ދިވެހި ސިފައިންގެ ބެލުމުގެ ދަށުން އޮޕަރޭޓް ކުރާ ގޮތަށް އިންޑިއާ ސަރުކާރުން ރާއްޖެ އަށް ޑޯނިއާ މަތިންދާ ބޯޓެއް މިއަދު ދިނުމާއި ގުޅިގެން، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު މިއަދަކީ ކަޅު ދުވަހެއްގެ ގޮތުގައި ސިފަ ކުރައްވައިފިއެވެ.
އިންޑިއާއިން ރާއްޖެެއަށް ހަދިޔާ ކުރި ބޯޓާއި ގުޅޭ މަޝްވަރާތައް ފުރަތަމަ ކުރިއަށް ގެންގޮސްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެއިރު އެކަން އިއުލާނުވެސް ކުރިއެވެ.
އެ ބޯޓު ބޭނުން ކުރަން އޭރު ނިންމާފައި އޮތީ މީހުން އުފުލަައި ސަލާމަތް ކުރުމުގެ އިތުރަށް، ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށެވެ. މިއީ އިންޑިއާ އާއި ރާއްޖެއާ ދެމެދު 2016 ވަނަ އަހަރު ސޮއިކުރި ޑިފެންސް އެކްޝަން ޕްލޭންގައި ހިމެނޭ ޑޯނިއާ ބޯޓެކެވެ.
އެ ބޯޓު މިއަދު ރާއްޖެއަށް ވަނީ އައިސްފައެވެ. އެ ބޯޓު މިހާރު އޮތީ ހަނިމާދޫގައެވެ. އެ ބޯޓު ރާއްޖެ އައުމާއި ގުޅިގެން އުމަރު ވިދާޅުވީ، މިއަދަކީ އަނެއްކާ ކަޅު ދުވަހެއް ކަމަށެވެ.
އަދި އިތުރަށް އޭނާ ވަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި އުޅަނދުފަހަރުތަކަށް އަލިއަޅުއްވާލައްވާފައެވެ. އޭނާ ވިދާޅުވީ، ހަދިޔާ އެއް ދޭން އައި މީހުން، އަށް އަހަރުވީއިރު ތިން އުޅަނދާ 200 ސިފައިންނަށް ބަދަލުވީ ކަމަށެވެ.
"އަދި މި ނުރައްކަލުގެ ވާހަކަ އަޅުގަނޑުމެން ދައްކަން ފެށިއިރު މިކަން ޤަބޫލު ނުކޮށް ތިއްބެވި ބޭފުޅުންނަށް މިވަމުންދާ ގޮތް އިޙުސާސް ކުރެއްވޭނެ ކަމަށް ހީކުރަން. ހަދިޔާ އެއް ދޭން އައި މީހުން، 8 އަހަރުވީއިރު 3 އުޅަދާ 200 ސިފައިންނަށް ބަދަލުވީ". އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ، ކިތަންމެ ބައިވަރު ސިފައިން ތިއްބަސް އިރާދަ ކުރެއްވިއްޔާ ބާލާނެ ކަމަށެވެ.
އިންޑިއާ ހައިކޮމިޝަނުން ވިދާޅުވީ، މިއަދު އިންޑިއާއިން ހަދިޔާ ކުރި ޑޯނިއާ މަތިންދާ ބޯޓު އޮޕަރޭޓް ކުރަމުންދާނީ ދިވެހި ސިފައިން ކަމަށެވެ. އަދި ބޯޓު ދުއްވުމަށްޓަކައި 2017 ވަނަ އަހަރުން ފެށިގެން ދިވެހި ޕައިލެޓުން ތަމްރީންކޮށްފައިވާނެ ކަމަށެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް އަބަދުވެސް ވަކާލާތު ކުރަމުންދާ ސިޔާސީ ބޭފުޅުންގެ ތެރޭގައި އުމަރު ހިމެނިވަޑައިގަންނަވާނެއެވެ. އޭނާ ފޭސްބުކްގައި އާއްމުކޮށް ކުރައްވާ ގިނަ ޕޯސްޓުތަކުގައި ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ ވާހަކަތައް ހިއްސާ ކުރައްވައެވެ.
2016ގަ ސޮއިކުރީ 2020ގަ އެމްޑީޕީ ވެރިކަމުގަ ހަވާލުކުރާގޮތައްތަ.
ބަލަ ޔާމީނު އެބޯޓާ ހަވާލުނުވީ އެދުއްވަން 5 އިންޑިޔާއިސފައިންނާއި އެމީހުންނަށް ދިވެހި ދައުލަތުން މުސާރަ ދިނުމާއި ބޯޓުގެ 2 އިންޖިނިއަރުންނަށް މުސާރަ ނިނުމާއި ސްޕެއަރ އެމީހުން ހުށަހަޅާ އަގަގަކަށް އެމީހުން ބުނާތަނަކުން ދިވެހިދައުލަތުގެ ކަރަދުގަ ގަންނަގޮތަށް ހުށަހެޅީމަ. އޮޅުވާލަން ނޫޅެބަލަ.
އިންޑިޔާއިން ބޭނުންވަނީ މިގައުމުގައި ޓެރަރިޒަމް ފަތުރާ މިތަން ހަލާކުކޮށްލަން. އެކަމަށް ބޭނުންވާނެ ހަތިޔާރާ މަގުތައް މިއަދުު ފަހި ކުރަމުން އެދަނީ. އެމީހުންގެ އަޑިނުބައި އޮޕަރޭޝަންތައް މިތަނުގައި ހިންގާ ނަގާތަން ފެންނާނީ. ލާރިއަށް ކަޅިއަރާފައި ތިބި ގްރޫޕެއް ސަރުކާރާއި ރައްޔިތުންގެ މަޖްލިސްތެރެއިން ގަނެގެން އެރުނބާތަކަަށް އިންޑިއަން ބޭންކް މެދުވެރިވެ ޑޮލަރު އަޅަމުން މިިގައުމުގެ އިސްތިގުލާލު ކައްޗެއް ނުލެވޭނެ
އުމަރުގެ ވެރިކަމެއްގާ ހިންދީ ޑުރާމާ ނުބެލޭނެ، އިންޑިޔާ ކެއުންތަކަށް ނޫނެކޭ ބުނަންޖެހޭ. ނުބުނެފިއްޔާ ޓެގު. ދެން ބޭހަށް އިންޑިޔާ އަށް ދިއުމުގެ ބަދަލުގާ ޗައިނާ އަށް.
އުމަރައް ކިތަންމެވަރަކައް އެއްޗެހިކިޔަސް އުމަރުދައްކަމުން އައިވާހަކަތައް މިހާތަނައް އަދިވަނީ ދިމާވެފަ
ޔާމިނަކަސް އެހެން މީހަކުކަމަށް ވިއަސް މިކަލަ މުޑުދާރު ކަންތައް ކުރުމަކީ ގައުމުގެ ސިޔާދަތަށް އަރައިގަތުން މިއީ ބަލައިގަނެވޭނެކަމެއްނޫން. ޢެއްވެސް މީހަކު ގައުމުގެ ސިޔާދަތަށް އަރާނުގަންނާށޭ.
މިއަދަކީ ކަޅު ދުވަހެއް