ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސް އަހުމަދު ސުލައިމާން މަގާމުން ވަކިކޮށްފިއެވެ.
ރައީސް އޮފީހުން އެންއައިސީ އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސަށް ލަފާދެއްވާފައިވާތީ އޭނާ ވަކިކުރަން ނިންމާފައިވާ ކަމަށެވެ. މި ލަފާ ރައްޔިތުންގެ މަޖިލީހުން އެރުވީ މިދިޔަ މަހުގެ 21ވަނަ ދުވަހުއެވެ.
ސުލައިމާންގެ އިތުރުން އެ ކޮމިޝަނުގެ އިތުރު ތިން މެންބަރަކު މަގާމުން ވަކި ކުރެއްވުމަށް ރައީސް ސޯލިހަށް މަޖިލީހުން ވަނީ ލަފާ އަރުވާފައެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން އެ ލަފާ ރައީސަށް އެރުވީ މިދިޔަ މަހުގެ 8ވަނަ ދުވަހުއެވެ.
އެންއައިސީގެ މެމްބަރުންގެ މައްސަލަތަކެއް އެ ކޮމިޓީން ބަލަން ފެށީ މީގެ ދުވަސްތަކެއް ކުރިންނެވެ. އަދި އެ މައްސަލަތައް ބެލުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ތެރެއިން ސަބް ކޮމިޓީއެއް ނެގިއެވެ. އަދި ކޮމިޝަންގެ ބައެއް މެމްބަރުން ހާޒިރުވެސް ކުރިއެވެ. އެ ސަބް ކޮމިޓީން މައިގަނޑު ގޮތެއްގައި ދިރާސާ ކުރީ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި ފުލުހުންނާ މެދު ކޮމިޝަނުން އަމަލު ކުރި ގޮތެވެ.
ސަބް ކޮމިޓީގެ މަސައްކަތް ނިންމައި އެކުލަވާލި ރިޕޯޓުގައިވާ ގޮތުން އެންއައިސީގެ ހަތަރު މެންބަރަކު އެކަށީގެންވާ ގޮތަކަށް މަގާމުގެ މަސްއޫލިއްޔަތު އަދައެއް ނުކުރެއެވެ. އެއީ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނާއި ކޮމިޝަންގެ ނައިބު ރައީސް ހައްސާން ހަމީދު އާއި، މެންބަރު އަހުމަދު އަމީން އާއި، މެންބަރު ހަދީޖާ އަބްދުﷲއެވެ.
އެ ކޮމިޝަންގައި ދެން ހިމެނިވަޑައިގަންނަވަނީ އަހުމަދު ޖިހާދެވެ. އޭނާއަކީ މި ސަރުކާރު ވެރިކަމަށް އައި ފަހުން ކޮމިޝަންގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންނެވި ބޭފުޅެކެވެ.
މިގޮތަށް ނިންމުމާއި ގުޅިގެން އެ ކޮމިޝަނުގެ ނާއިބު ރައީސް ހައްސާން ހަމީދާއި އެންއައިސީގެ މެންބަރު ހަދީޖާ އަބްދުﷲގެ އިތުރުން ކޮމިޝަންގެ މެންބަރު އަހުމަދު އަމީންނެވެ. މި ތިން ބޭފުޅުން ވަނީ އިސްތިއުފާ ދެއްވާފައެވެ.
އެހެންވީމަ ސަރުކާރު ހިންގަނި ނަޝީދު އާއި އޭނަގެ ޕަޕެޓު މަޖުލިސްތާ.
