ސުޕްރީމް ކޯޓުން ފެބްރުއަރީ 01 ގައި އަމުރު ނެރެން 80 މިލިއަން ހުށަހެޅި ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފާރިސް މައުމޫން އަރިހުގައި ވިދާޅުވި އަޑު އިވުނު ކަމަށް ފުލުހަކު ބުނެފިއެވެ.
އެގޮތައް ބުނެފައި ވަނީ ސުޕްރީމް ކޯޓުން އަމުރު ނެރުމުން އަދީބު އާއި ފާރިސް މާލެ ގެނައުމަށް އެރުވި ފުލުހުންގެ ލޯންޗްގައި މަސައްކަތް ކުރާ ފުލުހެކެވެ.
ފުލުހުންގެ ތަޙްޤީޤަށް އޭނާ ދީފައިވާ ބަޔާނުގައި ބުނެފައި ވަނީ އަދީބާއި ފާރިސް ލޯންޗަށް އެރުވުމުން ތިއްބެވީ ލޯންޗްގެ ދެފަރާތުގައި ދެބޭފުޅުން ވެސް އެއް ބޭފުޅަކު އަނެއް ބޭފުޅަކާއި ދިމާވާ ގޮތަށެވެ.
ބަޔާންދިން ފުލުސް މީހާ ބުނީ ލޯންޗަށް ދެބޭފުޅުން އެރުވުމަށް ފަހު މަޑުކޮށްލަން ފުލުހުންގެ ކަސްޓޯޑިއަލް ޑިޕާޓްމަންޓުން އަންގާފައި ވާތީ ލޯންޗް ނައްޓާ ނުލާ އޮއްވާ ފާރިސް ގާތު "80 މިލިއަން ހުށަހެޅީމޭ ވަރަށް ސިސްޓަމެޓިކް ގޮތަކަށޭ ރާވާލީ، އެންމެންތައް ދޫކޮށްލާކަށް ނޫންހޭ ޖެހޭނީ" އަދީބު ވިދާޅުވި އަޑު އޭނާ އަށް އިވުނެވެ.
ފުލުހުން މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ވިލާ ކުންފުނިން ވަނީ ފަނޑިޔާރުންނަށް 2.4 މިލިއަން ޑޮލަރު (38 މިލިއަން ރުފިޔާ) ދީފައެވެ. އެފައިސާ އިން މަންފާ ކޮށްފައި ވަނީ ފަނޑިޔާރު އަލީ ހަމީދާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ކަމަށް ފުލުހުން ވިދާޅުވެއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ނިސްވާ ދަބަހަކުން 3.4 މިލިއަން ރުފިޔާ ފެނުނު ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މީސް މީޑިއާގައި ލީކްވެފައިވާ ބަޔާންތަކުން އެނގޭ ގޮތުގައި ދެފަނޑިޔާރުންނާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު ވަނީ މެލޭޝިއާ އިން ހަތް މިލިއަން ރުފިޔާ އަށް ވުރެ އަގު ބޮޑު ފްލެޓްތަކެއް ގަންނަން މަސައްކަތް ކޮށްފައެވެ. ފްލެޓްތަކަށް ހުރިހާ ފައިސާއެއް ދެއްކިކަން ކަށަވަރުވާ ބަޔާނެއް އަދި ލީކްވެފައެއް ނުވެއެވެ.
އޭގެ އިތުރުން މާލެ އިން އަލީ ހަމީދު ދެފްލެޓް، އަބްދުﷲ ސައީދު ފްލެޓެއް އަދި ހަސަން ސައީދު ވެސް ފްލެޓެއް ގަންނަން މަސައްކަތް ކުރިކަން ފުލުހުންގެ ތަޙްޤީޤަށް ވަނީ ކަށަވަރު ވެފައެވެ.
ސުޕްރީމް ކޯޓުން އަމުރު ނެރެން 80 މިލިއަން ހުށަހެޅި ކަމަށް އަދީބު ވިދާޅުވެފައި ވީނަމަވެސް ސުޕްރީމް ކޯޓުގެ އަމުރާއި ގުޅިގެން އަދި އަދީބުގެ މައްޗަށް ތަޙްޤީޤެއް ހިންގާކަން ކަށަވަރެއް ނުވެއެވެ.
ފެބްރުއަރީ އެއްކެއްގެ އަމުރާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔާންތައް ލީކް ވެފައި ވާއިރު ފުލުހުން ވިދާޅުވެފައި ވަނީ ބަޔާންތައް ލީކް ކޮށްލީ މައްސަލައިގައި ހިމެނޭ ނުފޫޒުގަދަ ފަރާތްތަކެއްގެ އަތެއް އޮވެގެން ކަމަށެވެ.
