ހަލުވިކަމާ އެކު، ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން ޓެސްޓިން ކެޕޭސިޓީ އިތުރު ކުރުމަށް ރާއްޖޭގައި ތިބި 300 ލެބް ޓެކްނޮލޮޖިސްޓުންނަށް ހައްގުވާ މިންވަރު ދޭން ޖެހޭ ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.
ރާއްޖެ އިން މިހާތަނަށް 9،818 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު، ބަލިން ރަނގަޅުވީ 8،438 މީހުންނެވެ. މި ބަލީގައި 34 މީހުން ނިޔާވެފައިވާ އިރު، މިހާތަނަށް އެއް ލައްކަ އަށް ވުރެ ގިނަ ސުންކު ނަގާފައިވެއެވެ. އަދި ދުވާލެއްގެ މައްޗަށް ހާހަކަށް ވުރެ ގިނަ ސުންކު ނަގައެވެ.
675 ރުފިޔާ ގެ ރޭޓުން ހަދަން ފެއްޓި ކޮވިޑް ޕީސީއާރު ޓެސްޓް 2800 ރުފިޔާ ގެ 200 ޕަސެންޓް ފައިދާ ހުރި ވިޔަފާރިއަކަށް ވަނީ ބަދަލުވެފައެވެ ! ބަލިމަޑުކަމާ ގުދުރަތީ މުސީބާތުން ފައިދާނަގާ މާލީ މަންފާ ހޯދުމަކީ ބޯދާ ޒަމާނުގައި ވެސް އިންސާނުން އުޅުނު ގޮތެއްނޫނެވެ !
— Ibrahim Rasheed (@BondeM4) September 22, 2020
ބޮންޑޭ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 675ރ. ގެ ރޭޓުން ހަދަން ފެށި، ކޮވިޑް ޕީސީއާރު ޓެސްޓް 2،800ރ. ގެ 200 އިންސައްތަ ފައިދާ ހުރި ވިޔަފާރިއަކަށް ބަދަލުވެފައިވާ ކަމަށެވެ. ބަލިމަޑުކަމާ ގުދުރަތީ މުސީބާތުން ފައިދާ ނަގާ މާލީ މަންފާ ހޯދުމަކީ ބޯދާ ޒަމާނުގައި ވެސް އިންސާނުން އުޅުނު ގޮތެއް ނޫން ކަމަށް ބޮންޑޭ ވިދާޅުވިއެވެ.
ކޮވިޑް ޕީސީއާރު ޓެސްޓް 200 ޕަސެންޓް ފައިދާވާ މެގަރ ވިޔަފާރިއަކަށް ބަދަލުވެގެން ދިޔައިރު ލޮލުފިޔަ ނުޖަހާ މެގަރ ޕްރޮފިޓް ހޯދައިދޭން އަދި ބަރާބަރު ވަގުތަށް ފަތުވެރިން ރާއްޖޭން އެނބުރި ގައުމަށް ފުރުވާލަން އެންމެ ބޮޑު އެހީތެރިކަމެއްދޭ ލެބް ކުދިން ގެ މުސާރައަކީ އެންމެ 5610 ރުފިޔާއެވެ
— Ibrahim Rasheed (@BondeM4) September 22, 2020
ބޮންޑޭ ވިދާޅުވީ ކޮވިޑް ޕީސީއާރު ޓެސްޓް 200 އިންސައްތަ ފައިދާވާ މެގަ ވިޔަފާރިއަކަށް ބަދަލުވެގެން ދިޔަ އިރު، "ލޮލު ފިޔަ" ނުޖަހާ މެގަ ޕްރޮފިޓް ހޯދައިދޭން އަދި ބަރާބަރު ވަގުތަށް ފަތުރުވެރިން ރާއްޖޭން އެނބުރި ގައުމަށް ފުރުވާލަން އެންމެ ބޮޑު އެހީތެރިކަމެއްދޭ ލެބް ކުދިންގެ މުސާރައަކީ އެންމެ 5،610ރ. ކަމަށެވެ.
ފަތުރުވެރިޔާ ރާއްޖޭން ފުރުމުގެ 72 ގަޑިއިރު ކުރިން ކޮވިޑް-19 ގެ ޓެސްޓު ނައްސި ވެފައިވާ ލިޔުން ތައްޔާރު ކުރުމަށް ކޮންމެ ރިޕޯޓަކަށް 180 ޑޮލަރާ 100 ޑޮލަރާ ދެމެދުގެ ފީއެއް ނަގާ ކަމަށް ވެސް ބޮންޑޭ ވިދާޅުވިއެވެ.
"ޓެސްޓިން ކެޕޭސިޓީ އިތުރު ކުރުމަށް ރާއްޖޭގައި ތިބި 300 ލެބް ޓެކްނޮލޮޖިސްޓުންނަށް ހައްގުވާ މިންވަރު ދޭންޖެހޭ،" ބޮންޑޭ ވިދާޅުވިއެވެ.
މި ނޫނީ ދުވަހަކުވެސް ސިޔާސީ މަގާމެއްގައި ހުރި މީހަކު ލެބްޓެކްނޮލޮގިސްޓުންގެ ހައްގުގައި އެއްޗެއް ބުނާއަޑެއް ނާހަން. ޝުކުރިއްޔާ
ބަލިމަޑުކަމަކާ ގުޅިގެން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ ސިއްޙީ ވަޞީލަތްތައް ހޯދުމުގެ ބަދަލުގައި ރައްޔިތުންގެ މާލިއްޔަތު ދަވާލައި ، ރައްޔިތުން ޙާލުގައި ޖެއްސި ސަރުކާރެއް ބޯދާ ޒަމާނުގައިވެސް އުފެދިފައެއް ނުވެއެވެ. ނަމަވެސް މިސަރުކާރު ވްނީ މިހުރިހާ ކަމެއްވެސް ކޮށްފައެވެ.
ކަލޭމެއް މަޖުލީހުގައި ތިބެ ބޭކާރު އަގަތަޅައިގެން ހޯދާ ފައިސާ ހަލާލުވާނެތޯ؟
ބޮންޑޭ މިސަރުކާރުންދޭހައްގުމިންވަރުއެއީ ރައްޔިތުންބަލައިގަންނައެއްޗެއްނޫން ހައްގުމިންވަރުގެވާހަކަ ތިބޭފުޅުން ރަނގަޅުވާނީ ނުދެއްކިއްޔާ މަސްވެތިންނައްވެސް މިހާއެއޮތީހައްގުމިންވަރުދެއްވާފައެހެންނޫންތޯ
ތިއީ ރަނގަޅު ވާހަކައެއް.
އެކަމަކު މެމްބަރުންނަށް ހައްގުވާވަރަށްވުރެ މާބޮޑަށްވެސް ލިބޭ. ލެބް އެސިސްޓެންޓުންނާއި އެހެނިހެން ވަޒީފާގެ 1000% ނަގާތާ ކިތައް ދުވަސް ވެއްޖެބާ؟ ޢާންމު މީހާއަށް 5000/- ލިބޭއިރ، މަޖިލިސް މެމްބަރެއްގެ މުސާރަ އެހާ މަތިވެގެން އުޅޭ ސަބަބެއް ނޭނގޭ