ހުޅުމާލެ ދެވަނަ ފިޔަވަހީގައި މި ސަރުކާރުން ކުރި މަސައްކަތް މަދު ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޔާޒް މިއަދު ވިދާޅުވެއްޖެއެވެ.

ދެވަނަ ފިޔަވަހީގައި އެމްޑީޕީގެ ކެމްޕެއިން ޖަގަހަ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ނިޔާޒް ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވައްސަކީ ފަސޭހަ އިން ދިރިއުޅެވޭނެ ތަނެއްގެ ގޮތުގައި ހަދައި ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ އެތައް އާދޭސްތަކަކަށް ހައްލު ގެނެވޭތޯ މަސައްކަތް ކުރެއްވި ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު. ---

އެގޮތުން ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ޝަކުވާއަކަށް ވެފައި އޮތީ ކުލި ބޮޑުވުމުގެ މައްސަލަ ކަމަށް ނިޔާޒް ވިދާޅުވިއެވެ. އަދި އެންމެ އެދުނު ގޮތަށް ނޫނަސް، މި ސަރުކާރުން ވަނީ ވަގުތީ ގޮތުން ނަމަވެސް ހިޔާ ފްލެޓުތަކުގެ ކުއްޔަށް ހައްލެއް ގެނެސްދީފައިވާ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

"ކުރިން ދައްކަމުން ދިޔަ ކުލި ވަރަށް ބޮޑު ތަނުން ލުއިކޮށްދީ އެބޭފުޅުންގެ ޝަކުވާތަކަށް މި ވަނީ ނިމުމެއް ގެނެސްދީފައި،" ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުން ކުރަމުން އަންނަ ޝަކުވާތައް ހައްލު ކުރުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑަކީ ކުރާ ކޮންމެ މަސައްކަތަކަށް ފަހު ފޮޓޯއެއް ނަގައި ޓުވީޓުކޮށް މީޑިއާއާ ހިއްސާ ކުރާނެ މީހެއް ނޫން. ނަމަވެސް މަސައްކަތް ކުރާނެ ގިނަ ގޮތްތައް ހުރޭ." ނިޔާޒް ވިދާޅުވިއެވެ.

ހިޔާ ފްލެޓަށް މަހަކު 6،300ރ. ދައްކަން ޖެހޭނީ 7 އަހަރު ވަންދެން!

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކަށް ކުލީގެ ގޮތުގައި މަހަކު 6،300ރ. ދައްކަން ޖެހޭ ގޮތް ހަދައި، އެ ފްލެޓުތަކަށް އަގު ދައްކަން ޖެހޭ މުއްދަތު ސަރުކާރުން މިދިޔަ މެއި މަހު ވަނީ އިތުރުކޮށްދީފައެވެ. މެއިންޓަނަންސް ފީގެ ގޮތުގައި ދައްކަން ޖެހޭ 1،000ރ. އާ އެކު ޖުމްލަ 6،300ރ. ދައްކަން ޖެހޭނީ ހަތް އަހަރު ވަންދެނެވެ. ހަތް އަހަރު ފަހުން، ކުރިން ވެސް ކުލި ދައްކާ ގޮތަށް މެއިންޓަނަންސް ފީގެ ގޮތުގައި ދައްކާ 1،000ރ. އާ އެކު، މަހަކު 8،500ރ. ދައްކަން ޖެހޭނެއެވެ.

މިއާ އެކު، ފްލެޓަށް ލޯންގެ ގޮތުގައި ދައްކަން ޖެހޭ އަދަދު ކުރިން 25 އަހަރަށް ބަހާލާފައި އޮތް ނަމަވެސް، މިހާރު އެ މުއްދަތު ވަނީ 27 އަހަރަށް ބަހާލައިފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު. ---

ނިޔާޒް ވިދާޅުވި ގޮތުގައި ހުޅުމާލެ ދެވަނަ ފިޔަވަހިން ފެންނަނީ އެންމެ ސަރުކާރަކުން ކުރި މަސައްކަތެއް ނޫނެވެ. ޖަގަހަ ވަށައިގެން ފެންނަން ހުރި އިމާރާތްތަކަކީ މި ސަރުކާރުން ހަދަމުން އަންނަ ފްލެޓުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިތަނަކުން ނުފެނޭ އެހެން އެއްވެސް ބައެއްގެ މަސައްކަތެއް. އެހެނެއް ނޫން މި ދަންނަވަނީ. ފޭސް ދޭއްގެ ވަރަށް ގިނަ މަސައްކަތްތައް އެހެން ސަރުކާރުތަކުން ވެސް މަސައްކަތްކޮށްފައި އެބަހުރި. ނަމަވެސް މި ސަރުކާރުން ކުރި މަސައްކަތް ވަކި މަދެއް ނުވާނެ." ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ މި ސަރުކާރުން ފްލެޓުތައް ނިންމައި، އެ ތަންތަނުގައި ދިރިއުޅެވޭނެ ގޮތް ވެސް ހަދާނެ ކަމަށެވެ. އެއީ އެއްވެސް ސަރުކާރަކަށް ކުރެވުނު ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ބަދަވި

    އާ ޓިނުން ސްކޫލެއް އެޅި

  2. ނޫނޭ ނުލަފާ

    ދެވަނަ ފިޔަވަހީގައި ކަލޭމެން ކުރިކަންތައް ކިޔަން ހިނގާ. އިނގިބިންދަން ފަށަންވީދޯ... ދޮޅަހަކަށް މީހުން ގެނެސްގެން ނިޔާޒު ކަލޭ މޮޔަ ނުގޮވާ..!! ފޭސް2 އެއީ ސީދާ ރައީސް ޔާމީންގެ ތަސައްވުރެއް.

