މާލޭގެ ލޮނުޒިޔާރަތްކޮޅުގައި މާލޭ ސިޓީ ކައުންސިލުން ޕާކު ތަރައްގީ ކުރުމުގައި މޭޔަރު ޝިފާ މުހައްމަދަށް ބޮޑެތި ތުހުމަތުތަކެއްކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަޙްޤީޤުކޮށް، ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލައިގައި ދައުވާނުކޮށް މައްސަލަ އަނބުރާ އޭސީސީ އަށް ފޮނުވާލައިފިއެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިރޭ ވިދާޅުވީ، އޭސީސީން މިދިޔަ ސެޕްޓެމްބަރު 29 ގައި ހުށަހެޅި މައްސަލަ އަނބުރާ ފޮނުވައިލީ ބައެއް ކަންކަން އިސްލާހުކުރަން ޖެހޭތީ، އެ ކަންކަން ފުރިހަމަކުރުމަށް ފަހު އަލުން ހުށަހެޅުމަށް ކަމަށެވެ. އިސްލާހު ކުރަން އެންގި ކަންތައްތަކުގެ ތެރޭގައި ދައުވާ ކުރުމުގެ ކުރިން އިސްލާހު ކުރަންޖެހޭ ކަންކަމާއި ތަހުގީގުގައި ފުރިހަމަ ކުރަންޖެހޭ ބައެއް ކަންކަން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިފާގެ މައްޗަށް ދައުވާ ނުކޮށް އޭސީސީ އަށް ޕީޖީން އަލުން މައްސަލަ ފޮނުވާލިއިރު ޝިފާގެ މައްޗަށް ދައުވާކުރަން އޭސީސީން ޕީޖީއަށް މައްސަލަ ފޮނުވުމުން އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ ގިނަ މެންބަރުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. ޝިފާގެ މައްސަލައިގެ ތަޙްޤީޤު ނިންމުމާއިއެކު އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އޭސީސީގެ މެންބަރުން މަގާމުން ދުރުކުރަން ވެސް މަސައްކަތް ކުރައްވާފައެވެ.
ޕީޖީން ޝިފާގެ މައްސަލަ އޭސީސީ އަށް މިފޮނުވީ އޭނާގެ މައްސަލައިގައި ގޮތެއް ނުނިންމާ ދޮޅުމަހަށްވުރެ ގިނަ ދުވަހު މަޑު ވެސް ކުރުމަށް ފަހުއެވެ. އާއްމު ގޮތެއްގައި ޕީޖީ އަށް ފޮނުވާ މައްސަލަތަކުގައި ދައުވާ ކުރުމާއިމެދު ދިހަވަރަކަށް ދުވަސް ތެރޭގައި ގޮތެއް ނިންމައެވެ.
ޝިފާގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ޕާކު ތަރައްޤީކުރުމަށް މާލޭ ސިޓީ ކައުންސިލުން ހިންގާފައިވާ މަޝްރޫޢުގައި ހިމެނޭ ޢިމާރާތްތައް (02 ފާޚާނާބަރިއާއި، 03 ހަޓާއި، 03 އެންޓްރަންސް ކެނޮޕީއާއި، ލައިފްގާޑް ޓަވަރެއް ރެނޮވޭޓްކުރުމާއި، 01 ގާޑަން ބްރިޖް ހަދައި އިންސްޓޯލްކުރުން) ގެ މަސައްކަތްތަކުގެ ތެރެއިން 02 ފާޚާނާބަރީގެ މަސައްކަތް އަމިން ކޮންސްޓްރަކްޝަނާއި ހަވާލު ކޮށްފައި ވަނީ ލިޔެކިޔުމެއް ނެތި ވާދަވެރި ދެފުށްފެންނަ އުޞޫލަކުން ނޫންކަމަށް ވާތީއެވެ.
އޭސީސީ އިން ކުރިން ވިދާޅުވެފައި ވަނީ ފުރަތަމަވެސް އެ ކުންފުނިން އެކަނި ކޯޓޭޝަން ހޯދައިގެން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (20 ފެބުރުވަރީ 2017) ގެ 10.25 ވަނަ މާއްދާގެ ދަށުން ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުޞޫލުން މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅައިގެން މަސައްކަތް ހަވާލުކުރުމަށް މަސައްކަތް ކޮށްފައިވާކަމާއި، އެ ހުއްދަ ނުދީ، ކައުންސިލްގެ އިދާރާގެ ބިޑް ކޮމިޓީގެ ހުއްދައަށް އެދުމަށް އެ މިނިސްޓްރީއިން އެންގުމުން، 03 ކޯޓޭޝަން ހަމަކޮށް ބިޑް ކޮމިޓީއަށް ހުށަހެޅިނަމަވެސް، އެ ކޮމިޓީއަށާއި ކައުންސިލްގެ މެމްބަރުންނަށް އެންގުމަކާ ނުލައި އެ މަސައްކަތް އަމިން ކޮންސްޓަރަކްޝަނާއި ހަވާލުކޮށްގެން ކުރުވާފައިވާކަން އެނގޭ ކަމަށެވެ.
