"ހިޔާ" މަޝްރޫއާއި "ގެދޮރުވެރިކުރުން" އަދި "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ކުރިއަށް ގެންގޮސްފައިވާ ގޮތާއި ފްލެޓްތައް ދޫކޮށްފައިވާ ގޮތް ރިވިއުކޮށް، އިންސާފުވެރި، ދެފުށް ފެންނަ ގޮތަކަށް، ފްލެޓް ލިބުން ހައްގުވާ ފަރާތްތަކަށް ފްލެޓް ލިބޭނެ ގޮތް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އުފައްދަވާފައިވާ ފުލެޓްތަކުގެ މައްސަލަބަލާ ކޮމިޓީގެ ބައެއް މުވައްޒަފުން ކޯވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އެ ކޮމިޓީގެ މަސައްކަތް މިހާރު ވަގުތީގޮތުން ހުއްޓިފައިވާ ކަމަށް ކޮމެޓީން ވިދާޅުވެއްޖެއެވެ.
ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް ޖުލައި މަހު ފަހުކޮޅު އިއުލާން ކުރަން ފަށާނެ އެކޮމެޓީންނާއި އަދި ހައުސިން މިނިސްޓްރީން ވެސް ވިދާޅުވެފައި ވާއިރު ޖުލައި މަސް ނިމި އޮގަސްޓް މަސް ފެށުނުއިރު ވެސް ލިސްޓް އާއްމުކުރަން ފަށާފައި ނުވާތީ ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ޖަވާބުދާރީވަމުން ފްލެޓް ކޮމެޓީން ވިދާޅުވީ މި މަސައްކަތުގައި ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދަނިކޮށް، ކޮމިޓީ މުވައްޒަފުންތަކެއް ކޮވިޑަށް ފައްސިވުމުން ކުރިން ކަނޑައެޅިފައިވާ މުއްދަތުގައި އެ މަސައްކަތް ނިންމާނުލެވުނު ކަމަށެވެ.
ނަމަވެސް ފްލެޓް ކޮމެޓީން ވިދާޅުވީ ކޮމެޓީގެ މުވައްޒަފަކު ފުރަތަމަ ކޮވިޑް-19 އަށް ފައްސިވީ ޖުލައި 28 ގައި ކަމަށެވެ. އަދި 2 އޮގަސްޓްގައި މި ކޮމިޓީގެ އިތުރު މުވައްޒަފަކު ކޮވިޑަށް ފައްސިވެފައިވާތީ، 14 ދުވަހުގެ މުއްދަތަށް، ކޮމިޓީގެ މެންބަރުންނާއި ހުރިހާ މުވައްޒަފުން ގޭގައި ކަރަންޓީންވެ ތިބުމަށް އެޗްޕީއޭ އިން ވަނީ އަންގާފައި ކަމަށް ފްލެޓް ކޮމެޓީން ވިދާޅުވިއެވެ.
ކޮމެޓީން މަސައްކަތް ގޮސްފައިވާ ހިސާބު
- H4 (ޑޮކްޓަރުންނާއި ނަރުހުން) ލިބޭ ފްލެޓްތަކަށް ކުރިމަތިލާފައިވާ 284 ފަރާތުގެ ތެރެއިން އެންމެ މީހަކު ފިޔަވާ ހުރިހާ އެންމެންގެ ދިރިއުޅުމުގެ ހާލަތު ބަލާވަނީ ނިމިފައެވެ. އެމިހާގެ ދިރިއުޅުމުގެ ހާލަތު ބެލިފައިނުވަނީ މާލޭގައި ނޫޅޭތީކަމަށްވެސް ފްލެޓް ކޮމެޓީން ބުނެއެވެ.
-H5 (ޓީޗަރުން) މި ކެޓަގަރީމް 720 ފަރާތަކަށް ފްލެޓް ލިބޭއިރު އެންމެ މީހެއް ފިޔަވާ މި ކެޓަގަރީގެ އެންމެންގެވެސް ދިރިއުޅުމުގެ ހާލަތު ވަނީ ބަލާ ނިމިފައެވެ. މި މިހާގެވެސް ދިރިއުޅުމުހެ ހާލަތު ބެލިފައި ނުވަނީ މާލޭގައި ނުޅޭތީކަމަށް ކޮމެޓީން ބުނެއެވެ.
