ތަބާވެ ވެރިކަން ދީގެން ތިބުމުގެ ހިތި..ފުލުހުންވެސް ޖެހޭނެ ލިބިގަންނަން.