ދިރާގައި އޫރިދޫން ރާއްޖެއަށް އިންޓަނެޓްގެ ހިދުމަތް ދިނުމުގައި ކުޑަކުދިންނާއި އިސްލާމީ މުޖުތަމައާ އެކަށީގެން ނުވާ މަންޒަރު ހުންނަ ވެބްސައިޓްތަކުގެ ހިދުމަތް ދޫކުރަމުންދާ ކަމަށާޢި އެ ކަން މަނާ ކުރަން ޖެހޭ ކަމަށް މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.

މަޖިލިހުގެ ޖަލްސާގައި މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ބިލް އިގްތިސާދީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަަހުސް ކުރައްވަމުން ތޯރިގް ވިދާޅުވީ ވިޔަފާރީގެ ވާދަވެރިކަން އިތުރު ކުރުމާއި ވިޔަފާރިތަކުން ހިދުމަތް ލިބިގަންނަ މީހުންގެ ހައްގުތައް ދިފާއު ކުރުމުގެ ވާހަކަ ދެކެވޭއިރު ރާައްޖޭގެ މުޖުތަމައުގައި ވަރަށް ނުބައި އެހެން އަމަލެއް ހިނގަމުންދާ ކަމަށެވެ.

ތޯރިގް އިޝާރާތް ކުރެއްވީ، އިންޓަނެޓްގެ ހިދުމަތް ދޫކުރާއިރު ރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ވެސް ދޫކުރާ ބައެއް ސައިޓްތަކަށެވެ. އެފަދަ ބައެއް ސައިޓްތަކުން ކުޑަކުދިންނާއި އިސްލާމީ މުޖުތަމައަށްގެ އެކަށީގެންނުވާ އެތައް މަންޒަރެއް ފެންނަ ކަމަށް ވިދާޅުވިއެވެ. ގާނޫނަކުން މިފަދަ ސައިޓްތައް ދޫކުރުން މަނާ ކުރެވެން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ އިސްލާމީ ދައުލަތެއް ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮންނައިރު އިންޓަނެޓް ހިދުމަތުގައި ކުޑަކުދިންނާއި އިސްލާމީ މުޖުތަމައު ބަލަން ހެޔޮ ނުވާ ވަރުގެ އެކަށީގެން ނުވާ އެތައް މަންޒަރާއި ފޮޓޯއާއެކު އެ ހިދުމަތް ދޫކުރާ ދޫކުރުމަކީ މި ގާނޫނުގެ ތެރެއިން މަނާ ކުރެވެން ޖެހޭނެ ކަމެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ތޯރިގް ވިދާޅުވިއެވެ.

މީގެ އިތުރުން ދިރާގާއި އުރީދޫ ކުންފުނިން ނަގާ ފައިދާ އާއި އިންޓަނެޓްގެ ހިދުމަތަށް ނަގަމުންދާ އަގަކީ ވެސް ބެލެންސް ކުރެވެން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ހާލަތުގައި ގޭގައި ބަންދުވެގެން ތިބި ދުވަސްވަރު ވެސް އިންޓަނެޓްގެ އަގު އެކަށީގެންވާ ވަރަށް ތިރިކޮށްފައި ނުވާ ކަމަށް ވިދާޅުވެ އެ ދެ ކުންފުންޏަށް ތޯރިގް ފާޑު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ޟުނހގހ

    ސަރުކާރަށް ލިބޭ ފައިސާ މަދުވާނެ

    41
    2
  2. ފުއާދު

    ސައިޓް ތައް މަނާ ކުރެވުނީމަ ނިމުނީ ދޯ...ދެން ވަރިހަމަ ދޯ ވެރިން އަންހެކުދިން ނައްޖިންސީ ގޯނާ ކުރިޔސް

    36
    9
  3. ނަޖީބު އައްބާސް

    މެއްބަރަކު ދެއްކި ރަނގަޅުވާތަކެއް ކަމުގަދެކެން! މީގެކުރިން ބޭރުންގެންނަ ފިމުތައް ސެންސަރުކުރާއިރޭ! އޭގެމާނަޔަކީ ގޭސިޓިންރޫމުގަ ހުންނަ ފިލުމު ސޯކޭހުގަ ހުންނާނީ ބަލަން އެކަށީގެން ނޫވާ މަންޒަރުނެއް ފިލުމޭ! އެކަމަކު މިހާރު ބަރަހާމައްޒަރު ހުންނަ އެތައް ހާސްފިލުމެއް ހުންނަނީ ސޯކޭހަކުނޫން ! ނެޓުފުލެކުގަ ހުންނަ ފިލުމު ސެންރު ކުރާނީ ކިހެނެއް! ބޭނުންހަކައް ބަރަހަނާ ފިލުމު ބެލޭގޮތައް ނެޓު ދޫކުރުމަކީ ހަމަ ހަށިވިއްކައިގެން ފައިސާ ހޯދުމާ ތަފާތު ކަމެއްނޫން

    50
    6
  4. ޖުމުހޫރީ މައިދާނުން

    ވ ރަނގަޅު ވާހަކައެއް

    46
    3
  5. ކާނިވާއިން

    ކުންފުނިތައް ބެނުންނުވިޔަސް މިކަން ( ބަރަހަނާ ސައިޓްތައް ) ބަންދު ކުރަންޖެހޭ. އިންޓރަނެޓް ކޮންޓްރޯލް ކުރަންޖެހޭ.