- H8 (މާލޭ ރަށްވެހިން) މި ކެޓަގަރީން 4261 މީހުންނަށް ފްލެޓް ލިބޭއިރު 23 މީހަކު ނޫން އެންމެންގެ ދިރިއުޅުމުގެ ހާލަތު ބަލާ ނިމިފައިވާކަމަށްވެސް ކޮމެޓީން ބުނެއެވެ.
މި ކެޓަގަރީތަކުގެ ފޯމުތަކުގެ ތެރެއިން ފިޒިކަލް ވެރިފިކޭޝަން ފުރިހަމަކުރެވިފައިނުވާ ފޯމަތައް ފިޔަވައި އެހެން ހުރިހާ ފޯމުތަކަށް ޕޮއިންޓް ދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ނިމިފައިވާކަމަށްވެސް ކޮމެޓީން ވިދާޅުވެއެވެ. އަދި H7 ފިޔަވައި އެހެން ހުރިހާ ކެޓަގަރީއެއްގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ ޕްރޮސެސް ވަނީ ފަށާފައެވެ. މިގޮތުން ޖުމްލަ 12013 ފަރާތެއްގެ ދިރިއުޅުމުގެ ހާލަތު ބަލާ ނިމިފައިވާކަމަށްވެސް ކޮމެޓީން ވިދާޅުވެއެވެ. ކޮމިޓީގެ މަސައްކަތް އަލުން ފެށުމާއެކު، ވީ އެންމެ އަވަސް ތާރީޚެއްގައި ލިސްޓްތައް ޢާންމުކުރަން ފަށާނެކަމަށްވެސް ކޮމެޓީން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެކަމަށް ވަކި ތާރީޚެއް ދެއްވާފައެއް ނުވެއެވެ.
މުއައްޒިފުން ފައްސިވިޔަސް އުޑުވެއްޓުނަސް ފުލެޓުތައް ބަހާނެ ކައުންސިލް އިންތިހާބާ ކައިކޮއްފަ ތީދަންނަ ވައްތަރެކޭ!
އާނ ބޮޑު އެތި އެޖެހީ.. މިހާރުކަމެއް ނުވެ ފެއިލްވާއިރަށް ކޮވިޑް ބޮލަށް ކަނޑާލާނި.. ބަލަ ޖުލައި 28ގަ ފައްސިވިއްޔޭ ތިޔަ ބުނީ އެހާތަނަށް ވިޒިޓްކޮށް ނިމިފަ ހުރި ކެޓަގަރީތަކުގެ އިދާރީ މަސައްކަތް ނުނިމި ހުރުމަކީ ޖޯކެއް.. އެހާތަނަށް ނުނިމުނު ބަޔަކަށް ބާކީ ދެދުވަހަކުން ނިންމާފަ އިޢުލާނެއް ނުކުރެވޭނެ.. ގޭގަ ހޯމް ކަރަންޓީނުގެ ތިބެގެން ވެސް މަސައްކަތްކުރެވޭ ޒަމާނެއްމީ އެހެންވީ އެމް.އެން.ޑީ.އެފްއާ ފުލުހުންގެ ތެރެޭގަ ތިބި ފައްސި ނުވާ ކުދިން ހާލުބަލަން ފޮނުވާފަ އެ ފޯމުތައް ޕްރޮސެސްކުރެވޭނެ ދޯ.. ކުރިންވެސް ފުލުހުން ހާލުބަލަން ގިނައިން ދިޔައީ.. ހަމަ ސްލޯކަމުން ކަމެއް ނުވާތީ އެއްޗެކޭ ކިޔަނީ ގޮތްހުސްވީމަ.. އެކަމު އަތަށް ގޮވަނީ..
ހައްތާވެސް އެކްސްކިއުޒްތައް!
