އައްޑޫ ސިޓީ ހިތަދޫގެ ދެ ގެއެއްގައި އަލިފާން ރޯކުރި މައްސަލައިގެ ތުހުމަތުގައި ހަ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މިދިޔަ ހަފުތާގެ އާދީއްތަ ދުވަހުގެ ރޭ ވައިޓްވިލާގެ އާއި ދޮންލަފަރު ގޭގައި ރޯކޮށްލި މައްސަލާގައި ހަ މީހަކު ހައްޔަރުކޮށްފައިވާކަމަށާއި، އޭގެ ތެރޭގައި ދެ ކުޑަކުދިންވެސް ހިމެނޭ ކަމަށެވެ.

ފުލުހުން ވިދާޅުވީ، ހައްޔުކުރި މީހުންގެ ތެެރެއިން ދެ ކުޑަކުދިން ފިޔަވާ ދެން ތިބި ހަތަރު މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާކަމަށެވެ. އަދި ކުޑަ ދެ ކުދިންގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާކަމަށެވެ.

ފުލުހުން މީގެ ކުރިންް ވިދާޅުވިގޮތުގައި، އެދެގޭގައި އަލިފާން ރޯކުރުމުގެ މަގުސަދަކީ ހަމަނުޖެހުން އުފެއްދުމެވެ.

ރޯކޮށްލާފައިވަނީ ވައިޓްވިލާ ގޭގެ ފެންޑާއެއްގައެވެ. އަދި ދޮންލަފަރުގޭގެ ދެ ކޮޓަރިއަކަށް މިއަލިފާނުގެ ހާދިސާގައި ގެއްލުން ވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ދުޝްމަނުންގެ މިފަދަ ނޭއްގާނީ ޢަމަލުތަކުގެސަބަބުންވެސް ރައީސް ޔާމީންގެ އިތުބާރުދާނީ ބޮޑުވަމުންނެވެ. އަދި އެމަނިކުފާނުގެ ސަޕޯޓަރުން ދާނީ އިތުރުވަމުންނެވެ. އިންޝާއަﷲ!