އެހެން މަސްތަކާ ހިލާފަށް މިދިޔަ މަހުގެ ކަރަންޓު ބިލު ބޮޑުވި މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހުގެ ކަމާބެހޭ ކޮމެޓީތަކުން ބަލައިދިނުމަށް އެދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސިޓީ ފޮނުއްވާފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއީލް އަހުމަދު ނަސީމްއެވެ.

މީކާއިލް ފޮނުއްވެވި ސިޓީގައި ވިދާޅުވެފައި ވަނީ، މާލޭގެ ގޭބިސީތަކުގެ މިމަހުގެ ކަރަންޓު ބިލު އެހެން މަސްމަހާއި ހިލާފަށް ބޮޑުވެފައިވާކަމުގެ ޝަކުވާތައް އޭނާ ތަމްސީލްކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ ކަމަށެވެ.

https://twitter.com/MickailNaseem/status/1278413145875210240?s=20

އަދި އެ ބިލު ބޮޑުވެފައިވާ ކަމަށް ބެލެވެނީ މާލެ ފުރަބަންދުކުރުމާ ގުޅިގެން ދިން ސަބްސިޑީ ކަނޑާލުމާ ގުޅިގެން ކަމަށް ސްޓެލްކޯ އިން ބުނެފައިވީ ނަމަވެސް، ފުރަބަންދު އައުމުގެ ކުރީ މަސް މަހުގެ ބިލްތަކާއި އަޅައި ބަލާއިރު ވެސް ބިލު ދެ ގުނައަށް، ތިން ގުނައަށް އަދި ހަތަރު ގުނައަށް ވެސް ބޮޑުވެފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް ސިޓީގައިވެއެވެ.

އެހެން ކަމުން މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން ރައްޔިތުންގެ އަތްމަތި ދަތިވެފައިވާ މި ދަނޑިވަޅުގައި، އާދަޔާ ހިލާފަށް ކަރަންޓު ބިލު ބޮޑުކޮށްފައިވާ ސަަބަބު މަޖިލީހުގެ ކަމާބެހޭ ކޮމެޓީން ބެލުމަށާއި ސްޓެލްކޯ ޖަވާބުދާރީ ކުރުވުމަށް މީކާއިލް އެދިވަޑައިގެންފައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ފުރަނަބްދުކޮށްފައި އޮތް ހާލަތުގައި ކަރަންޓު ބިލްތަކުން ވަނީ ބޮޑު ޑިސްކައުންޓެއް ދީފައެވެ. ސްޓެލްކޯ އިން ހާމަކޮށްފައިވާގޮތުގައި މިދިޔަ މަހުގެ ބިލް ބޮޑުވެފައި ވަނީ، ޑިސްކައުންޓު ކަނޑާލުމާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަދިހާ

    އަޅުގަޑު އުޅޭގެ މީ ވޭތުވެދިޔަ 3 އަހަރުވެސް ކަރަންޓް ބިލްއަކަން 4000ރުފިޔާއެއް ނާރާ އެކަމު މިދިޔަ އޭޕްރީލް މަހުގެ ބިލް 5483.52ރުފިޔާ އެރި އެއީ އަދި %40 ކެޑީމަ މެއި މަހުގެ ބިލްއަށް އެރީ 5988.12ރުފިޔާ އެއީ %40ކެޑީމަ އަދި 2 ކޮޓަރިވެސް މި ދެމަހު ހުރީ ހުހަން އެތާގެ އޭސީ އެއްގޮތަކަންވެސް އަދި ފަންކާވެސް އެއްގޮތަކަންވެސް ނުޖަހާއެއީ އެ ދެރޫމްގައި އުޅޭ މީހުން ލޮކްޑައުންގަ ރަށުގައި ގެތީމަ އެކަމު ބިލްއަށް އެރިވަރުމީ ކިހާ މޮޅު ރަންޔަތުން ފެލަނީ އެއްނުމި

  2. ނަައީމް

    ދެރަކަމަކީ މީހާއާއި ނުގުޅޭ ކުލައެއްގެ ޓައީއެއް އަޅައިގެން ހުރެ ނުފޯރާފަށުން ފޫގަޅާތީ

  3. ހުދު ފޮށާ

    މިގޭ ކުކުޅު ބިސްނާޅާ ތާ 1 އަހަރުވެއްޖެ.. މަޖިލީހުން މިކަން ބައްލަވާދެއްވަން ވީނޫންތޯ..؟

    ތީ ހުރިހާ މައްސަލަ ބަލާ ތަންވިއްޔާ..

    ކުރާނެ ނުކުރާނެ ކަމެއް، ހަމަޔެއް ލަމައެއް.. ގޮތެއް ފޮތެއް.. ނޭގޭ ގޭ ގަމާރުން ތަކެއް އެއްތަނަކަށް އެއްވެ ބާރު ލިބުނީމަ ވާނީ މިކަހަލަ ގޮތެއް..

  4. ބޮޑު ބިލު

    އަހަރެން މިގޭގަ އުޅޭތާ 6 އަހަރު މިވަނީ، މި ފާއިތުވު 4 ވަރަކައް މަސްތެރޭ ކަރަންޓް ބިލު ބޮޑުވަމުން އައިސް މިހާރު ބޯމަތިން ގޮއްސި، އެވަރެޖްކޮއް ބިލައް އަރަނީ 1500 މިހާރު ބޮޑު ވަމުން އައިސް މިމަހުގެ ބިލް އިނީ 3000 ހުން މަތީގަ، 3989، މީތި އެއްގޮތަކައް ވެސް ގަބޫލެއް ނުކުރެވޭ، މީހުންފެލާލަން ބިލުތައް މެނިޕިއުލޭޓް ކުރަނީ، ހެޔޮވެރިކަން، އޯގާތެރިސަރުކާރު، އިންސާފުގެ ދަތުރު،...މި ފަތިވަރު އަމުނަމުން އައިސް ބޮޑު ނާގާބިލު ބައިގަޑު އަހަރެމެން ބިކަކޮއްލައިފި