ރަނގަޅު އަނެއްކާ ދައްކާ ވާހަކަ ދިމައެއް ވެސް ނުވޭ.. ކުރިން ބުނީ އެޗް14 ގެޓަގަރީ އެއްކޮށް ނިމިފައޭ މިއަދު ގެޒެޓުކުރި އިރު އެ ކެޓަގަރީގެ މަސައްކަތް ނިމުނުކަމަކަށް ނެތް.. ގޭގަ ތިބެގެން ވެސް މަސައްކަތް ކުރެވޭ ޒަމާނެއްގަ ހާދަހާ ޖޯކު ވާހަކައޭ މިދައްކަނީ.
ވަރަށް މޮޅު މަޖިލީސް ހިގާނެ ހުރިހާމެންބަރުން ފައްސިވިޔަސް
ބޮޑުވަރު
ތާހިރު ވެއްޖެއްނު ބުނިވާހަކަ ވަގުތުޖެހި ވާނެ އެއްޗެއް ވީމާ ފޫކޮޅު ފޮޅާފަ ތެދުވެ ތިބުނަނީ މީހަކު ފައްސިވީމާ މަސައްކަތް ހުއްޓުނީއޭ ކިހާ ހެއްވާ ރައްޔިތުންނޭ މީތޯ ހަމަ ރައްޔިތުން ބޭނުންވާ ގޮތަކީ މިގޮތުގާ ކިހާދުވަހަކުތިބެންތޯ ވިސްނަނީ
ތިކަން ވެސް ދެން އިތުރު 5 އަހަރު ބޭނުން ވީ
ބުހުތާނު ދޮގު. އެކަކު ޕޮޒިޓިވް ވީމަ 5 ދުވަހު މަޑުކުރަނީ. 2000 މީހުންގެ އާބާދީ އޮންނަ ެަށްރަށުގައިވެސް 3 ދުވަސްތެެެޭ އާއްމު ހާލަތުގަ މީހުން އުޅުމަށް ދޫކޮށްލާ.
ސަރުކާރުގެ ނާގާބިލްކަން. ހަމަ އެއްވެސް ކަމެއް ކުރުމުގެ ގާބިލްކަން ނެތް.
ތެދެއް. މިމީހުންނަކީ ކަންނެތް އަމިއްލަ އެދުންނޫންކަމެއް އޮތްބައެއްނޫން. މިހާރު މިވީގޮތަކީ އެނބުރި އެނބުރިފަ އައިސްވެސް މިޖެހެނީ ޔާމީން ސަރުކާރުގެ ލިސްޓަށް. އެކަމަކު އެއަށް ހިނގަޢްޖެނަމަ އަނެއްކާވެސް މި ސަރުކާރުގެ ދޮގުވެރިކަން ހާމަވެގެންދާނީ. ލިސްޓް ނެރެވޭކަށްވެސްނެތް. ނުނެރިވާކަށްވެސްނެތް. ހަމަ މަލިކު ލަވައަށް މިދަނީ.
ތިލިސްޓުވެސް ބުނިފުވަހަށް ނެރުނީސް ރައަިސް ތާމީންގެ ވެރިކަމެއްގަނަމަ.
މިސަރުކާރަށް ކުރެވޭނެ ހަމައެކަނިކަމަކީ އިންޑިޔާގެ އަޅުވެތިކަމަށް މިގައުމު ގެންދިއުން.
ލިސްޓުނެރެވޭނީ ކަންކަން ކުރެވޭވަރުގެ ސަރުކާރެއް އޮްތްނަމަނު!
ސަރުކަރަށް ލިބޭހާ ފައިސާ ކައިހުސްކުރެވުނީމަ މިސަރުކާރަށް އެދެން ކަންކަން ކުރެވުނީ.
ލިސްޓު ނެރެވޭނީ އެކަންވެސް ކުރެވޭވަރުގެ ގާބިލް މީހަކު ސަރުކާރުގައި ހުރިނަމަނު.