ހުރިހާ އެންމެން މަގާމުން އަމިއްލައަށް ނިކުމެ މިނާގާބިލް ސަރުކާރުގެ މިތިބަ ނުލަފާމީހުން އެކަނިކޮށް ޕީޕީއެމް ޕީއެންސީ އާއި ގުޅި ނިކަން ވަރުގދައަށް ޖައްސާ މިސަރުކާރަށް އެބަކެހޭ މިސަރުކާރުގެ އަނިޔާވެރިކަމާއި ކުރާ ވައްކަންތައް ހާމަކުރަން!! ތަޢުލީމީ ގާބިލް ޒުވާނުން އެންމެ އެކައްޗެއް ކިޔާ މިގައުމު ސަލާމަތުގެ އައްސޭރިއަށް އަލުން ގެންދިއުމަށްޓަކައި ޕީޕީއެމާއި ގުޅި ރައިސް ޔަމީން އަލުން ވެރިކަމަށް ގެންނަން މަސައްކަތްކުރަންޖެހޭ!! މިހާރު މިއޮތީ މިސަރުކާރު ބޮޑުތަނުން ފޭލްވެފަ!! 3.5 ބިލިއަން ރުފިޔާ ދައުލަތުގެ ޚަޒާނާއިން ބަދަލުގެ ގޮތުގައި ރައްޓެހިންނަށް ބަހާ ހުސްކޮށްފި!! އެއް ބިލިއަން ރުފިޔާ ކޮވިޑްގެ ކަންތައްތަކުގެ ތެރެއިން ކައި ހުސްކޮށްފި!! ވެންޓިލޭޓަރު ގަންނަންވެގެން 38 މިލިއަން ރުފިޔާ ކުންފުންޏަކަށްދީ އެވެސް ކާލައިފި!! އިގްތިސޯދު ފުނޑާލައިފި!! ވަޒީފާއިން މީހުން ވަކިކުރަނީ ބިރު ދައްކަމުން އެއްވެސް ސުމާރެއްނެތި! އިންފްލޭޝަން މަތިވެ ޑޮލަރުގެ އަގު 18 ރުފިޔާއަށް މައްޗަށް ގޮސްފި!! 4.5 ބިލިއަން ރުފިޔާ ޗާޕުކޮށް ނެރެފި!! މިކަހަލަ ޙާލަތެއްގައި ގައުމު މިއޮތީ!! މިސަރުކާރާއެކު ގައުމަށް ހެޔޮއެދޭ ބަޔަކު ތިބެންޖެހޭ އެއްވެސް ސަބަބެއް އެބައޮތްތޯ!! މިސަރުކާރާމެދު އެއްވެސް އުންމީދެއް ނެތް!! އަވަހަށް ސަރުކާރުގެ މަގާމުތަކުން އިސްތިއުފާދީފަ ނިކުމެ ގައުމު ސަލާމަތުގެ އައްސޭރިއަށް ގެނެވެން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ދިވެހި ރައްޔިތުންނާއި ޒުވާނުން ނިކުންނަންވީ ވަގުތު މިއޮތީ ޖެހިފަ!!
ސުލައިމާނު ވަޒީފާއިން ވަކިކުރުމަށް ފަހު އޭނަޔަށް ކުރި ތުހުމަތު ނުވަތަ އޭނަ ކުރި ކަމަށްބުނާ ކުށްތަކަށްވުރެ ބޮޑެތި ކުށުގެ ރެކޯޑު އޮންނަ މީހުން މަގާމްތަކަށް އައްޔަން ކުރުމުން އެކުރި ކަމެއްގެ ބޭނުމަކީ ކޮބާ؟
ދެންއެމްޑީޕީގެ ގަމާރެއް ބަހަޢްޓަންވީނު އޭރުން އެއްކަމެއްނުކުރިޔަސް އެމީހާޔަށް މުސާރަލިބޭނެއްނު .
ކުރިޔަށް އޮތް ދެވޯޓުގައިވެސް އިންޝާއަﷲ އެމްޑީޕީ ރައްޔިތުންގެ ވޯޓުންތަޅާ ބަލިވާނެ!
ޢަޅުގަނޑުގެ ލޮބުވެތި މުދައްރިސް އަށްﷲ ރަހުމަތް ލައްވާ ހެޔޮގޮތް ތައް މެދުވެރި ކުރަށްވާށި އެއީވަރަށް ހެޔޮލަފާ ރަނގަޅު ބޭފުޅެއް ކާމިޔާބީއަށް އެދެން
ޟަޖްލިސް ގައެއް ނުހުންނާނެ ޝޭހު ސުލައިމާނަށް ފާޑުކިޔޭފެންވަރުގެ މީހެއް ގިނައީ އެތާގަ ބޮލުރޮދިންވިއްޔަ ރައްބެއް ރަސޫލެއް ދީނެއްނޭގޭ މީހުން
ތިބޭފުޅާ ގަނެނުލެވުނީތީ އުފާވޭ ގަޓް މީހެއް ޝުކުރިއްޔާ ސާރ
ތީ ހެޔޮލަފާ ދަރިވަރުން ބިނާކުރަން މަސައްކަތްކޮށްދެއްވި އިޚްލާސްތެރި މުދައްރިސެއް ޝުކުރިއްޔާ ސާރ
ތިޔަ ސުލައިމާނަކީ ފުރަތަމަ އިލެކްޝަންސް ހަލާކު ކޮށްފައި އިންޓެގްރިޓީއަށް ގޮސް އެއްކަމެއްވެސް ނިދާފައި ހުރި މީހެއް. މީނާ ވަކިކުރުން މާ ލަސްވެއްޖެ!
ހައްވަ ހާދަ ޖޭވެޔޭ ދޯބަލަގަ ބޮނޑިބަތް ކެއީދޯ ރީދޫހަރުގެއިން