ރާއްޖޭގައި ކޮވިޑް-19 އިން އަރައިގަތުމަށް ރައްޔިތުންގެ ފައިސާއިން ބިލިއަނަކަށް ވުރެ ގިނަ ފައިިސާ ހޭދަ ކުރި އިރު، އެ ބަލި ކޮންޓްރޯލްކުރުމުގައި ނެރުވެނީ ސުމެއްގެ ނަތީޖާއެއް ކަމަށް އެމްޑީޕީގެ ކުރީ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) ވިދާޅުވެއްޖެއެވެ.

ރޭ ސަންގުޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ނުކުރެވި ވަނީ ކަމާއި ބެހޭ ފަރާތްތަކަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިނުވުމުގެ ސަބަބުން ކަމަށެވެ.

ޑރ.ޑީޑީ ވިދާޅުވީ، ރާއްޖެއަށް ކޮވިޑް-19 އައީ ދުނިޔޭގައި އެބަލި ފެތުރޭތާ ދުވަސްތަކެއް ފަހުން ކަމަށް ވީނަމަވެސް، ރާއްޖޭގައި އެ ބަލި ފެތުރުނަ ނުދިނުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަމަށާާއި، އަޅާފައިވާ ފިޔަވަޅުތައް ވެސް ދޯދިޔާ ކަމަށެވެ.

އޭނާ ވިދާޅުވީ، ތާރީޚަށް ބަލާލުމުން މާސްކް އެޅުން މަޖުބޫރުކުރުން ލަސްކުރެއްވި ކަމަށާއި، ޓެކް ޓީމުން ދޭ ލަފާ ބިނާކުރަނީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް ބުނާ އިރު، ކޮވިޑް-19 އާއި ގުޅިގެން ޑަބްލިއުއެޗްއޯ އިން ކޮވިޑް-19 އާއި މެދު ފުރަތަމަ ދެއްކި ވާހަކަތައް ރަނގަޅު ނޫންކަން ސާބިތުވާކަމަށެވެ.

އަދި ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް ހުރީ ވަރަށް ބޮޑަށް ދޫކޮށްލާފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމައި ޑަބްލިއުއެޗްއޯއަށް އެކަނި ބަރޯސާވުން އެއީ ހެދުނު ގޯހެއްކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ކައިރި ކައިރީގައި އުސޫލުތައް ބަދަލުކުރުމުގައި ވެސް ދޯދިޔާ ކަން ހުރި ކަމަށާއި، އޮޅިގެން އެތައް ކަމެއް ގޯސްކޮށް ކުރައްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

" އެޕްރިލް މަހު މެދެއްހާ ހިސާބުގައި މާލޭގައި ސްޕްރެޑް ފެތުރުމާއި އެކު ބޭއްވި ޕްރެސްގައި ތިބޭފުޅުން ސުވާލު ކުރެއްވި ނޫންތޯ މާސްކް އެޅުމާއި ގުޅޭގޮތުން. ކީކޭތޯ އަލީ ލަތީފް ވިދާޅުވީ؟ ޑރ.އަލީ ލަތީފް ވިދާޅުވީ އަދިވެސް މާސްކް އަޅާނެ ކަމެއް ނެތޭ. އެކަމަކު ބައްލަވާ އަތް ނުފޯރާ ހިސާބަށް ގޮސް، ސަލާމަތް ނުވާ ހިސާބަށް ދިޔައީމަ އޮގަސްޓް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އަދި ކިރިޔާ މާސްކް އެޅުން މަޖުބޫރު ކުރީ. އޭރު އޮތީ ތި ވިދާޅުވާ 200 އާއި ހަމައަށް ގޮސްފައި." އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ދުވާލެއްގެ މައްޗަށް ބަލި ޖެހޭ މީހުންގެ އަދަދު 100 އިން މަތީގައި ހުރުމަށް ފަހު އެ އަދަދުތައް ތިރިވަމުން އައި ނަމަވެސް، ރާއްޖޭގައި ބަލި ޖެހޭ މީހުން އަދަދު އިތުރުވީ އަޅާފައިވާ ފިޔަވަޅުތައް ދޯދިޔާ ވުމުގެ ސަބަބުން ކަމަށް ޑރ.ޑީޑީ ތަކުރާރުކޮށް ވިދާޅުވިއެވެ.

އަދި ކޮވިޑް-19 ފެތުރުމުގެ ކުރިން ވަޒީރުންގެ ފެންވަރުގައި ގިނަ އަދަދެއްގެ ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވި އިރު، އެންމެ ނުރައްކާ ހާލަތަށް ތައްޔާރު ކަމަށް ވަޒީރުން ވިދާޅުވި ނަމަވެސް އެ ހާލަތު އައި އިރު ފެނުނީ މުޅިން ތަފާތު މަންޒަރެއް ކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ.