ދުވަހަކުވެސް ބުނާގޮތަށް މިސަރުކާރަކަށް ކަމެއް ނުކުރެވޭނެ.
ދައްޖާލުބައިގައިގެ މީހުންނޭ ސަރުކާރުގައިތިބީ. ދޮގުހެދުން މަޖުބޫރުވާނެ.
އިންޑިޔާ ސަރުކާރުން ހުއްދަނުލިބޭތީ ލިސްޓުނުނެރެވުނީކަމަށްވާނީ.
ތިތިބީ ގަޔަށް ރެވިފަ. ކުތީ ސަރުކާރުގެ ސަބަބުންނޭ ދެންބުނޭ. ފުޅިމަދުބއިނގުރި ބަހެއްނު އެއީ
ބަހަނާ ދެއްކުން ކަމަކީ. ރައީސް ޔާމީންގެ ސަރުކާރެއްއޮތްނަމަ ތިޔަ ފްލެޓްތަކުގަ މިހާރު މީހުން ދިރިވެސް އުޅޭނެ.
ޔާމީން އަށްނޫނީ ގައުމާ ރައްޔިތުންނަށް ކަމެއްކޮށްނުދެވޭނެކަން ތިކަމުންވެސް އެނގިގެން ދަނީ.
އަސްލަމުގެ ބަދަލުގައި މުއިއްޒު ތިމިނިސްޓްރީއަށްލާބަލަ. ކަންކަން ކޮށްފަ ދައްކާލާނެ އޭރަށް.
ކުރީ ސަރުކާރުވަރެއްނުވާނެ. އެއޮއްބޮޑު ބުރިޖުވެސް ބުނިދުވަހަށްވުރެ ކުރިން ހަދާ ނިންމާލި. ރައްޔިތުންނަށް ކަމެއްކޮށްދިނިމުގެނބޭނުމެއް އޮތްނަމަ ތިލިސްޓުނެރެ ފްލެޓްވެސް ދީފަ މިހާރުބއޮންނާނީ. އެކަމަކު މިގައުމުގައި މިހާރު މިއޮތް ބާޣީބސަރުކާރަކީ ރައްޔިތުންނަށް ކަމެއް ކޮށްދޭނެ ބައެއްނޫންކަން މިކަމުންވެސް މި އެނގުނީ.
ބަހަނާ ދެއްކުންނޫން ކަމެއްނެތް. މިސަރުކާރަކީ ނާގާބިލް ސަރުކާރެއް. ރައްޔިތުން ނުކުމެސަ ރުކާރު ވައްޓާލަންވެއްޖެ
ކަމެއްވާނެބަޔަކު ބަހަނާއެއްނުދައްކާނެ. ސަރުކާރުގެ އޮފީހެއްނެތް އެތަނުގައި މުވައްޒަފަކު ޕޮޒިޓިވް ނުވާ. މަޖްލިސް ބަލާބަލަ ކިތައް މުވައްޒަފުން ޕޮޒިޓިވް ވެއްޖެ! އެކަމަކު އެތަނުގެ މަސައްކަތް ހުއްޓާލައިފިތަ؟
ވެރިއަކަށްނކަމުދަނީބރައީސް ޔާމީން. އެވަރުގެ ބެސްޓް ސަރުކާރެއް ދިވެހިން އަދިބނުދެކޭ. މިސަރުކާރު ވައްޓާލާފަ ޕޕމ ވެރިކަމަށް ހަމަ ގެންނަންވީ.
މިސަރުކާރަކީ އޮޅުވާލުމާ މޮޅެތި ޑުރާމާތައް ޖެއްސުމުގެ އެއްވަނަ.
