މިއަހަރު އޮންނަ ރިޔާސީ އިންތިހާބަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ނެރޭ ކެންޑިޑޭޓަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ވުން އެއީ އެ ޕާޓީން އެންމެ ބޭނުންވާ ގޮތް ކަަމަށް އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

މ. ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަމީރު ވިދާޅުވީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނެރޭ ކެންޑިޑޭޓަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވުމަކީ އެ ޕާޓީގެ ވަރަށް ބޮޑު އުންމީދެއް ކަމެއް ކަމަށެވެ.

ސަމީރު ވިދާޅުވީ މިވަގުތު އެންމެ ފުރަތަމަ ކަމަކަށް ބަލަނީ ޖަލަށް ލާފައިވާ ސިޔާސީ ލީޑަރުން މިހާރު ތިބި ހާލަތުން އެހެން ހާލަތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކަމަށެވެ.

" އެމްޑީޕީން މަސައްކަތް ކުރައްވާނެ، އެބޭފުޅުންގެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ނެރުމައްޓަކައި. އަޅުގަނޑުމެން މަސައްކަތް ކުރާނެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނެރުމަށްޓަކައި. އެނޫން ޕާޓީތަކުން ވެސް މިގޮތަށް މަސައްކަތް ކޮށްފާނެ،" ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ އުންމީދު ކުރަނީ މިހާތަނަށް ތަޖުރިބާކޮށްފައި ނެތް ބޭފުޅެއް ވެރިކަމަށް އައުން ކަމަށެވެ.

" ރާއްޖޭގެ ހާލަތު ރަނގަޅު ކުރުމަށް އަބަދުވެސް މަސައްކަތްކުރާ އެއް ބޭފުޅަކީ ގާސިމް، މިހާލަތުގައި ގައުމަށް ހައްލެއް ހޯދުމަށް އެންމެ ފަސޭހަވާނެ ބޭފުޅަކީ ގާސިމް" ސަމީރު ވިދާޅުވިއެވެ.

ކަންކަން ހައްލު ކުރުމުގައި އެންމެންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ގާބިލްކަން ގާސިމްގެ ކިބައިގައި އެބަހުރި ކަމަށް ވިދާޅުވެ ސަމީރު ވަނީ ގާނޫނު އަސާސީ އިސްލާހު ކުރުމުގައި އިސްނަންގަވައިގެން މަޖިލީހުގެ ރައީސްގެ މަގާމުގައި އިންނަވައިގެން ގާސިމް ކުރި މަސައްކަތް ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ސަމީރު މިހެން ހާމަކުރައްވާފައިވާ އިރު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ އެޕާޓީތަކުން ނެރޭނީ އެއް ކެނޑިޑޭޓެއް ކަމަށް ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

 1. ގަލޮޅު

  ގައުމަށް ޣައްދާރުވެފައިވާ ނުބައި ލުލަފާ މީހެއް
  ރާއްޖޭގެ ވެރިކަމަށް ވާދަކުރާ މީހުންގެ ލިސްޓް
  ގައި އޮވެގެން ނުވާނެއެވެ އެކަހަލ މީހުން
  އުމުރަށް ޖަލަށްލުމަށް ގޮވާލަމެވެ

 2. އަލަމާ

  ސަމީރުމެން ދައްކާ ކޮންމެ ވާހަކައެއްގައި ގާނޫނު އަސާސީއާއި ގާނޫނުގެ ވާހަކަ ނުދައްކާ އެއްވެސްފަހަރެއްނާދޭ ހާއްސަކޮށް ސަރުކާރަށް އަމާޒުކޮށް ދައްކާވާހަކައިން މިކަން އެނގިގެންދޭ އެކަމަކު ގާސިމް ފަދަ 65އަހަރުނެ މަތީ މީހުންނަށް ވެރިކަމަށް ކުރިމަތިނުކލެވޭނެ ކަން ގާނޫނު އަސާސީގައި އޮންނަ ފޮޅުވަތްތަށް ނުފެންނަނީތޯ ސުވާލު އުފެދޭ އަދި އެގާނޫނު އަސާސީއަށްވުރެން ގާސިމްއާއި ސަމީރުމެން އުހުގަ އުޅެނީތޯވެސް ސުވާލުކުރަން.

 3. ޜަސީދު

  ތިތަޖުރިބާ ކޮއްފާ ހުރިބުރުމާއެއް އެތައް މިލިޔަނެއް މިހާރުވެސް ދައްކަން ޖެހޭ

 4. ޜަސީދު

  ހަތަރެސް ކަން ހަމަވީ

 5. ކާކު

  ގާސިމު ރައީސަކައް ނައިބްރައީސަކައް އުމަރު ނޫނީ ސަމީރު

 6. Anonymous

  ގާސިމު ރައީސަކައް ހޮވި ހުވާކުރާ ދުވަހު އަނބުރާ ނުގަންނާނެތަ

 7. Anonymous

  ގާސިމު ރައީސަކައް ހޮވުނަސް ހުވާ ކުރެވޭ ވަރެއް ނުވާނެ. ދުވާލަކު ހައެއްކަފަހަރު ހުވާކުރަން ގެންދާނެ. ގެންދިޔާއީ އަނބުރާގަތީ .

