ޝަރީޢަތުގައި އޮތް މައްސަލަތަކަކަށް ނުފޫޒު ފޯރުވަން ދީނީއިލްމުވެރިޔާ ޑޮކްޓަރ މުހައްމަދު އިޔާޒް އުޅުނުކަމަށް އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ.

އަލްހާން ވަނީ ތަކުރާރުކޮށް ޑރ.އިޔާޒަށް ފާޑުވިދާޅުވެ ގިނަ ޓްވީޓްތަކެއް ކުރައްވާފައެވެ. އަދި ބައެއް އެހެން ބޭފުޅުން ވެސް ވަނީ ޑރ.އިޔާޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރޭ ޓްވީޓްތަކެއް ކުރައްވާފައެވެ. އަލްހާން ރޭ ކުރެއްވި ޓްވީޓެއްގައި ޑރ.އިޔާޒަށް ނިސްބަތްކޮށް ވިދާޅުވީ މާ ޖާހިލުވެގަނެގެން ވާނުވާ ނޭނގި މީހުން ބޮލުގަ ޒާތްޒާތު ބަދުނާމު ނާޅުވަން ވިދާޅުވެފައެވެ. "ޝަރީޢަތުގައި ހުންނަ މައްސަލަތަކަށް ނުފޫޒު ފޯރުވަން އުޅުނުކަމުހެ ސާފު ހެކި އެބަހުރި! އަނގަ މައިތިރި ކުރައްވާ!" އަލްހާން ވިދާޅުވިއެވެ.

އަލްހާން ޑރ.އިޔާޒަށް ބޮޑެތު ތުހުމަތެއްކޮށް ޓްވީޓްތައް ކުރައްވަން ފެއްޓެވީ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ އަށް ނިސްބަތްކޮށް ޑރ.އިޔާޒް ޓްވީޓެއް ކުރެއްވުމުންނެވެ. ޑރ.އިޔާޒްގެ ޓްވީޓްގައި ވިދާޅުވީ މަތީތައުލީމުގެ އެންމެ މަތީ ފާސް ނަންގަވައި ފަހުގެ ނިޔާ އިއްވުމުގެ އެންމެ ބާރުވެރި ފަރާތް ކަމުގައި ވުމުގެ ފުރުސަތު ދެއްވީމާ އާލަމީ ފިކުރުގެ މީހުން ބުނިހާ ގޮތަކަށް ޙުކުމް ވިއްކުމުގެ ހިތި މިއަދު ލަމުންދާ ކަމަށެވެ. ދެންވެސް ތައުބާވެ އިސްލާހް ވުމަށް ވެސް ޑރ.އިޔާޒްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ޑރ.އިޔާޒަށް ރައްދެމުން އަލްހާން ކުރެއްވި އިތުރު ޓްވީޓެއްގައި ވަނީ ޝައިޚަކު ރިބާގެ މުޢާމަލާތެއް ހިމެނޭ މައްސަލައެއް އެ ޝައިޚު ތަބާވާ ޓާކޫރެއްގެ މަޞްލަޙަތަށް ނިންމުމަށް ކޯޓަށް ފޯރުވަން އުޅުނު ނުފޫޒު ފެއިލްވީމާ ޑރ.އިޔާޒް ކޯފާވެގެން އުޅުއްވަނީތޯ ސުވާލު ކުރައްވާފައެވެ. މިހާރުގެ ސުޕްރީމް ކޯޓުން އެ މައްސަލަ ނިންމާގޮތަކުން ޓާކޫރުންގެ ނުފޫޒު ކޯޓަށް އޮތްވަރު ހާމަވާނެ ކަމަށް ވެސް އަލްހާން ވިދާޅުވިއެވެ.

ޑރ.އިޔާޒަށް ނުސީދާކޮށް ރައްދު ދެއްވަމުން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމީ ދައުލަތަކަށް ދިމާވާނެ އެންމެ ބޮޑު ނުރައްކަލަކީ ޢަލްމާނީ ލާދީނީ ނިޒާމްތަކަށް އެއްބާރުލުން ދީގެން، ދީނީ ފޭރާން ލައިގެން ތިބޭ މުނާފިޤު ޝައިޚުން ކަމަށެވެ. މާތް الله އެބައިމީހުންގެ ނުރައްކަލުން ދިވެހި އުއްމަތް ސަލާމަތް ކުރެއްވުން އެދި ޑރ.އަހްމަދު އަބްދުﷲ ދީދީ ދުއާ ކުރައްވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަލީ

    ތިޔަ 2 މީހުން ނަކީވެސް ދިވެހިން ބަލާގަންނަ 2މީހުނެއް ނޫން. ދިވެހި ރާއްޖެ މި އަނދަވަޅައް ވައްޓާލަން އަމަލީ ގޮތުން މަސައްކަތް ކުރާމީހުން .