މަލެއިން މީހުންޕޮޒެޓިވު ވާތި ކީވެގެން ދެންމަލޭގަ އެތިބެނީ ބަލަގަ ތީ ރައަިސްޔާމީނުގެތަރައްގީ އެހެންވީމާ ހަޖަމްނުވެގެންއުޅެނީ ފުލެޓުދިނަސް ނުދިނަސް އެމްޑީޕީއަކަ ދޭނެވޯޓެނޮއޮންނާނެ ދެނެއް
ރައީސް އިބޫގެ ސަރުކާރުން ރައްޔިތުންނާއި ގުޅިފައި ހުރި ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ކުރާ ތަނެއް ނުފެނޭ މިއިން ހަމަ ހަގީގަތުގައި ވެސް އެގިގެންދަނީ އެއީ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް އިން އެމްޑީޕީ މެނިފެސްޓޯ އޮޅާލުމަށް ފަހު އެމެން އަމިއްލަ އަށް ފެންނަ ކަންކަމޭ ވެރިކަމުގެ ޅަފަތުގައި އެމެން ކުރީ އެއީ ރާއްޖެތެރޭ ރަށްރަށުގެ ކައުންސިލަރުން ރައީސް އޮފީހަށް ގެނެސްގެން ވަގުތު ބޭކާރުކޮށްލީ އެއިން ރައްޔިތުންނަށް ކުރާ އެއްވެސް ފައިދާ އެއް ނެތޭ ހަގީގަތުގައި މީގައި ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓްގައި ތަޖްރިބާ ނެތް މީހުން ތިބެމެ އަދި އެމެންނަކީ އެއީ ދެކުނަށް ނިސްބަތްވާ މީހުންނަށް ވެފައި އެމެން މާލެ ސަރަހައްދުގެ ތަރައްގީ އަށް ހަސަދަ ވެރިވުމުގެ ނަތީޖާ މިފެނިގެން ދަނީ ތަމެން މަރުފަލި ޖެހިނަމަވެސް އައްޑޫ ހުޅުދޫ ގައި އާބާދުވާން ދިވެހިން ނުދާނެ ކަން އެއީ ޔަގީންވެ ކަށަވަރުވާ ކަމެކޭ ކަން މިހެން ހުރުމުން މިހާރުން މިހާރަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އެމަގާމުން އިސްތިއުފާ ދޭން ޖެހޭނެ ކަމަށޭ މަމެން މިދެކެނި ތަމެން ހަމަ މިހާރުން މިހާރަށް އިސްތިއުފާ ދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ
ފްލެޓް ކޮމެޓީ ވަނީ މިކަމުގައި ލާރޖް ކޮށް ފެއިލް ވެފައޭ ތަމެން ހަމަަ މިހާރުން މިހާރަށް އިސްތިއުފާ ދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ
ޙެހެހެހެހެހ... ފުލެޓް ލިސްޓަށް އޮތީ ކޮވިޑް ޖެހިފަ.. ފަރުވާދެމުންދަނީ ވެންޓިލޭޓަރުގަ.. ދެންކިހެނެއް ފުލެޓްދޭނީ.. އ ހުދުފުއްޖަހާ...
ފްލެޓް ލިބޭ ލިސްޓް ލަސްވީ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެ މަސައްކަތް ހުއްޓުމުން އެއީ ބަހަނާ އަކަށް ހަދާ ފްލެޓްސް ލިބޭ މީހުންގެ ލިސްޓް އަލުން މިސަރުކާރުން އިއުލާން ކުރާ ގޮތަށް ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް އިން ހަމަ ޖެއްސުން އެއީ ރާއްޖެތެރޭ ހޮޅު އަށި ތަކުގައި ތިބެގެން އަތުން ފައިން މަސައްކަތެއް ނުކުރާ މީހުން ދައްކާ އެއް ހިއްސު މަދުވާހަކަ ތަކޭ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް އިން ދައްކައިގެން ފްލެޓްސް ލިބުނު މީހުންގެ ލިސްޓް އަލުން ނެރެން ޖެހުނީ އެއީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫނޭ...
