މެދު ރާއްޖެ ތެރޭގެ ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ފެންބޮޑުވެދާނެ ކަަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން މީގެ އިރުކޮޅެއް ކުރިން ނެރުނު ރީނދޫ ސަމާލުގައި ވަނީ އދ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތަކަށް ބޯކޮށް ވޭރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށްފައެވެ. އަދި ފެންބޮޑުވެދާނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ.

އެ ސަާލުގެ މުއްދަތު ހަމަވާނީ މިރޭ 12:00 އަށެވެ.

މެޓް އޮފީހުން މޫސުން ކުރިއަށް ލަފާކޮށް ބުނެފައި ވަނީ، މިރެއާއި މާދަމާ މެންދުރުކުރިން ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއިއެކު ވިއްސާރަކުރާނެ ކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި، މެންދުރުފަހުންފެށިގެން އެކި ހިސާބަށް ކެރީގެ އަސަރުކުރާމެކަމަށް ލަފާކުރެވޭ ކަމަށް ބުނެފައި ވެއެވެ.

އަދި މެދުރާއްޖެތެރެއާއި ދެކުނުގެ ކަނޑުތަށް ގަދަވެފައި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަަމަށް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.

މީގެ އިތުރުން، މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށްވެސް ބުނެފައި ވެއެވެ.