އަނިޔާވެރި ގޮތަކަށް މަަރާލާފައިވާ ރ.މީދޫ، ފެންފިޔާޒުގެ މުހައްމަދު އަނަސްގެ މަރުގެ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓުގައި މިއަދު ތާވަލުކުރި އަޑުއެހުން ކެންސަލްވެއްޖެއެވެ.
އަނަސް އަށް ހަމަލާދީ މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ލިޓަސް ސާވިސް ސެންޓަރު ތެރޭގައެވެ.
މި މައްސަލާގައި ދައުވާ ކުރާ ހަތް މީހުންގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލުކޮށްފައިވަނީ ހެނދުނު 9:30 އަށެވެ. އެކަމަކު އެ އަޑުއެހުން ކެންސަލް ވެފައިވާ ކަން ކްރިމިނަލް ކޯޓުން ވަނީ އަންގައިފައެވެ. އަޑުއެހުން ކެންސަލްވި ސަބަބެއް އަދި ނޭނގެއެވެ.
މި މައްސަލާގައި ހަތް މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރެއެވެ. އެއީ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒް އާއި ލ. ގަން ތުނޑީ، ނަންނާރިގެ ޖުނައިހު އަބްދުﷲ އާއި މ. ދިމިޝްގު އުސްމާން ޝަރީފާއި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި ގ. ލޮނުމިދިލިގޭ އަފްރާހު އަބްދުލް ރައްޒާގަށެވެ.
މި މައްސަލާގައި މި އަހަރުގެ ފެބްރުއަރީ މަހު ހެކި ބަސް ނެގުމަށް ބޭއްވި އަޑުއެހުމަށް ފަހު ދެން ބޭއްވުނީ މިދިޔަ މަހު ބޭއްވި އަޑުއެހުމެއް އެކަންޏެވެ. ފެބްރުއަރީ މަހު ބޭއްވި އަޑުއެހުމަކީ ހެކި ބަސް ނެގުމަށް ބޭއްވި އަޑުއެހުކެވެ. އެކަމަކު އެ މައްސަލާގައި ތުހުމަތު ކުރެވޭ ޖުނައިހަށް ލިޔެކިއުންތައް ނުލިބޭތީ ހެކި ބަސް ނުނަގައި އެ އަޑުއެހުން ނިންމާލިއިރު، މިދިޔަ މަހު ބޭއްވި އަޑުއެހުމުގައި ހެކި ބަސް ނަގަން ފެށުނެވެ.
އެ އަޑުއެހުމުގައި ހެކި ބަސް ދީފައިވަނީ އަނަސް ހޮސްޕިޓަލަށް ގެންގޮސް ބެއްލެވި އޭޑީކޭގެ އޮޕަރޭޝަން ޑޮކްޓަރ އިބްރާހިމް މުއުމިނެވެ. މުއުމިން ހެކި ބަސް ދިން ގޮތުގައި އަނަސްގެ ފުރާނަ ގެއްލޭ ފަދަ 24 ޒަހަމެއް ފެނުނުއިރު، ހޮސްޕިޓަލަށް ގެނައި އިރު ވެސް އޭނާގެ ނޭވާއެއް ނެތެވެ.
މި މައްސަލާގައި ދައުވާ އުފުލުނު މީހުންގެ ތެރެއިން ސިމާހު މޫސާއާއި، ހަސަން މަހްފޫޒާއި، މުހައްމަދު ޝާޒް، އަދި ޖުނައިހު އަބްދުﷲ ގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. އެއީ އަނަސް، ސައިލަތެއް މަތީ އިންދާ އޭނާއަށް ހަލާމާ ދިން މީހުން ތިބި ސައިކަލުތައް ދުއްވަން މި މީހުން ތިބީމައެވެ. މި ކުށް ސާބިތުވެއްޖެނަމަ 15 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އުސްމާން ޝަރީފާއި، އަހުމަދު ޒަޔާނާއި، އަފްރާހު އަބްދުއްރައްޒާގްގެ މައްޗަށް އުފުލާފައިވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާއެވެ. އެއީ ލިޓަސް ސާވިސް ސެންޓަރު ތެރެއަށް އަނަސް ދުވެފައި ވަދުމުން އޭނާގެ ފަހަތުން ވަޅިތަކެއް ހިފައިގެން އެތަނަށް ވަދެ، ވަޅިން އޭނާއަށް ހަމަލާދީ މަރާލާފައިވާތީއެވެ. ކުށް ސާބިތުވާނަމަ އަންނަނީ މަރުގެ ހުކުމެވެ.