ކުރީ ސަރުކާރުގެ 5 އަހަރު ދުވަހު ކޮށްފައިވާ ކައިވެނި ސެރޓިފިކެޓްސް ތައް ނުޖެހޭ ބާތިލް ކުރަން އަދި ކުރީ ސަރުކާރުގައި ވިހޭ ކުދިން އެއީ ނުވިހާ ކުދިންނަށް ހަދާ މިސަރުކާރުގައި ވިހޭ ކުދިންނަށް ބަދަލުކޮށް އަލުން އެކުދިންގެ އުފަން ދުވަހުގެ ސެރޓިފިކެޓް ހަދަން ނުޖެހޭ ދެން ކިއެއްވެތޭ ކުރީ ސަރުކާރުން ފްލެޓްސް ތައް ލިބޭނެ ކަމަށް ސަރުކާރުގެ ގާނޫނީ ގެޒެޓް ގައި ޝާއިއުކޮށްފައިވާ ލިސްޓް ހަމަ އެލިސްޓް މިސަރުކާރުން ވެސް ޝާއިއު ކޮށްފައި އޮތްވާ އާލިސްޓެއް ނެެރެން ޖެހެނީ އެއީ ގާނޫނާއި ޚިލާފު ކަމެއް މިސަރުކާރުން ކުރަން ތިޔާ އުޅެނީ އެކަން ނުކުރެވޭނެއޭ ފްލެޓް ކޮމެޓީ އަށް އެއީ ކަނޑައެޅިގެން ގާނޫނު ތަކާއި ޚިލާފަށް މިސަރުކާރުން ބަޔަކަށް ކުރީ ސަރުކާރުން ދީފައިވާ ގޯތި ގެދޮރު ފޭރިގަންނަނީއޭ އެވާނީ ފޭރުމަށޭ...
ތި ފްލެޓްތައްބަހައްޓާފަ އަލުން ފްލެޓް އަޅާފަ ތިބޭފުޅުން ބޭނުންވާ ބަޔަކަށް ދޭންވީ ނުން
ކޮވިޑް އާއއ އި ގުޅިގެންނޭ ކިޔާ ރަ އްޔިތުންގެ އަސާސީ ހިދުމަތެ އް ހު އްޓާލަނީތަ ،
ކީ އްވާނީ ކޮވިޑް އާ އި ގުޅިގެން ފެނާ އި ކަރަންޓް ފްރީކޮށްލުން
މަޖްލިސްވެސް އުވާލަންފެނޭ ، ކޮވިޑްޢާ އި ގުޅިގެން
ކޮބާހޭ h15؟
ކޮބާހޭ h15؟
ކޮބާހޭ h15؟
މީ ބޮޑު ކަމެ އް، ލިސްޓް ނެރެންބުނީ ޖުލަ އިމަހު ފަހުކޮޅު، މުވަ އްޒަފު ޕޮޒިޓިވްވީ ޖުލަ އި 28ގަ، އެހެންވީ އިރު 28ވަނަ ދުވަހާ ހަމަ އަށް ނިމިފަ ހުންނަންޖެހޭނީ، 28 އެ އީ މަހުގެ ފަހުކޮޅު، ބޭކާރު އަނގަ ނުތަޅާ، ހަމަ މަކަރާހީލަތް، ކޮވިޑަކީ ތިމާމެންނަށް ކަންކަން ނުވީމާ އެކަމުން ރެކެން އޮތް އަށްޑަނަ އެ އްނޫން. މީހަމަ ރަ އްޔިތުންނަށް އަނިޔާވެރި ސަރުކާރެ އް.
ރައީސްމީހާ ފައްސިވެއްޖިއްޔާ ސަރުކާރު ބަދަލުވާނެބާ!!
ހޫނ ދެން ތިހެންކިޔާ.
މިހާރު ޓީޗަރުން އަހަރެމެންގެ ދަރިންނަށް ކިޔަވައިދެނީ އޮންލައިންކޮށް ކީއްވެ ސަރުކާރު ބައެއްމުއައްޒަފުންނަށް ޒިންމާ ނޫފުލެންވީ ފުލެޓު އިބިލީހުގެ ކައިވެންޏަށްވަނެ
އެޗް 9 ކޮބާހޭ، އެޗް 9 ކޮބާހޭ، އެޗް 9 ކޮބާހޭ ، ހާލަތު ބަލާފަ ދިޔަފަހުން ޚަބަރެއްނުވޭ،