    61
    1
  2. ތުނިޔަ

    ދެމީހުންވެސް އަނގަ މައިތިރި ކުރަންޖެހޭ!

    31
    1
  3. ާއަފްލާ

    ދީނީ ޢިލްމުވެރިއަކަށްވިޔަސް ތިމާ ރުހޭ ބަޔަކު ވެރިކަމަށް އަރާ ޖަހާ ހުރިހާ ސަކަރާތަކަށް ޢަމަލާބަހުން ބޯލަނބައި ކިޔަމަން ގަތުމުން ދޭހަވަނީ އެ އިލްމުވެރިއެއްގެ ހުރި ނުބައިކަމާ ޖާހިލުކަން ޑރ ޢިޔާޒްއަށް ވ ސަލާމް

    34
    1
  4. ޚަލީލު

    މިތިބެނީ ރިޝްވަތުބާގައިގެ ޢިލްމުވެރިން.

    27
    2
  5. ސުމަން މިޔާ

    އަލްހާނު ކިޔެވީ ކޮންތަނަކުންތަ؟ އިހަށް ދުވަހު ކެނަ ބިސް އެތެރެ ނުކުރެވިގެން އުޅުނީ ކާކުބާ؟

    36
  6. ބަރުގޮނު

    އަލްހާނު އެއުޅެނީ މުގު ކޮޅެއް ބޭނުންވެގެން. އިޔާޒު ނަމަވެސް "މުގު" ކޮޅެއް އަތަށް އަޅާލަ ދީފިއްޔާ ކީހާޅެން ފަރިއްސަށްވެ ވާހަކާގެ އަޑާ ރާގު ބަދަލުވާނެ.

    25
  7. ޢަލީ

    ޑރ.އިޔާޒަށް އިސްލާމީ ދައުލަތަކަށް ދިމާވާނެ އެންމެ ބޮޑު ނުރައްކަލަކީ ޢަލްމާނީ ލާދީނީ ނިޒާމްތަކަށް އެއްބާރުލުން ދީގެން، ދީނީ ފޭރާން ލައިގެން ތިބޭ މުނާފިޤު ޝައިޚުން ކަމަށެވެ. މާތް الله އެބައިމީހުންގެ ނުރައްކަލުން ދިވެހި އުއްމަތް ސަލާމަތް ކުރެއްވުން އެދި ދުއާ ކުރަމެވެ...

    40
    4
  8. ދިރާސާ

    ހުއްޓާލާ

  9. ސަލާމް

    އަލްހާން އަކީ މުގުރާނެއް މިހާރު އެއުޅެނީ ކޮންމެވެސް މީހަކު ބޮލައް ފިތާލާފާ ދޫކޮއްލައިގެން އެހެން ތެޅި ތެޅިފަ ކޮންމެވެސް އިރަކުން މައިތިރިވާނެ އިއާޒު އެވެސް ވަހުތާނެއް ވައިހުރިކޮޅަކައް އެނބުރޭނީ ތިދެމީހުން ކުރެ އެކަކުވެސް އަނގަ ނުހުޅުވުންރަނގަޅީ ވ ސަލާމް

  10. ޖަމް

    އަޅުގަނޑު ކުރިންވެސް ހީކުރިން. އިޔާޒުބޭ އެހާވަރަކުން ސަރުކާރު ދިފާއު ކުރަނީވެސް ކީއްވެހޭ. މީތަ މިވާގޮތް. އެކަމް މީ ސޭހް އިމްރާން އޭނަ ލައްވާ ކުރުވާ ކަންކަން

  11. ހާމިދު

    ސޭހު ލައްވަ މިނުބައި އަމަލު ހިންގުވި މީހުން އެތިބީ ފިލާ. އެމީހުން ދިފާއުގަވެސް އެއްވެސް ބަހެއް ނުކީ. ނުބާކަން