މި ހަތް މީހުން ވެސް އެ މީހުންގެ މައްޗަށް އުފުލާ ދައުވާއަށް އިންކާރު ކުރެއެވެ.
އަނަސްގެ މަރުގެ މައްސަލައިގައި ޝަރީޢަތް ލަސްވަމުން ދާތީ އޭނާގެ އާއިލާ މެންބަރުންނާއި ރަހުމަތްތެރިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރޯމާ ދުވާލު ބޮޑު ޖަރީމާ ހިންގާފައިވެސް އިންކާރު ކުރީމާ އެ ނިމުނީހެއްޔެވެ؟
މި ސަރުކާރުގަ ތި ކަމެއް ނުވާނެ ލާދީނީ މީހުންގެ ކަންތައްތައް ފަތުއަޑު ކިޔާފަ ބާރަށް ދާނެ
މިހާދިސާ ހިނގާފައިވަނީ 2017 ވަނަ އަހަރު ޔާމިނު ދައުރުގަ.. ދެން ލަލަލަ
ބަލަ ޙަސަނާ! މި ސރުކާރުގައި ތިކަމެއް ނުވާނޭ ބުނާއިރު ނިމިދިޔަ ސަރުކާރުގައި އެކަން ނުވީ ކީއްވެބާ؟ ކުށްވެރިވީ އަނަސް ލައިގެން ހުރި ޓީޝާރޓް.
ބަލަގަ މިހިރަ މަހާ ކުރީ ސަރުކާރު ގޯސްވެގެން ގެނަ ދުއާ ދެންނެވިފަދަ ވެރިއެއްގެ ވެރިއެއްގެ މަލިމީ ކަމުގަ ހަމަ އެކަނި ލާދީނީ މީހުންގެ ކަންތައްތައް ބެލުމަކީ ކުރީ ސަރުކާރަށް ފާޑު ކިޔޭނެ ކަމެއް ނޫން ، ކުރީ ސަރުކާރުގެ މާލިމީ މަރަން ކޮޅުނބުން ސްނައިޕަރ ގެނަކަމަށް ތުހުމަތު ކުރި މީހާ މި ސަރުކާރުން އަވަހަށް ދޫކޮށްލި އިރު މިސްލިމެއްގެ ލޭ އޮހޮރުވުން މި ސަރުކާރުން ގެންފަނީ ފިނި ކޮށް
މޫނުތައް ކިތައްމެ ވަރަކައް ފޮރުވިޔަސް ތިޔަ މޫނުތައް ހެއްދެވި ފަރާތަކައް އޮޅުވައެއް ނުލެވޭނެ. ކިތައްމެ ދެކޮޅު ހެދިޔަސް އެކަމެއް ކުރި ގުނަވަނަކުން ޖަވާބުދާރު ކުރުވާނެ ދުވަހެއް އައްނާނެ.
ޔޫ އާ އިނޮސެންޓް އަންޓިލް ޕްރޫވެން ގިލްޓީ.
ކުޑަ ކުއްޖަކާ ބެހުނީމަ ސަތޭކަ އަހަރު، ކުޝެއް ނެތް މީހެއްގެ ފުރާނަ ދުއްވާ ލުމުން 15އަހަރާއި 25 އަހަރުގެ ޖަލު ހުކުމް..... ޖަލުން ދޫކޮއްލުމުން 2 ވަނަ ފުރާނަ ދުއްވާ ލުމުގެ ޗާންސް.
ޔާﷲ
އިންސާފުވެރި އިލާހް އެންމެންނަށްވެސް އިންސާފު ދެއްވަވާށި ޔާﷲ އާމީން