އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ އާންމު މެންބަރުންނަށް އެ ކޯލިޝަނަށް ފައިސާ ފަންޑް ކުރެވޭ މިންވަރުން ލޯޔަލްޓީ ކާޑްތަކެއް ދޫކުރާ ގޮތަށަ ތައާރަފް ކުރުމުން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒު ފާޑުވިދާޅުވެ ދެއްކެވި ވާހަކަތަކަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ރައްދު ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ހުޅުމާލެ ދާއިރާ ތަމްސީލު ކުރައްވާ މެންބަރު އަލީ ނިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕާޓީގެ ކޮންމެ މެންބަރެއްގެ ލޯޔަލްޓީ ނޫނީ އިހްލާސްތެރިކަން އޮންނަނީ އެއް މިންވަރަކަށް ކަމަށެވެ. ޕާޓީގެ މެންބަރުންގެ ލޯޔަލްޓީ ދަރަޖަ ކުރުމަކީ ޕާޓީގެ މެންބަރުން ތަފާތު ކުރުން ކަމަށް ވިދާޅުވިއެވެ.
އަލީ ނިޔާޒު އެހެން ވިދާޅުވުމުން ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރެެއް ޓްވީޓާގައި ހިއްސާ ކުރައްވަމުން ޝުޖާއު ވިދާޅުވީ، ދުނިޔޭގެ ބޮޑެތި ޑިމޮކްރަސީތަކުގައި ޕާޓީތަކުން ލޯޔަލްޓީ ކާޑް ފަންކްޝަން ކުރާ ގޮތް އެމްޑީޕީއިން ބަލާލަން ޖެހޭ ކަމަށެވެ.
"އަޅުގަނޑު މީގެ ކުރިން ހީކުރީ އެމްޑީޕީއަށް ދުނިޔޭގެ މަލްޓި ޕާޓީ ސިސްޓަމް އެނގޭ ކަމަށް، މިހާރު އެނގިއްޖެ، ތިއީ އެއް ކަމެއް ވެސް އެނގޭ ބަޔެެއް ނޫން ކަން،" ޝުޖާއުގެ ޓްވީޓްގައި ލިޔުއްވާފައިވެއެވެ.
Loyalty Card akee Kobaikan Eba Dhene Gannan Jehey.Alhugandu Meege Kurin Hithah eree MDP Ah Dhuniyeyge Multiparty System Egey kamah.Mihaaru Egijje Ehkkameh ves Dhanna Baeh Noon Kan.PPM ge Loyalty Card ge Furihama Mauloomaathu Hoadhevvumah Dhannavan. https://t.co/yS6uomCPX1
— Ibrahim Shujau (@IbrahimShujaau) October 17, 2020
ޝުޖާއު ވިދާޅުވީ އެމްޑީޕީ މަޑުޖެހިފައިވަނިކޮށް، އިދިކޮޅު ކޯލިޝަނުން ދަނީ ހަރަކާތްތަކުގައި ތަފާތު ދައްކަމުން ކަމަށެވެ. އެމްޑީޕީއަށް ދެން ރަނގަޅު ވާނީ މިފަދަ ކަންކަމަށް ރައްދު ނުދީ، ސަރުކާރު ހިންގޭތޯ ފުރަތަމަ ބެލުން ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ލޯޔަލްޓީ ކާޑުތަކެއް ވިއްކަން އިދިކޮޅު ކޯލިޝަނުން ނިންމީ އެ ކޯލިޝަންގައި ހިމެނޭ ދެ ޕާޓީގެ އާންމު މެންބަރުންގެ ބައިވެރިވުން ޕާޓީގެ ހަރަކާތްތަކުގައި ފުޅާ ކުރުމުގެ މަގްސަދުގައި ކަމަށް ބުނެއެވެ.
ލޮޔަލްޓީ ކާޑު ތައާރަފްކޮށްފައި މިވަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފުވެ ބޭއްވި އެއްވުންތަކާ ގުޅިގެން ދެ ޕާޓީ ވެސް ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފައިވަނިކޮށެވެ.
އިދިކޮޅު ކޯލިޝަންގެ އެކި ހަރަކާތްތަކަށް ފައިސާ ހަދިޔާ ކުރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ތައާރަފްކޮށްފައިވާ މި ކާޑު މެދުވެރިކޮށް 100 ރުފިޔާއިން ފެށިގެން މަތިން ކޮންމެ މަހެއްގެ މައްޗަށް ފައިސާ ހަދިޔާ ކުރެވޭނެއެވެ.
މޑޕއަ ކީ އެއްޗެ އެގިގެން އުޅޭބައެއްތިބި ޕާޓީއެއްނޫން..މޑޕއަ ކީ އަޔޯދެއާ އިން ލިޔެފަދޭ އެއްޗެ ބަލައިގެނން ކިޔާބައެއް...މޑޕ މީހުންނަ ސިޔާސީޕޓީއެއްގެ ސިޔާސަތަ ކީ އައްނިގެ ފޮޓޯ ވިއް ކައިގެން ސިޔާސީ ދޮގު ވިއް ކުން..ދާއިމަށް ޕާޓީގެ ލީޑަރަ ކަށް އައްނިގެ ފޮޓޯވިއް ކައިގެން ޕާޓީހިންގުން އެއީ ސިޔާސަތު..
ތަމެންގެ ޕިންކީނަށް އެގޭނީ ވައްކަންކުރަން ؟
މި ބޭ ކަލުން ވަރަށް ފައްކާވާނެ ރައްޔިތުން އަތުން ލާރި ދަ މާއި ގަންނަން
މިއީ ބޮލުރޮދި ކެނޑިފަ ހުރި މީހެއްކަންނޭގެ، އިބޫއާ ނަޝީދު ކާރިން އަހާބަލަ، ވައްކަން ކުރަނީ ކިހިނެއްހެއްޔޭ؟
ނޫން! ޢެޕާޓީގަވެސް ތިބީ ހަމަ ތިކަހަލަ އިންސާނުން. ތަފާތެއް ނެތޭ.