ރާއްޖެ އާއި އިންޑިއާއާ ދެމެދު ފެށި ކާގޯ ފެރިގެ ޚިދުމަތާ ގުޅިގެން އިމްޕޯޓާއި އެކްސްޕޯޓުގެ ޚަރަދުތައް ކުޑަ ވާނެ ކަމަށް އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ސަންޖޭ ސުދީރު މިއަދު ވިދާޅުވެއްޖެއެވެ.
"އެމްސީޕީ ލިންޒް" ނަމަކަށް ކިޔާ ކާގޯ ފެރީ، ރާއްޖެ އާއި އިންޑިއާ ދެމެދު ދަތުރު ކުރަން ފެށުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ސަންޖޭ ސުދީރު ވިދާޅުވީ މިއީ ހުވަފެނެއް ހަގީގަތަކަށް ވުން ކަހަލަ ކަމެއް ކަަމަށެވެ. މިއީ ރާއްޖެ އާއި އިންޑިއާ އާ ދެމެދު ވިޔަފާރި އާއި ސަގާފީ އެހެން ގޮތް ގޮތުން އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ޚިދުމަތް ފެށުމާއި އެކު ކާގޯ ޝިޕިން މެޕްތަކުން ހދ. ކުޅުދުއްފުއްޓަށް ޖާގަ ލިބިގެންދާ އިރު، މިއީ ފަހުގެ ތާރީޚެއްގައި އިންޑިއާ ކަނޑުގައި ފެށި މިފަދަ ފުރަތަމަ ފެރީ ޚިދުމަތެއް ކަމުން މިއީ އިންޑިއާއަށް ވެސް މުހިންމު ފިޔަވަޅެއްކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.
އަދި އިންޑިއާ އާއި ރާއްޖެއަކީ ނުހަނު ކައިރީގައި އޮތް ގައުމަކަށް ވާއިރު، ތިން ވަނަ ގައުމެއް މެދުވެރިކޮށް ތަކެތި ފޯރުކޮށްދޭންވީ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
" ޑިލޭ އާއި އަގު ކުޑަވެގެންދާނެ. އިންޑިއާއަކީ ރާއްޖެ އާއި އެކު ވިޔަފާރި ކުރާ ހަތަރު ވަނައަށް އެންމެ ބޮޑު ޕާޓްނަރު. އެއް ވަނައިގައެއް ނޫން އޮތީ މިހާ ކައިރީ އޮތް އިރުވެސް. ކާގޯ ޝިޕް އާއި އެކު ގިނަ ފަސޭހަތަކެއް ލިބި އަގު ވެސް ދަށްވާނެ. އަދި އިތުރު ފުރުސަތުތައް ވެސް ފަހިވެގެންދާނެ. އިގްތިސާދީ ގޮތުންވެސް ގުޅުން ބަދަހިވާނެ،" ސަންޖޭ ސުދީރު ވިދާޅުވިއެވެ.
އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ފެށި ކާގޯ ފެރީ ހިދުމަތުގެ އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖޭގެ އިމްޕޯޓް އަދި އެކްސްޕޯޓްއާ ދެމެދު އޮތް ފަރަގު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި މި ޚިދުމަތް ފެށިގެން އައި ގޮތަށް ސުދީރު ވަނީ އަލިއަޅުއްވާލައްވައިފައެވެ.
"2011 ވަނަ އަހަރު ސާކް ސަމިޓުގައި އޭރުގެ ރައީސް ނަޝީދު މި ޚިޔާލާ އެކު އައީ. މިދިޔަ އަހަރު ޖޫންގައި އެމްއޯޔޫގައި ސޮއިކުރީ ރައީސް ސޯލިހް އާއި ބޮޑުވަޒީރު މޯދީ އާއި މެދު. ރަސްމީކޮށް މިދިޔަ މަހު ވީޑިއޯ ކޮންފަރެންސްއެއްގައި އިއުލާން ކުރީ އެއީ ފޮރިން މިނިސްޓަރު ޝާހިދު އާއި އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރާ ދެމެދު. އެއީ އޮގަސްޓް 13 ގައި." އޭނާ ވިދާޅުވިއެވެ.