އަދީބް ކަލެއަށް ވެރިކަން ކުރެވިދާނެ، އަދީބު ބޮލަށް ކޮންމެ ކަމެއްވެސް
ސާބަސް
ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަހަރާމްކޯރޭ ދަ ބަނޑު ދޮންނައޭ ތަމެންނަށް ފެނޭތޭ ފެނޭދޯ، ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.
ނަމުގަ ގޮޅީގަ ބޭނުންމީހަކަށް ބޭނުންވަގުތަކު ރިޝްވަތުދެވޭ ބޭނުނގަޑިއެއްގަ ފޯނުކުރެވޭ
އަޖާބެއް ބެއްޔާ! އެތަނަށް އޭނާޔާ ވާހަކަދައްކަން ދާ ވަކީލުންނަކީ އެކަން ކޮށްދިނުމަށް ދާ ބައެއް. އެހެން ދެން ކޮން ކަމެއް އެމީހުން ކުރީ!
މިހާރު އެގިއްޖެ. ބޭރު އަންހެނަކާ އެކު ލަންކާގެ ހޮޓަލެއްގެ ކޮޓަރީގައި ފުރޮޅޭއިރު ޤައުމީ ލޯބި ހިތަށް ނުވަނަސް 118 މިލިއަން ރުފިޔާ ލިބި ގެއްލުމުން ޖަޒުބާތުތައް ބޭރުވެ ބަޑިފަޅައިގެންގޮސް ފެލެއަރުވާނެކަކަން. އެވަރަށް ލާރި ލިބުމުން އަމިއްލައަށް ޝަހީދެއްގެ ލަގަބު ހޯދައި ފަނޑިޔާރުންނަށްވެސް ޤިޔާމަތްދުވަސް ހަނދާންކޮށްދޭނެކަން.
އެމްޑީޕީގަ ތިބީ ހުސްކޮރަޕްމީހުން
ހަހާ. ކަން ގެންދާމީހާޔަ އޭނާބަލާ ޑަކްޓަރު ހެކިނުދޭތަ؟ ވަޓްއަ ޖޯކް
ދޮގު ހެކި
އެކަލޭގެ އަތުން އެދައްކާ ނިޝާނަކީ ވެސް ޝައިޠާނާ އަށް އަޅުކަންކުރާ މީހުން ދައްކާނިޝާނެއް.
އަދީބު ދައްކާފައިވާ ނިޝާނުގަ ބުނަނީ "ނޯ ވަން ކޭން ޕްލޭ މީ..."
އެއީ ޝައިޠާނިކް ނިޝާނެއް. ގޫގުލް ސަރޗް ކޮށްލަބަލ.
އަލެ މިރާޖެ މިދަނީ ފަހަތައްބާ ރަންނަމާރި އެރިދުވަސް ވަރުވެސް މިވަރެއް ނުވާނެ ހެން ހީވަނީ މިހާރު މިގައުމު ކުރަތް ފަކަވެސް ހިސޯރު ކުރެވިދާނެ ހެން މަށައްހީވޭ އަދީބު އޮންނަ ގޮލީގަ އޮންނަ ހޯނު ބުނާއެތިވެސް އަދި އޑުއިވޭނެ
ބަޔާން ނެގޭގޮތާ، އޭގެ ވެލިޑިޓީ ބެލޭގޮތް ނޭނގޭ މީހުން "ދޮގެކޭ" ފޭކެކޭ" ބުނެވޭނެ ގޮތެއް އޮންނާނެތަ؟ އެއީ ރަސޫލުޒަމާނުގެ ކާފިރުންގެ އަމަލުތަށް ހުރިގޮތް. ލޮލުންފެނިން އަތުން ހިފޭއިރުވެސް، އެއީ ސިހުރެކޭ، ހަދާފައޮތް ދޮގެކޭ އެމީހުންވެސް ގޮވި.
އަދީބް ގެ ބޮލައް އެއްޗެހި ބިންދަނީ ބިރުން
އަދީބް އިޒް އަ މޭން....
ކޮރަޕްޓް މޭން.
އަދީބުބުނި އެމްއެމްފީޢާރސީގެ ހަގީގަތްކޯޓުގާކިޔާދޭނެވާހަކަވެސް ކީއްވެގެން އެވާހަކަނުހޯދީ
2013 ގަ ޔާމީން ކޯޓު މެދުވެރި ކޮށް ވެރިކަން ހޯދަން ކިތަން މިލިއަން ހުށައެޅިބާ!