ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ ސަން ޓްރެވަލްސް ކުންފުނީގެ ބޭންކް އެކައުންޓްތައް ފްރީޒްކުރަން ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

ސިވިލް ކޯޓުން މި އަމުރު ނެރުނީ މިދިޔަ އާދީއްތަ ދުވަހު އެވެ.

އެ ކޯޓުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ފޮނުވި އަމުރުގައި ވިދާޅުވެފައި ވަނީ، އެ ކުންފުނީގެ އެކައުންޓްތައް ފްރީޒް ކުރުމަށާއި އަދި އެކައުންޓްތަކުގެ ތަފްސީލުތައް ސިވިލް ކޯޓަށް ފޮނުވުމަށެވެ.

ސިވިލް ކޯޓުން މައުލޫމާތު ދިން ގޮތުގައި އެ އަމުރަކީ، ސަން ޓްރެވަލްސްއާ ދެކޮޅަށް ހިލްޓަން އިންޓަނޭޝަނަލް ކުންފުނިިން ހުށަހަޅާފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓުން ނެރެފައިވާ އަމުރެއް ކަމަށެވެ.

އެ މައްސަލައަކީ، ނ. އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން ސަން ޓްރެވަލްސް އިން ބާތިލްކުރި މައްސަލާގައި ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރު އާބިޓްރޭޝަނުން ނެރެފައިވާ އަމުރާ އެއްގޮތަށް ސަން ޓްރެވަލްސް އިން ފައިސާ ނުދައްކާތީ މީގެ ކުރިން ރާއްޖޭގެ ކޯޓުތަކަށް ހިލްޓަން އިން ހުށަހަޅާފައިވާ މައްސަލައެވެ.

އެކަމަކު، ސިންގަޕޫރު އާބިޓްރޭޝަން އިން ހުކުމް ކުރި ފަހުން ސިވިލް ކޯޓުން އަމުރެއް ކޮށްފައި ވަނީ ހިލްޓަން އިން ސަން ޓްރެވެލްސްއަށް 16 މިލިއަން ޑޮލަރުގެ ބަދަލެއް ދިނުމަށެވެ. ދާދި ފަހަކުން ސިވިލް ކޯޓުގެ އެ ހުކުމް ހައި ކޯޓުން ބާތިލްކޮށް ސިވިލް ކޯޓަށް މައްސަލަ އަނބުރާ ފޮނުވާލިއެވެ. އެ އެއްބަސްވުން ބާތިލް ކުރީ 2013 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އައްޑޫ މީހާ

    ކެނެރީގޭ ނަޝީދުގެ އެކައުންޓުވެސް ފްރީޒް ކުރަންޖެހޭ އެ އެކައުންޓުގައިވެސް ނުހަމަ ގޮތުގައި ހޯދާފައިވާ ފައިސާ އެބަހުރި

    84
    8
    • ޣާލާ

      ތިބުނީ ޔާމީނުގެ ވާހަކަ ދޯ؟

      8
      51
      • ބާލާ

        ދިވެހި ބަހުން ލިޔެފައި ހުންނަ އެއްޗެހި ކިޔަން ނޭންގުނަސް އާލާމެން ކޮމެންޓް ކުރަންވޭ.

        34
        4
      • Anonymous

        ހިނދުކޮޅެއްގަ ދެއްތޮ ތިބޭފުޅާ ތިހުންނެވީ، ކެނެރީގޭގައި ޔާމީން ހުންނަވާކަމެއް ނުދެނަހުރިން.

        31
        5
  2. ކިޔުންތެރިޔާ

    ﷲ ގެ އިރާދަފުޅާއި މިންވަރުފުޅުން ވަރަށް ހިތި ގޮތަކަށް ރައީސް ޔާމީނަށް ދޯކާ ދިން ހުރިހާ އެންމެންގެ ކަންތައް ނިމިގެންދާނީ.

    99
    13
  3. އަލީ

    އައްޑޫ މީހާ؛ އެވާ ގޮތަކީ ކެނެރީގެ ނަޝީދު މިވެރިކަން ވައްޓާލަން މަނީ ލޯންޑަރިންގެ ކަންތައް ގަނޑެއް މިހިންގަނީ ޝިޔާމުޔާ ގުޅިގެން. ޝިޔާމް ކޮންޕަނީ އެކައުންޓް ތަކަށްް މިއެއް ޖަމާކޮށްގެން ބެސްޓް ފްރެންޑް ދެފައި ތުރުތުރު އަޅާތީ އެބަޖެހޭތާ އެއެއްވެސް ބަލަން

    46
    4
  4. އިފަ

    ޔާމީނަށްއެމްމެ ބޮޑައް އެހީވިކަމަށް ަަަަަަަަަަަަަަަަ ހައްޕުނޑުން ގަބޫލުކުރި ސިޔާމު އެއޮތީ ކޮރަޕްސަނުގާ އޮޅާލެވިފަ

    38
    2
  5. ހުސޭނުބޭ

    މިލްކިއްޔާތުގައި 100 މިލިއަން. އަހަރު ދުވަހު އާންމުދަނީއަކީ 11 މިލިއަން. މާލީ ބަޔާން ހުށައަޅާފި. ބުއްޅަބޭ ހިތްހަމަނުޖެހުނީ ކޮން ކަމަކާތަ؟

    26
    2
  6. ތާކިހާ

    ސިޔާމޫ ! ކޮބާ ރައީސްޔާމީނަށް ޢައްދާރުވީ މާމޮޅުގޮތެއްހޯއްދަވަން ދެއްތޯ. އިބްރަތްހުރި

    30
    2
  7. މޮހޮނު

    ލަންކާ، ދުބާއީގެ ވެސް އެތަކެއް ސަޕްލަޔަރުންނަކަށް ފައިސާ ނުދައްކާ މިލިޔަނުން ދައްކަން އެބައޮތް

    20
    1
  8. ބަިކޮފީ

    އިންޑިޔާއިން އަންގާގޮތް. ދެން އޭނާ ގެންގިސް އިންޑިޔާގައި ތަހުގީގްކުރޭ. ހަތަރެސްކަން ހަމަވީ

    28