"އެމްސީޕީ ލިންޒް" ނަމަކަށް ކިޔާ ކާގޯ ފެރީ، އިންޑިއާގެ ޓުޓިކޮރިން އަދި ކޮޗިންގެ ބަނދަރު ރާއްޖޭގެ ކުޅުދުއްފުއްޓާއި މާލެ ބަނދަރާ ގުޅުވައިދޭނެ ކަމަށް އިންޑިއަން އެމްބަސީން ވިދާޅުވެއެވެ.
އެ ކާގޯ ފެރީއަކީ 380 ކޮންޓެއިނަރު، އަދި 3،000 މެޓްރިކް ޓަނުގެ ބްރޭކް ބަލްކް ކާގޯ ކެޕޭސިޓީ ހުރި އިރު އެ ފެރީގެ ދިގު މިނުގައި 117 މީޓަރު ހުންނާނެއެވެ.
މި ފެރީގެ ހިދުމަތް ފަށާނެ ކަން އެންމެ ފުރަތަމަ އިއުލާން ކުރެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. އަދި މި ހިދުމަތް ފެށުމާ ގުޅޭ އެމްއޯޔޫއެއްގައި އިންޑިއާގެ ޝިޕިން މިނިސްޓްރީ އާއި ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓްރީއާ ދެމެދު އޭގެ ފަހުން ސޮއިކުރިއެވެ.
މި ފެރީގައި ހަތަރު ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުދާ އުފުލޭނެ ކަމަށް ލަފާ ކުރެވެއެވެ. އޭގެ ތެރޭގައި ކާބޯތަކެއްޗާއި ސިއްހީ ސާމާނާއި ބޭހާއި އަންނައުނާއި ފަރުނީޗަރާއި ދަގަނޑާއި އިލެކްޓްރޯނިކް ސާމާނާއި ވެހިކަލް ފަދަ މުދާތައް ހިމެނެއެވެ. އަދި ހިދުމަތް ފެށިގެން އަންނަ އިރު، އިންޑިއާ އިން ތިން މިލިއަން ޑޮލަރު ހަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
3000ޓަނުގެ ކާގޯ އުފުލާ ބޯޓަކުން ދަތުރަކު500 ޓަނުގެ ކާގޯ ގެނައިމާ ވަރަށް އަގުހެޔޮ ވާނެ.
އިންޑިއާ އައުޓް ކޮޗިން ފެރީ އައުޓް އިންޑިއާ ހެލިކޮޕްޓަރ އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް
ކަލޭތޯލީ ކާކުތަ މި ރާއްޖޭގެ ކަންކަމާ ބެހި އަރުވަން ހާދަ ގޮތެއްވެސްނެތް މީހެކޭ އިންޑިޔާ އައުޓް
ގެރިމޮޑީ ދިވެހިރާޖޭގެ ހުރިހާ ކޮންޓުރޯލް ނަގާ އިރު ދިވެހިން ގޭގާ ބަސް އަހާގެންތިބެންވީހޭ އިންޑިޔާސަރުކާރު ދިވެހި ސަރުކާރު ކިބަ އިން ރަ އިތުންސަލާ މަތްކުރަވާދޭ ޔަﷲޔﷲ
ކަގޯ އަގުހެޔޮވާނެ އެއާއެކު ޑްރަގް އެތެރެވާލެއް ގިނަވާނެއެވެ.
އަނގަ މަޑުކުރޭ ސަފީރު! މީ ދިވެހި ރާއްޖެ!
ވިޔަފާރިއާ ސަގާފަތް އޮންނަން ޖެހެނީ ހަމައެކަނި އިންޑިއާއަށް އެކަނިބާ؟ ބަލަގަ އިންޑިއާއިން ފެރީ ދަތުރުތައް ރާއްޖެއަށް ކުރަމުންދާއިރު ކީއްވެބާ ރާއްޖޭގެ ބޯޓްތަކަށް އިންޑިއާއަށް ވިޔަފާރި ކުރުމަށާއި ސަގާފަތް ދިރުވަން ނުދެވެނީ؟ ދެކޮޅު ހަަމަހަމަ ވާންޖެހޭ. ވަންވޭ އޮންނަ އުސޫލުގައި ހުރިހާ މޮޅެއް އިންޑިއާއަށް. މިއީ ލާރިކޮޅެއްގެ ދަހިވެތި ކަމުގައި ރާއްޖެ ވިއްކާލުން. ހުރި ހިތާމައެއްގެ ބޮޑުކަމާއެ.