 8. އިރުފާން

  ގާސިމްއަކީ ދޮގުހަދާ މީހެއް. ޢެއީ ތިމަންނަ ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނުހުންނާނެކަމަށް ބުނުން. މިވަރުން އަހަރެމެންނަށް ފުދޭ. ތިމާއަކީ ސިޔާސީ މީހަކަށްވިޔަސް އަދި މަހުޖަނަކަށް ވިޔަސް ދޮގުހެދުން ހުއްދައެއްނުވާނެ. މިސަރުކާރާ ދެކޮޅަށް، އަދި ކުރީގެ ސަރުކާރުތަކާ ދެކޮޅަށް ދައްކާފައިހުރި ދޮގުވާހަކަ ތަކުން ވަނީ ވަރަށްބޮޑު ފިތުނަވެރިކަމެއް އުފެދިފައި. ވީމާ ގާސިމް އަށް ދެން ލިބެންއޮތް މެޑަލްއަކީ ނިޝާން އިއްޒުއްދީން އެއްނޫނެވެ. އެއީ މުނާފިގް މިލަގަބެވެ.

 9. އަފްޝަން

  މިހާރު ހިނގަމުންމިދާ ސަރުކާރު ވައްޓާލުމަށް އަޑިނޭނގޭވަރަށް ތޮރުފި ތޮރުފުމަށް ވެގެން މިދިޔައީ ދުނިޔޭގެ ފެންވަރުގެ ޖުޑީޝަލް ބަގާވާތްފުޅަކަށް. އޭގެއިން އަރައިގެން އުޅޭ ކުނޑިތަށް ރޭގަވެސް މާލޭ މަގުމަތީގައި ބުރަބުރައިގެންދިޔަ. ވީމާ މިބުރުމާގަނޑުގެ ކޮލިޓީ އެއްވެސް މީހަކު ބަލައެއްނުގަންނާނެ.

 10. Anonymous

  ސަމީރު ކިޔާމީހަކު ވާހަކަ ދައްކާއިރު ހީވަނީ މިގައުމުގަ އެއްމެބޮޑަށް ގާނޫނުއަސާސީ އެގޭމީހަކީ މީނަހެން، މީނަ ގާނޫނުތައް ދަސްކުރަން ކިޔެވި ޔުނިވަރސިޓީއެއް އިގޭނަމަ ހާދަރަގަޅޭ ހިތަށްއަރާ، ގާސިމުގެ ފައްތާހުން ދިރިއުޅުން ބިނާކޮށްގެންއުޅޭމީހުން މިކަހަލަ ސްޓެންޓްތަށް ޖައްސައިގެން ގާސިމު މޮޔަހައްދައިގެންއުޅޭ ބައިގަނޑުގެ އެކަކު މީނައަކީވެސް، ގައުމަށްދައްކަންޖެހޭ ރައްޔިތުންގެ ފައިސާ ނުދައްކާ ބަގުޑި ބައްދާއިގެންއުޅޭ މީހަކު މިގައުމުގެ ރައީސަކަށްގެންނަން މިގައުމުގެ ރައްޔިތުން ބޭނުމެއްނޫން. ޥޯޓްކަރުދާހުގާ ގާސިމު ކިޔާމީހަކުގެ ނަންއޮތަސް އޭނައަށް ވޯޓްނުލިބޭނެ، ކިތަށްފަހަރު ކުރިމަތިލައިފިތަ ހޭއަރަން ވެއްޖެނޫންތަ؟؟؟

 11. އާދިލް

  އަޅުގަނޑު ވަރަށް އުއްމީދުކުރަން އިދިކޮޅު ކެންޑިޑޭޓަކަށްް
  ލޭޭޑީ ޑަޔާނާ ނެރެން.....

 12. Anonymous

  ހުއްޓޭބެ ކިހިނެތް ވެރިކަން ކުރާނީ . ރައީސް ސިފައިންގެ ޕޮލިސް ބިލްޑިންގެ ކްރިމިނަލްކޯޓް މަގުމަތިން ދާއިރު ފެނުނަސް ހުއްޓޭބެ ހުއްޓެނީ .

