ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ނައިބު ރައީސަކަށް މުހައްމަދު މާހިރު އީސާ އިންތިހާބުކޮށްފައިވާކަމަށް އެލްޖީއޭއިން ހާމަކޮށްފިއެެވެ
އެލްޖީއޭއަކީ ބަޔާންކޮށްފައިވާ ކައުންސިލްތަކުގެ މަސައްކަތްތަކާއި ޙަރަކާތްތައް ހިނގާ ގޮތް ބަލައި، ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި އުފައްދާފައި އޮންނަ މުއައްސަސާއެކެވެ.
އެލްޖީއޭއަށް އާ ބޯޑު ހޮވާފައި މި ވަނީ ކައުންސިލްތަކުގެ ބާރުތައް ހަނިކޮށް، ގިނަ ބާރުތަކެއް އެލްޖީއޭއަށް ދިނުމަށް ސަރުކާރުން ހުށަހަޅައިގެން ޤާނޫނު ބަދަލު ކުރުމަށް ފަހުއެވެ.
އެލްޖީއޭ އިން މިއަދުބުނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވާލެވުނު އެ އޮތޯރިޓީގެ ބޯޑުގެ ނާއިބު ރައީސްކަމަށް މާހިރު އިންތިހާބު ކުރީ ބޯޑު މެމްބަރުންގެ މެދުގައި ނެގުނު ވޯޓަކުން ކަމަށެވެ.
އެލްޖީއޭގެ ބޯޑުގައި ތިއްބަވާ މެންބަރުން:
1. ހޯމް މިނިސްޓަރު އިިމްރާން އަަބްދުﷲ
2. އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް މުހައްމަދު ޝިހާބު
3. ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު
4. ޗީފް އެގްޒެކެޓިވް އޮފިސަރު ފާތިމަތު އަފްޝަން ލަތީފު
5. ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު އީސާ
6. ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަރީފު
7. ޕްލޭނިން މިނިސްޓްރީގެ ނައިބު ފާތިމަތު ނިއުމާ
އެލްޖީއޭގެ ނައިބް ރައީސް އަކަށް މާހިރު ހޮވިއިރު، އެލްޖީއޭގެ ރައީސްއަކީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އެވެ.
ޙަތަރެސްކަން ހަމަވީ...ބަލަ ކުރިން މާ ފުރިހަމަ
މިހާރު ތިޔައީ ރައީސް އޮފީހުގެ ތަނެއްތޯ.....
ކައުންސިލްތަކުން ތަމްސީލު ކުރާމީހަކުވެސް ނެތް
ޙާދަ މޮޅަށޭ ތިޔަ ބޯޑު ތިޔަ ޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮ
ޢޮތީ....ޑިމޮކުރަސީ ފަހަތައް
އެލްޖީއޭގެ ނައިބު ރައީސަކަށް މާހިރު ހަމަ ރަނގަޅޭ ސަބަބަކީ ދަ ރާއްޖެތެރޭގެ ތަޖްރިބާ ވަރަށް ރަނގަޅަށް ހުންނާނެއޭ މާ
ހުރިހާ ބާރެއް ބުއްޅަހުއްތުގެ މުސުތެރެއަށް