ރާއްޖެއާ ލަންކާ އަކީ ގާތް އެކުވެރި ދެ ގައުމު ކަމަށް ލަންކާގެ ޔޫތު މިނިސްޓަރު ނަމަލް ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

ނަމަލް މިފަދައިން ވިދާޅުވީ ލަންކާގައި ހުންނަ ދިވެހި އެމްބެސެޑަރު އުމަރު ރައްޒާގާއި އެކުގައި ބޭއްވި ބައްދަލުވުމަށްފަހު ދިވެހި ބަހުން ކުރެއްވި ޓްވީޓެއްގައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ދިވެހި ބަހުން ނަމަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާގައި ހުންނަ ދިވެހި އެމްބެސެޑަރު އުމަރު ރައްޒާގާއި އެކު ބައްދަލުކޮށް ދެގައުމުގެ ގުޅުމާއި ކުޅިވަރާއި ޒުވާނުންގެ ރޮނގުން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާ ކުރެވުމަކީ ލިބުނު އުފަލެއް ކަމަށެވެ.

"ރާއްޖެ އަދި ލަންކާއަކީ ގާތް އެކުވެރި ދެގައުމު" ނަމަލް ވިދާޅުވިއެވެ.

ނަމާލް ލަންކާގެ ޔޫތު މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވުމުން ރާއްޖޭގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ވެސް ވަނީ ނަމާލް އަށް މަރުހަބާ ދަންނަވާ ސަރަހައްދުގެ ކުޅިވަރުގެ ކަންކަން ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވެފައެވެ. އަދި ނަމާލް ވެސް ވަނީ މިނިސްޓަރު މަހްލޫފާއެކު ސަރަހައްދީ ކުޅިވަރުގެ ކަންކަން ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ނަމަލް ރާޖަޕަކްސް އަކީ ލަންކާގެ މިހާރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ދަރިކަލުންނެވެ. އަދި ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ އަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސަރޭ

    ނަމާލް އަކީ މޭން އެކޭ

    12
  2. އަހްމަދު

    ޢުމަރާ ތިގޯސްވީ ބަލައެއީ ސްޕޯރޓްސް މިނިސްޓަރޭ އޭނަޔާ ބައްދަލްކުރަންޖެހޭނީ އަހަރުމެންގެ ޒުވާން މިނިސްޓަރޭ އޭރުންތާ އެއަގުބޮޑު ގަމީސް ވެސްދައްކާލެވޭނީ ކޮންމެކަމެއް ތިގޮތައްނުކޮށްބަލަ

  3. Anonymous

    މި ދެމީހުންނަ ކީވެސް ލަން ކާދޯ، ވަރަށް އެއްވައްތަރު.

  4. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    ނާމަލް އަކީ ރާއްޖެ އަށް ވަރަށް ހެޔޮއެދޭ ބޭފުޅެއް. ރާޖަޕަކްސަގެ މުޅި ޢާއިލާ ވެސް. ނަމަލް އެއް ނޫން އިނގޭތޯ. ނާމަލް. ސިލޯނު ބަހުން ނާމަލް އަކީ ސިލޯނު މީހުން "މާތް" ކަމަށް ދެކޭ ހުދު ކުލައިގެ މަލަކަށް ވެސް ނިސްބަތްވާ ނަމެއް.

  5. ތާކިހާ

    ހިބަރުވަދު ސާހިދު ؟ ކޮބާ ކަލޯޔަށްވުރެ މާ މޮޅެއްނު ބޭރު ބަސްތަކަށް ނަމާޅު. ކޮބާ ޗައިނާ ސަފީރު. ތަޢުރީފްކޮށްލާ. ހިބަރޭވެސް ހިމަނައިގެން