    50
    3
  6. އަންނި

    ތިޔައީ މިގައުމުގަ ނުވާނެ ކަމެއް ، މަ މިހުރީ މިގައުމު ހަލާކު ކުރަން.

    10
    23
  7. ފައިސަލް

    މެމްބަރު ޠާރިޤް އިސްލާމްދީނާއި ދިވެހި އިސްލާމީ އަޅުތަކުންގެ ޙައްްޤުޤުގައި ތިޔަ ވިދާޅުވި ބަސްފުޅަށް ހަމަ ފަށްފަށުން ޝުކުރު ދަންނަވައި ސާބަސް އަރުވަމެވެ. މިފަދަ އަމިއްލަ އެދުމާއި މާއްދިޔަތަށް ގޮސް ގޮސް ހުސްވެފައިވާ ދުވަސްވަރެއްގައި ކޮންމެ ގިނަ މީހުން އުޅެނީ އާޚިރަތަށްވުރެ ދުނިޔޭގެ އުފަލަށް އެދުންވެރިވެގެންނެވެ. ބަރަހަނާ ސައިޓުތައް ބަންދުކުރުމުގެ ވިސްނުން މީގެ ކުރިންވެސް ބައެއް އިސްބޭފުޅުން ގެންގުޅެ އެވާހަކަ ދެއްކުމުން ދިނިޔޭގެ ވަގިތީ އުފަލެއް ހެއްލުންތެރި ބައެއް މީހުން އެކަމާ ދެކޮޅެއް ތެދުވެ އެކަން ކުރުމަށް ހުރަސް އެޅިކަން މިއީ ފާޙިޝްކަންކަމަށް ހިތްވަރުދޭ ބަޔަކު ރާއްޖޭގައި ތިބިކަން އަންގައިދޭ ހެއްކެކެވެ. އެހެންކަމުން ޠާރިޤުގެ ތިޔަ ވިސްނުންފުޅައިގެން ކުރިއަށް ވަޑައިގެންގަންނަވާނެކަމަށް އުއްމީދުކުރަމެވެ. އަދި މާތްﷲ ޙައްޤަށް (އާޚިރުގައި) ނަޞްރު ދެއްވާނެއެވެ. ސަރުކާރުންވެސް މިކަމަށް އެއްބާރުލެއްވުން ދެއްވާނެކަމަށް އުއްމީދު ކުރަމެވެ.

    50
    2
  8. ސަޕޯޓުކުރަން

    ކުޑަކުދިންނާ އަންހެނުންނަށް ޖިންސީގޯނާ ކުރުންއިތުރުވަނީ ބަރަހަނާ ސައިޓުތަކަށް ފސޭހައިންވަދެވޭތީ

    15
  9. Anonymous

    ބަރަހަނާ ސައިޓްތައް މަނާ ކޮއްލާ އިރަށް ނެޓް އަގު ބޮޑެކޭ ނުކިޔާނެ މިހާރުވެސް މައްސަލައަކީ ބަރަހަނާ ވީޑިއޯ ލޯޑުވާލެ ލަސްވުން

    10
    2
  10. ޖާބިރު

    އެސައިޓުތަކަށް ވަނުން ހުއްޓުވަން ތިބޭ މީހުންވެސް ތިބެނީ އެކަމަށް ދެވި ހިފާފަ . 2013 އިން ފެށިގެން މިއޮތީ ޒުވާނުންގެ ރާއްޖެ ފެށިފަ. ޒުވާނުން ވޯޓު ނުދީފާނެތީ ޔާމިނަށްވެސް ނުކެރުން މިކަން ހުއްޓުވާކަށް

    9
    2
  11. އަލީ

    އުރީދޫ އަދި ދިރާގައް ގެއްލުންވާނެ... ކޮބާ ފޮނިކަނޑާފަ އުޅުނު ވަރުގަދަ ކޮމިއުނިކޭޝަން މިނިސްޓަރު ދުވަސްކޮޅަކު ވަރައް ބާސާކެނޑި

