ފުޅާދާއިރާއެއްގައި ރާއްޖެއަށް ބެޓަރީ ސައިކަލާއި، ބައިސަކަލް އަދި މޮޓޯ ސައިކަލާއި އެ ނޫނަސް އެއްގަމު އުޅަނދުތަކަށް ވިއްކަމުން އަންނަ "ބެސްޓް ބަޑީ" އިން އެކަމަށް ހާއްސަ ޝޯވ ރޫމެއް ކުޅުދުއްފުށީގައި ހުޅުވައިފިއެވެ.

މި ޝޯވ ރޫމް ހުންނާނީ ކުޅުދުއްފުށީ އަމީނީމަގު، އިސްލާމިކް ބޭންކްގެ ކުރިމަތީގައެވެ.

މި ފިހާރައިން އެކި ވައްތަރުގެ ވެހިކަލްތައް ލިބެން ހުންނާއެވެ. މި ފިހާރައާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން އޯނަރ އިބްރާހިމް ރަޝީދު ވިދާޅުވިގޮތުގައި، އެ ފިހާރައިން ރަށުޕިކަޕްގެ ތަފާތު ސައިޒްތަކާއި، ބެޓަރީ ބައިސްކަލް، ބެޓަރީ ސައިކަލް، އައިލެންޑް ބަގީ، މޮޓޯ ސައިކަލް އަދި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ބައިސްކަލާއި، ސްކޫޓަރ ލިބެން ހުންނާނެއެވެ.

ރަޝީދު ވިދާޅުވީ، މި ޝޯވ ރޫމް އިން ކަސްޓަމަރުން ބޭނުންވާ ގިނަ ވައްތަރުތަކުގެ އެއްގަމު އުޅަނދުތައް ލިބެން ހުންނައިރު، އެ އެއްޗެހީގެ އަގުވެސް ވަރަށް ރަނގަޅުވާނެ ކަމަށެވެ.

"ކުރިން އަޅުގަނޑުމެން ގުދަނުގައި ވިޔަފާރި ކުރީ، މިހާރު ޝޯވރޫމެއް މި ހުޅުވީ. އަޅުގަނޑުމެން އަސްލު ޕްެއިއޯޑަރު ދިނީމަ ހަމަ ކޮންމެ އެއްޗެއްވެސް ގެންނާނެ. އަޅުގަނޑުމެންގެ އެޖެންޓުން ތިބޭނެ ޗައިނާ ކޮޅުގައި. އެ އެޖެންޓުން ތިބެގެން އަޅުގަނޑުމެން ކޮންޓެއިނަރ މި ގެންނަނީ ސީދާ ކުޅުދުއްފުށި ބަނދަރަށް". ރަޝީދު ވިދާޅުވިއެވެ.

މިތަނުން ވިއްކާ ތަކެތި މާލެ އާއި އަތޮޅު ތެރެއަށްވެސް ފޯރުކޮށްދިނުމުގެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާލެ އަށްވެސް ހިލޭ އެ އެއްޗެއް ފޯރުކޮށްދިނުމާއި، ހއ.ހދ.އަދި ށ އަތޮޅުގެ ރަށްރަށަށް ފެރީނިިޒާމުގެ ތެރެއިން ހިލާ ޑެލިވަރީ ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާކަން ރަޝީދު ފާހަގަކުރެއްވިއެވެ.

ރަޝީދު ވިދާޅުވީ، ޕްރިއޯޑަރު ކުރުމުން ފަރުނީޗަރާއި، އަގުބޮޑެތި އެހެނިހެން ތަކެތިވެސް ގެންނަ ކަމަށެވެ.