  3. 111

    ހުޅުމާލޭ ހިޔަ ފުލެޓުތައް ގަސއދުގަ ނުދީ ލަސްވީ ކީއްވެގެންނޭ؟ މަސައްކަތް ނުނިންމާ ނުދީ ދިގު ދެންމީ ކީއްވެގެންނޯ؟ ގަދަކަމުން އާންމުން ވަންނަންޖެހުނީ ކީއްވެގެންނޯ؟ މިދިޔަ ދައރުއްސުރެ ދީފަ ހުރި ވިނަރެސް ފުލެޓުޓަކަށް 5 އަހަރުވީއިރު ނުވަދެވިގެން އުޅެނީ ކީއްވެގެންނޯ؟ މީހުން ނުވައްދާ ލަސްކުރަނީ ކީއްވެގެންނޯ؟ ކުރި ކަންކަމަށްވުރެ ކުރި ޖެއްސުން މާ ގިމައެއްނު. ބީތާ

  4. ފްލެޓޭ

    ހިޔާ ފުލެޓޭ ނުކިޔާ ހިޔާ ކޮތަރު ކޮއްޓޭ ކިޔާބަލަ މާ ހިޔާ ފުލެޓް ވެގެން ތިޔައުޅެނީ ލަދެއް ނުގަނޭތަ މިހާރުވަސް ތިޔަތަނުގަ ކުރަމުން ތިޔަދަނީ ރައީސް ޔާމީން ސަރުކާރުން ކުރަން ފަށާފަ ހުރި މަސައްކަތް މެޑެލް ޖަހަންވެގެން މިސަރުކާރުން ފެށި މަސައްކަތޭ ތިޔަކިޔަނީ އަނގަފުޅާކޮއްފަ އާނ ރަނގަޅު އެތަނުގެ ނަންބަދަލު ކުރުމުގެ ބިޔަ ޕްރޮޖެކްފެށީ މިސަރުކާރުން ސްކޫލްއެއްއެޅީތީ ބާރަމިލިއަން ޚަރަދު ކޮއްފަ 1980 އަހަރުތަކުގަ ހުރިވައްތަރު ސްކޫލް އެއީ ހިންގާ ބިޔަ ޕްރޮޖެކްޓް

  5. ހުސޭނުބޭ

    ކޮންކަމެއް ކުރީ! ކުރިއްޔާ ކޮށްފައި އޮތީ ދުއްޕާން. އޭގެތެރޭގައި ފްލެޓް ކުލި ބޮޑުކުރުން ހިމެނޭ!

  6. ކޮވިޑް

    ރަންގަޅު ވާހަކަ އެއް . މުޅި ބީޗް ފޮރޮންޓް ރައްޓެހިންނަށް ގޯތި ދީ ހުސް ކޮށްފަ އޮތީ. ލައްކަ ފާރު ތައް ރާނާ، ރާނަމުން ދާތަން ފޭސްޓޫ އަށް އަރާލުމުން ފެނޭ.

    27
  7. ސަގަރޭ

    ކޮންކަމެއް ކުރެވުނީ. ފުލެޓް ކެޓުވުމާއި ހަދާ ނުނިންމާ ފިޔާފުލެޓް ހަވާލުުކުރުން. ދެން ތި ސަރުކާޜުން ނިންމި ފުލެޓެއް ދައްކަބަލަ ދައުރު ނިމުނުއިރު، ފުލެޓެއް ބުރިޖެއް ނުނިމުނު ކޮންކަމެއް ވީ. ނިންމި ކަމެއް ބުުނެބަލަ. ފަސް އަހަރު ބޭކާރު،.

    36
  8. އަލިފަާންކަނި

    2 ވަނަ ފިޔަވަހީގެ ފުލެޓް ތަކަކީ ތަޅާލަން ވެފަހުރި ތަނެކޭ ބުނެ ރައްޔިތުންނަށް ނުދީ ގަނަތެޅުވީ މިސަރުކާރުން. ތިތަނުގަ އޭޓީއެމް މެށިނުގަޑެއް ނުބެހެއްޓުނު ބަޔަކަށް ކުރެވޭނީ ކޮންކަމެއް. މޮޅެތި ވާހަކަ ދައްކައި ފޮނިކަޑާވަރުދޯ. ލަދެއްވެސް ނުގަނޭ އަނގައަރުވާކަށް

