ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެެ މަސައްކަތް ހަރުދަނާ ކުރުމަށް ޔުނިސެފް އިން އެ ސެންޓަރަށް 46 ލެޕްޓޮޕާއި، 5000 ޕީސީއާރް ޓެސްޓު ކިޓް ހަދިޔާކޮށްފިއެވެ.

ޔުނިސެފުން ބުނީ، އެޗްއީއޯސީއަކީ ކޮވިޑް-19 ރެސްޕޮންސް އޮޕަރޭޝަންގެ އެންމެ އިސް ފަރާތްތައް ކަމަށާއި، އެ މީހުން ގެންދަނީ ވަރަށް ޗެލެންޖިންގކޮށް މަދު ސްޓާފުންނާއި، ލެޕްޓޮޕާއެކު މަސައްކަތް ކުރަމުން ކަމަށެވެ.

އެހެންކަމުން ޔުނިސެފުން ހަދިޔާ ކުރި ލެޕްޓޮޕްތައް، ކޮވިޑް-19 އާ ދެކޮޅަށް ސެ ސެންޓަރުގައި މަސައްކަތް ކުރަމުންދާ 17 ގުރޫޕަކަށް ބަހާލެވިގެންދާނެ ކަމަށް ޔުނިސެފުން ބުންޏެވެ. އޭގެ ތެރޭގައި ރެޕިޑް ރެސްޕޮންސް ޓީމާއި، ކޯލް ސެންޓަރާއި، ކޮންޓެކްޓް ޓްރޭސިންގ ޓީމާއި، މީިޑިއާ އެންޑް ކޮމިއުނިކޭޝަން ޓީމާއި، މެޑިކަލް ސަޕްލައި ޓީމްގެ އިތުރުން، ޕްލޭނިންގ އެންޑް ކޯޑިނޭޝަން ޓީމް ހިމެނެއެވެ.

އަދި މީގެ އިތުރުން ހަދިޔާ ކުރި ޕީސީއާރް ކިޓްތަކުން، އެޗްއީއޯސީއަށް ކޮވިޑް-19ގެ ގިނަ ޓެސްޓުތަކެއް ހެދިގެން ދާނެ ކަމށްވެސް ފާހަގަކޮށްފައި ވެއެވެ.

ޔުނިސެފުން ހަދިޔާ ކުރި މި ތަކެތީގެ އަގު 1.73 މިލިއަނަށް އަރާނެ ކަމށް ޔުނިސެފުން ބުންޏެވެ. އަދި ކޮވިޑް-19އާ ދެކޮޅަށް އެހީއެއްގެ ގޮތުން މިހާތަނަށް ޔުނިސެފުން ރާއްޖެއަށް 17 މިލިއަން ރުފިޔާ ތަކެތި ފޮނުވާފައިވާނެ ކަމަށްވެސް ބުނެފައި ވެއެވެ.