މިވެރިކަން ނިމެންދެން ތިގޮތަށް ހިންދެމިލެވިދާނެ. އެކަމަކު ޕްރޮސިކިއުޓަރ ޝަމީވެސް ހިމެނޭހެން ދަމާނެ ދުވަސް ކުރިޔަށް އޮތީ.
ޖުޑިޝަރީ އިސްލާޙްވީމާ އިންސާފު ހުންނަ މަގަކީ ތިއީ
މިއީ ހާދަ ގާބިލު ޕީޖީއެކެދޯ މީނަނޫނީ ޤާނޫނެއް ޤަވަޢިދެއް ދަންނަ ހަމަ އެކަކުވެސްނެތީދޯ މީނާގެ ބުރާންތިކަމާއެ
ޓޯލަރެންސްވީ ......އަވަހަށް މުޅި ސަރުކާރު ފަނާކުރައްވާށި. ދިވެހިގައު މު ސަލާ މަތްކުރައްވާށި. އާ މީން.
ބާގީ އާއިލީ ވެރިކަން.....މެކުހަށް
މި ލާދީނީ ސަރުކާރުގެ ލާދީނީ ގުންޑާއަކު މުޅި ދައުލަތް ދަވާލިޔަސް ދަޢުވާއެއްނުކުރެވޭނެ ކޮންމެވެސް ބަހަނާއެއް ދައްކާފަ އަނބުރާ ފޮނުވާލަންޖެހޭނީ ޕީޖީވެސް މަޤާމުގެ ބޭނުންއޮތިއްޔާ ލާދީނީ އެމްޑީޕީ ބުނާހާ ގޮތެއްހަދާނެ އިދިކޮޅުމީހުންގެ މައްޗަށް ފުލުފުލުން ދަޢޫވާކުރާނެ އަދި ފަނޑިޔާރުންވެސް ޙުކުމްކުރާނެ
އެކަ މަނާއަށް ދަޢުވާކުރަން ހެޔޮނުވާނެ!
ނުކެރުނު ދައުވާކުރަން. ވަރަށް ޒާތީތައްސުބުން އެއްކިބާވެހުރެ ކަލޭ މަސައްކަތް ތިކުރަނީ. ގަނޫނުގެ ދިގު އަތް ފޯރަނެ
ޒީރޯޓޮލަރަންސް ކޯދުލާ އަރަނީ
އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
މިފެންނަނީ މިސަރުކާރުގެ ޒީރޯ ޓޮލަރެންސް
ކިތަންމެ ބޮޑު ވައްކަމެއް ކުރިޔަސް ދައުވާކުރުމެއް ނެތް
ހެލްތްމިނިސްޓަރ ހުދު ކަފަ، މަހުލޫފު ހުދު ކަފަ
ހަގީގަތުގައި ތިޔަ ދައުވާ ކުރަންޖެހެނީ ކެރަފާ ނަސީމަށް ޝިފާގެ ބޮލުގައި އަޅުވަނީ ކެރަފާ ނަސީމް ވަނީ އެޕާރކް ހެދުމުައި މިލިޔަނުން ރުފިޔާ ނަގާ ކާލާފައި އެތަނަށް ރުއްގަތުމާއި ގެރިގުއި ގަތުމާއި ގަހުކާނާ ގަތުމުާއި މެހެން ކޔަނެ ކަމެއް ނެތް ހުރިހާ ކަމެއްގައި ސިޓީ ކައުންސިލްގެ ބަޖެޓް ކުދިންނަށް މިކަން ވަރަށް ސާފުކޮށް އެނގޭނެ އަދި އިދާރީ ކުދިންނަށް ވެސް އެނގޭ
ހިލޭ ކުންފުނި ތަކުން ތަކެތި އަދި މަސައްކަތް ކުރުވާފައި ކެރަފާ ރަށްޓެހި މީހުން ލައްވަ ބިލް ހައްދައިގެން ފައިސާ ނަގަމުން ކަމުން ދަނީ ހެލްތް މިނިސްޓަރޯ އެކަމު އަދިވެސް އެޕާކް ތެރޭ ގައި ރެއާއި ދުވާލު އުޅެނީ އެތާއުޅޭ މަސައްކަތު މީހުންނަށް ވެސް އަބަދު ބަވަނީ މިހާރު ތިންފަހަރަށް ވަންނަ ޕޯޓިކޯގައި ފިލާ އަޅައިފި މިއީ ކިހާ ބޮޑު އިސްރާފެއް