    32
  9. ޙިންނަބެ

    ދެވަނަ ފިޔަވަހީގައި އެމްޑީޕީގެ ކެމްޕެއިން ޖަގަހަ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ނިޔާޒް ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވައްސަކީ ފަސޭހަ އިން ދިރިއުޅެވޭނެ ތަނެއްގެ ގޮތުގައި ހަދައި ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ އެތައް އާދޭސްތަކަކަށް ހައްލު ގެނެވޭތޯ މަސައްކަތް ކުރެއްވި ކަމަށެވެ. ދެން ކީކޭ ބުނާނީ

  10. ކަމަނަ

    މިތަނަކުން ނުފެނޭ އެހެން އެއްވެސް ބައެއްގެ މަސައްކަތެއް. އެހެނެއް ނޫން މި ދަންނަވަނީ. ފޭސް ދޭއްގެ ވަރަށް ގިނަ މަސައްކަތްތައް އެހެން ސަރުކާރުތަކުން ވެސް މަސައްކަތްކޮށްފައި އެބަހުރި. ނަމަވެސް މި ސަރުކާރުން ކުރި މަސައްކަތް ވަކި މަދެއް ނުވާނެ." ނިޔާޒް ވިދާޅުވިއެވެ.

  11. ޙަފޯ

    ފޭސް 2 ހިއްކަން މުށެއްވަރު ވެލިކޮޅެއްވެސް ނިޔާޒު ވައްޓާލިންތަ.

  12. ދަރަނި ދަންތުރަ

    ފޭސް 2 ހިއްކީވެސް ސޯލިބޭ އެތާ ކޮތަރު ކޮށި ތަކެއް ހެދީވެސް ސޯލިބޭ އަލީ ނިޔާޒު މެންގެ ހަޔާތް ކުޑަ ކަންދޯ ، އަނގަ އޮތިއްޔާ ކާޅު ކެޔަ ނުދޭތީ ، ގައުމު ދަވާލައިފި

  13. އަހްމަދު

    ތިބޭފުޅުންނައް މިދައުރުގަ ފޭސްދޭއްގަ ކުރެވުނުކަމަކީ ރައީސްޔާމީންގެސަރުކާރުން ހިއްކާފައޮތްފޭސްދޭއް ގާތްއައުވާނުންނައް ގޯތިކަނޑާފަދިނުންކަމަށްވާނަމަ އެކަންތިޔަދަނީކުރަމުން މިސަރުކާރުން ބިންކޮޅެއްހިއްކާފަގޯތިދިންނަމަ ކަމެއްކުރެވުނުކަމަށް ގަބޫލުކުރެވުނީސް

  14. ހެ

    ލަދެއް ހަޔާތެއް ހުރި ބައްއެންނޫން މީ. ކުރީ ސަރުކާރުން 5000ރުފިޔާއަށް ދިނުމަށް ހަމަޖެހިފަ އޮތް ތަނެއް ކަލޭމެން އައިސް 8500ރުފިޔާ އަށް ދީފަ މިހާރު އިނތިހާބަށް ކުޑަތަން ވީމަ އަގަށް މަކަރުވެރި ބަދަލެން ގެނަޔަކަސް އަދިވެސް ކުރީ ސަރުކާރުން ހަމޖައްސަވައި ދެއްވި އަގާ ކައިރިވެސް ނުވޭ.ދެން ކޮށްވާހަކަ ތަކެއް ދައްކާކަށް. މުޅިން މަކަރާ ހީލަތުން އުޅޭ ބައެއް މީ.

  15. Anonymous

    ފޭސް ދޭއްގެ ވަރަށް ގިނަ މަސައްކަތްތައް އެހެން ސަރުކާރުތަކުން ވެސް މަސައްކަތްކޮށްފައި އެބަހުރި.
    ފޭސް2ގައި އެހެންސަރުކާރުތަކުންނޯ؟ ފޭސް2 އުފެއްދީ ޔާމީނުސަރުކާރުން. އެތާ ކުރި ހުރިހާ މަސައްކަތެއްކުރީ ޔާމީނުސަރުކާރުން ދެންކޮން ސަރުކާރު ތަކެކޭ ކިޔާ ރައްޔިތުންނަށް އޮޅުވާލަންތަ ތިޔަ އުޅެނީ. ފޭސް2އެއީ ސީދާ ރައީސް ޔާމީނު ސަރުކާރުގެ މަސައްކަތެއް މިހާރި ތިޔައުޅެނީ އެތަނަށް އުދުޅި ބާނައިގެން އެތާގެ ހުސްބިންތައް އެމްޑީޕީގެ އައުވާނުންނަށް ބަހައިގެން . ލަދުހަޔާސްވެސް ކުޑަވަންވާނީ ވަކިވަރަކަށް. ނިޔާޒް ހީކުރަނީ ރައްޔިތުން މިތިބީ ލޯކަނުވެފައި ކަމަށްތަ؟ފޭސް2 އެއީ ޔާމީނުގެ މަސައްކަތޭ ބުނަން ނުކެރިގެން ދޮގުމައްޗަށް ދޮގު ހެދިއަސް ރައްޔިތުންނަކަށް އޮޅުވައެއްނުލެވޭނެ.

  16. Anonymous

    މިސްކިތެއްހާ މިންވެސް ނުހެދުނު ނުންތޯ !