" އޭރު އަލީ ވަހީދު ހުންނަވައިގެން ވިދާޅުވި މިތަނަށް ހޮސްޕިޓަލަށް، ސީއެމްބިއުލާންސް ހޮސްޕިޓަލެއް، ފްލޯޓިން ހޮސްޕިޓަލެއް ވެސް ގެެންނަން ތައްޔާރަށޭ ތިބީ. އެ ބޭފުޅުންގެ ވާހަކަ ހުރީ ދުނިޔޭގެ ފެންވަރުގައި. އެކަމަކު އެއާއި އަމަލާ ދިމާ ނުވޭ. ކުރެވުނު ހަރަދާއި އަޅާ ބަލާއިރު ރައްޔިތުންގެ ފައިސާއިން ބިލިއަންއަކާއި ގާތަށް ހަރަދު ކުރެވުނު އިރު ނަތީޖާ ސުމެއް" އޭނާ ވިދާޅުވިއެވެ.

އަދި ޖުލައި މަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމުން ވެސް ފަތުރުވެރިން އައީ ވަރަށް މަދުން ކަން ޑީޑީ ފާހަގަކުރެއްްވިއެވެ.

އޭނާ ވިދާޅުވީ ސިޔާސަތުތައް ކަނޑައަޅާ އިރު މާލީ ހާލަތުތަކާއި ރައްޔިތުންނަށް އެ ސިޔާސަތުތަކުން ކުރާނެ އަސަރުތަކަށް ވިސްނަން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ގެރި މޯދީ

    ދަރިޔާ ދެލޯފުޅާ ހުރިހާ ލާރިގަޑި ކާލީ ރޯމާ ދުވާލު ކުރަނީ ވައްކަން

    12
  2. މާމީ

    މިހާރު ތޯ ތިބޭފުޅާއައް ތިކަން ތައް އެނގުނީ ދެން މަސްތަކުގަ ދައްޖަހަން އުޅޭ

    8
    1
  3. ހުސޭނުބޭ

    މި މީހުންނަށް މި މީހުން މި ގޯސްވަނީ ދެން ހައްދުފަހަނައަޅާ ދިޔާމާކަން ޔަޤީން!

    8
    1
  4. ކައްބެ

    ދޯދިޔާކަމުންނޫންތޯ މަރުވެފަތިބޭ މީހުންނަށް ކަރަންޓީނަށް ދާންގުޅަނީވެސް މިސަރުކާރުންކުރި ރަނގަޅު ކަމަކީ ރަށްޔަތުން ފުރަބަންދުކޮށް ބައިތުލްމާލު ދަވާލުން .

  5. ައައްފާރު

    ޑީޑީ ކޮސްނުގޮަވާ....އެޅިފިޔަވަޅު ތަކުގެ ނަތީޖާ ފެންނަނީ..ކޮވިޑް އޮތީ ބޮޑު ތަނުން ކޮންޓޮރޯލް ވެފަ..ހަހަހަހަހަ

  6. Anonymous

    ސުމެއްގެ ނަތީޖާއެއް ނޫނެއް ނޫންތޯ. ބަޔެއްގެ ޖީބުފު ރުން.

  7. ލޫޓުވާ

    ޑރ.ޑީޑީ ކުޑަ ތަންކޮޅެއް ހަނދާންނެތިއްޖެ. ރާއްޖޭގެ ޤާނޫނު ހަދާ މަޖްލިހުން ރައިސް ހިމެނޭގޮތަށް ކޮވިޑާ ދެކޮޅަށް އެޗްޕީއޭއާއި ދެކޮޅަށް ދެއްކި ވާހަކަ ހިމަނާލިނަމަ ފުރިހަމަވީސް.

  8. ކަނަމަނަ

    މިއަދު ޑީޑީ ޓެކްޓީމުގައިހުރިނަމަވެސް ކަންތައްވާނީމިހެން ޓެކްޓީމަކީ އެއްމެމީހެއްނޫން ޑީޑީ އެމްޑީޕީގަވެސް އުޅުނީތިގޮތައް ކުރެވުން އެއްކަމެއްވެސްނެއް

    3
    1
  9. މިގޭ

    ހަކުރު ކިލޯއެއް 16ރުފިޔާއަށް

  10. ދަރަނި ދަންތުރަ

    ނަތީއްޖާ ކިހާސަޅި 16 ރުފިޔާއަށް ހަކުރު ކިލޯއެއް ޑީޑީ އަށް ނޭންގޭތޯ ދެން ޑީޑީ ވެސް ބާރަށްއަތްޖަހާ

  11. ކާސިމް

    ތިބޭފުޅާގެ ޕާޓީގެ ވެރިންގެ ދޮދޮޔާކަން ދެން ކީއްކުރާނީ. ތިވާހަކަ ރަނގަޅު. ތިހެން ބުނާ މީޯހާ ގޯސްވަނީ. ކާލީކީ މަދެއްކޮށްނޫން ވިއްޔާ