އިންޑިއާގެ ބާދަނގަނޑު ފެރީގެ ފަލްކާތައް ނޫސްވެރިންނަށް ނުދެއްކުން މީގައި ގޯހެއް އުޅޭކަމުގެ ހެއްކެއް. ބުނެވޭ ގޮތުގައި ފަލްކާތަކުގައި ހުރީ ރާއްޖޭގައި ވަކި ހިއްޕައިގެން ތިބި އިންޑިއާ ސިފައިންނަށް ގެނައި ހަތިޔާރުތައް. މި ލޮބުވެތި ވަތަންގެ ދުވަސް ހިނގައްޖެ. ބައެއްގެ އަތްދަށުވާނީ މިވަރަށް. މީގެ ފުރިހަމަ ޒިންމާ ލާދީނީ ކޯލިޝަން ސަރުކާރުން ނަގަންޖެހޭނެ. ރައްޔިތުން ދުވަހަކުވެސް މަޢާފެއް ނުކުރާނެ.
ކަޝްމީރު އިންޑިއާ ފަޅީގަ ތިބި އިންޑިއާ މުސްލިމް ރައްތިތުންނަށް ކުރަމުން ގެންދާ އަނިޔާތައް ހުއްޓާލުމަށް ގޮވާލަން. އަދި މިކަން ހުއްޓާނުލަނީސް އިންޑިއާ އާއި އިތުރަށް ގުޅުން ބަދަހި ނުކުރުމަށް ގޮވާލަން.
މިއީ ޚާރިޖީ މީހެއްބާ.. ދާޚިލީ މީހެއްބާ..؟ ދިވެހިދިދައިގެ ހިޔަލުގައި ހުރެ ރާއްޖޭގެ ދާޚިލީ ކަންކަުމުގެ ވާހަކަ ދައްކަން ހުއްދަ ކުރީ ކޮން ޑިޕޮލޮމަސީގެ އުސޫލަކާއި ހަމައިންތޯ
އެމްން ދަންނަ ކާޕެޓް ޝާހިދާ ސުވާލުކުރަން..؟
މީނާ ރާއްޖޭގައި ބެހެއްޓުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް އޮތް ބޮޑު ނުރައްކަލެއް ނޫންބާވައޭ؟
މިއީ އެމްބަސީ އަކުން ކުރެވިގެން ވާކަނަލް ދެއްކިގެންވާ ކަހަލަ ވާހަކައެއްނޫން..
ކިހާ ބޮޑު މުސީބާތެއް މި އިންޑިޔާ އަކާއި ހެދީ... މިޖެހުނީ އަހަރުމެން މަޑުން ތިބޭ މީހުންވެސް ރުޅި އަންނަ ހިސާބުގަ.. ދެން ނިކަން އެމްޑީޕީ ވެރިކަމަށް އާދެބަލަ..
އިންޑިޔާ ނޫނީ އެމްޑީޕީ ދޭތިން އެކަތި މިފަހަރުބޭރުވާން ޖެހޭނެ..
މަވެސް މިހާތަނަށް ހުރީ އަގައިން ނުބުނެ.. ދެންނުހުރެވޭނެ. ގައުމީލޭ މީ.. ގައުމުގެ ދިފާޢުގައި ބަސްބުނެވޭނެ..
ޢައްދާރުން ނާއި ދެކޮޅު.. އެމްޑީޕީ ޢައްދާރުންގެ ފަހަތުގައި އުޅޭ ހާހިނދަކު އެމީހުންނާވެސް ދެކޮޅު..
އިންޑީޔާ ރާޢްޖެއިން ފައްސާލާ.. ބޭރުކޮށްލާ.. !