 13. ޚަބަރުދާރު

  ތިޔައީ ސޮނި ލާދީނީ އަންނި އަށް އަދި މައިމޫނަށް އޮޅިފަ އޮތް އެއްޗެއް. ކާކަށް ތި ކިޔައިދެނީ. އަބުޅޯ ރިޔާޒުވެސް ބުނީ އަންނި ކުރިމަތިލާ ދުވަހަކީ އިދިކޮޅަށް ނުކުންނާނެ ދުވަހެކޭ. ވެރިކަމާ ނުބައްދާ އިހަށް ކެނޑިޑޭޓު ނެރޭ ތަޅާލުންގަނޑު ނިންމަބަލަ.

 14. ޡައިރުންފާ

  ގާސިމު އަށް ..ތަ ..އެމް ޔޫ އޯ ކޮބާ ރުހިގަބޫލުތަ ..ހަހަހަހަަ

 15. ރިޔާޒު

  އެންމެ ރަގަޅުމީހަކު ކަޑައަޅާނީ ތިޕާޓީގެ މެންބަރުން. އެތެރެ ކޮއިލުން ކަންކަން ނިންމާތީ ހުރިހާ ވަބާއެއްޖެހެނީ. ދެން ސަމީރުމެން އުޅެފަ ހުރި ވިޔާނުދާކަމުން ޤާސިމު ގެ ވިސްނުމާމެދު ސުވާލުއުފެދޭ. ކިތައް އަންހެންކުދިންގެ އިއްފަތްތެރިކަން ސްޓެލްކޯގަ އުޅުނުއިރު ފޭރިގެންފައިވޭތޯ އަމިއްލައަށް ސުވާލުކޮށްލަބަލަ.

 16. ނުޢައިމު / ވިލިމާލެ

  ހެޔޮދޯ މިހާރު " ތޭންކްޔޫ ފޮ ލޫރާ " ކީމީހަކަސް؟ ހެހެހެ

 17. ާބޫސުފުޔާން

  ސަމީރުތީ މިހާރު ފައްވެފާހުރިމީހެއް މިހާރުތިހުރީ ބޯގޮވާފަ..

 18. ޙަބޭސް

  ގާނޫނު އަސާސީ އިސްލާހު ކުރި މަޖިލިސްގެ ރައީސްކަން ގާސިމުކުރީ ރޮބަޓެއްގެ ގޮތުން ރިޔާސަތުގައި ބައިންދަެިގެންކަން ސަމީރުއައް އެގޭނެ އެއިރު އެމްޑީޕީގައި ހުރެ.އެއްމެބާރަށް ހަޅެއްލެވި އެކަކު ނޫންތަ ތިސަމީރުއަކީ

 19. ޙަބޭސް

  މިއަދު އެމްޑީޕީގެ ޖާސޫސަރެއްގެ ގޮތުގައި ޖޭޕީ އައްގޮސްހުރެ ގާސިމު މޮޔަހަެްދާ ގަަސިމުގެ ތަނަވަސްކަން ނަހަމަގޮތުގައި ބަެނުންކޮއް ގާސިމު ގުބޯހައްދުވަނީ ކަލޯ ކަލޭ ސަޅި

 20. އަފޫ

  ޓެކްސް ނުދައްކާ ހުރި މީހަކު ގައުމުގެ ވެރިއަކަށް ލާފި ނަމަ ދެންވާނީ ކިހިނެއް. މިއީ އަޅެ ގަމާރުންތަ.

 21. ހުސޭނުބޭ

  މަށާ މަގޭ ޢާއިލާ ވޯޓުލާނީ ޤާސިމަށް. އެއީ ޤާސިމްގެ ދީލަތިކަން ޔަޤީންވުމުން. އެހެން މީހުންނަށް ދޭފަދައިން ދޭންޖެހޭނެ. އެހެނީ ކޮންމެ މީހަކަށްވެސް ލެވޭނީ އެއްވޯޓް. ދެން އޮތް މައްސަލައަކީ އަތްތުރުތުރުއަޅާގަނެގެން ޔާމީޔާ ދިމާލުގައި ފާހަގަ ޖެހިދާނެ....... ފަހަރެއްގައި.

 22. މޮހޮނު

  އިންތިޚާބް ކާމިޔާބުކުރާތަނުން ހިތުގެބަލި ޖެހި އައިވީ ގުޅަންޖެހުނީމާ ދެން ހަދާނީ ކިހިނެއް!

 23. ފާއިޒާ

  މަގޭ އަތް ބުރިކޮށްލަން ޖެހޭނީ ޤާސިމަށް ވޯޓުއަޅަން ޖެހިއްޖިއްޔާ.

 24. އަނާ

  65 ވީމަ ސިވިލް ސާރވިސް އިންވެސް އައުޓްވޭ. ނޯ ގާސިމް. ޕްލީސް. ޏާޒިމް. ާާާާާާާ. ޢަދި. ޢުމަރު. ޜަނގަޅުވާނެ... ޥީ ނީޑް މެން އަންޑަރ 65