    19
    2
  12. Anonymous

    ތޯރިގު އެކަހަލައެއްޗި ނުބަލަންތަ

    14
    17
    • މީކާކު

      ތޯރިގު ވަރަތް ސޯލިހުވާނެ، އަބަދު ވުޟޫ މަތީ ހުއްނަ ކުއްޖެއް

      5
      2
    • ޢަލީ

      ހުރިހާ އެންމެންނަކީ ނުބައި މީހުނެއް ނޫން. ނަފުސު ކޮންޓްރލް ނުވާމީހުނެއް ނޫން. އަޅުގަނޑުމެން އިންޓރނެޓް ބޭނުންކުރާއިރު ބައެއްފަހަރަށް އެކަހަލަ ލިންކުތައް ލިބޭ. ބައެއް އެއްޗެހި ޑައުންލޯޑު ކުރާއިރުވެސް ނޭދޭ މަންޒަރުފެނޭ. އެކަމަކު އެއެއް ނުބަލަން. ޠާރިޤްވެސް އެހެން ހަދާނެކަމަށް ޤަބޫލުކުރަން. މިގޮތަށްވކިތައްމެ މީހަކުވެސް ކަންކުރޭ.

      2
      1
  13. ކާކު

    ލަސްވެއްޖެކަމެއް

    24
    4
  14. ޙހހހ

    ވަރަަށް ފުރިހަމަ ހިޔާލެއް ، މަޖްލިސްއިން އިސްނަގާގެން މިފަދަކަންކަމަށް ޤާނޫނު ހަދަންވީ ، މުޖްތަމައު އިސްލާހް ނުވެ ރަނގަޅު ޖީލެއް ނުނެރެވޭނެ ، މިއަދު މީހަކު ރަނގަޅު އެއްޗެއް ބުނިއްޔާ އެއްބަޔަކު އެކަމަށް ތާއީދު ކުރާއިރު ، އަނެއްބަޔަކު އެކަމަށް ހަޖޫޖަހާ އެވާހަކަ ދެއްކި މީހަކު ފަޟީހަތްކުރުން ނޫންކަމެއް ނުކުރޭ

    8
    2
  15. ރަންނަ

    ވެރިކަމިގަ ތިބިއިރު ނުދެއްކުނު ވާހަކައެއް މިހާރު ދެއްކުމުގެ ބޭނުމެއްނެތް. މަޖިލީހުގަ ކުރާނެ މަސައްކަތެއް ނެތިގެން މަސައްކަތް ހުއްޓާލާފަ އެތައް ދުވަހެއްދޭ. ކީއްވެތޯ އެދުވަހު ނުކުރީ؟؟

    4
    4
  16. ވަރުދީ

    އަލަށް މީހަކުދެއްކި ވާހަކައެއް ނޫން..

    ފެށުނީންސުރެން މިކިޔަނީ އެއްވާހަކައެއް ... އެއްވެސް ހައްލެތް ނައި ކިޔާ ކިޔާ އަނގައިގަ ލޭރަހަ ލައްޖެ.

    އެއްވެސް ވެރިކަމަކު މިކަމަކުން ކުރިއެއް ނުލިބުނު.

    12
    2
  17. ވަރުދީސަލާ

    އަލަށް މީހަކުދެއްކި ވާހަކައެއް ނޫން..

    ފެށުނީންސުރެން މިކިޔަނީ އެއްވާހަކައެއް ... އެއްވެސް ހައްލެތް ނައި ކިޔާ ކިޔާ އަނގައިގަ ލޭރަހަ ލައްޖެ.

    އެއްވެސް ވެރިކަމަކު މިކަމަކުން ކުރިއެއް ނުލިބުނު. މިކަމާހުރެ... ވޯޓުވެސް ދޭހިތެއްނެތް.

    9
    1
  18. ޒޫނާ

    ހޯމް މިނިސްޓަރ އަކަށް ހުރީ ދީނީ ޢިލްމު ވެރިޔެއް. ޝެއިހެއް، ކީއްވެ މިކަން ނުވެގެން އުޅެނީ...

    6
    1
  19. ﷲއަށްބިރުވެތިވޭއަނިޔާވެރިންނާދުރައްދޭ

    އަލްހަމްދުލިﷲއަވަސް ކުރޭ ހުއްޓުއްވާ

  20. އަރީ

    ކަލޯ ވަގުތުގިނަވެގެންތަ ތިޔަ އުޅެނީ ނުވާނެ ކަންކަމުގެ ވާހަކަ ދައްކަން؟ ވާހަކަ ރަނގަޅަސް ތިކަމެއް މިގަރުނަކު ނުވާނެ ރާއްޖޭގަ ދިވެހިން އެކަނޏެއްނޫން އުޅެނީ. ރިސޯޓްގަ ރަލާ އޫރުމަސް މަނާކުރެވޭނެނަމަ ތިކަންވެސް ވެދާދެ . މިބުނި ދެކަން ތިކަމަށްވުރެ ކުރީގަ އުޅެނީ.