ސަރުކާރުގެ ވުޒާރާތަކުގެ ދައުރުތައް އޮންނަނީ އެއް ވުޒާރާއާ އަނެއް ވުޒާރާއާ ގުޅިފައި ކަމަށާއި އެ ގޮތުގެ މަތިން ބާރު ފޯރުވާފައި ހުންނަވާނީ ބާރު ފޯރުވުމުގެ ގާނޫނީ ދައުރު އޮންނަ ކަންކަމާއި ތަންތަނަށް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
"ސަންގު ޓީވީ" ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ފައްޔާޒު މިހެން ވިދާޅުވީ، ސަރުކާރުގެ އެހެން މިނިސްޓްރީތަކުގެ މެންޑޭޓްގެ ތެރެއަށް އިކޮނޮމިކް މިނިސްޓްރީ ވަދެ ބާރު ފޯރުވަން އުޅޭ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މަޖިލީހުގެ ޖަލްސާގައި މިއަދު ވިދާޅުވެފައިވަނިކޮށެވެ.
މަޖިލީހުގެ ބައެއް އެމްޑީޕީގެ މެންބަރުން ފައްޔާޒަށް ކުރައްވާ ތުހުމަތުތަކާ ގުޅޭ ގޮތުން ޕްރެޒެންޓަރު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވީ އެ ތުހުމަތުތަކުގައި ކުޑަ ވަރެއްގެ ހަގީގަތެއްވާ ކަމަށެވެ. އެއީ މިނިސްޓަރު ބާރު ފޯރުވަން ޖެހޭ ކަންކަމުގައި ބާރު ފޯރުވާ ފޯރުކުރުވުން ކަމަށް ވިދާާޅުވިއެވެ.
އެކަމަކު، ގާނޫނީ އިމުގެ ބޭރުން އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ ބާރު ފޯރުވާ ބަސް ވިދާޅުވަނީ ގާނޫނީ ދައުރު އޮންނަ ކަންކަމާއި ތަންތަނަށް ކަމަށެވެ.
"އަޅުގަނޑަށް އެ ކުރެވޭ ކަމެއް އެ ކުރެވެނީ ސަރުކާރުން އެ ގޮތަށް ބޭނުންވެގެން، އެހެން މިނިސްޓްރީތަކުން އެކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ފެސިލިޓޭޓް ބޭނުން ވާތީވެ، ކުރުކޮށް ބުނާނަމަ ސަރުކާރުގެ މުޅި ކެބިނެޓުން ވެސް އެ ކަމަށް ރުހިގެން،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި، ސަރުކާރުގެ މިނިސްޓްރީތައް ހިނގަމުން ދާން ޖެހެނީ ވަރަށް ގުޅިގެންނެވެ. އާޒިމްގެ ވާހަކައަށް އިޝާރާތް ކުރައްވައި ވިދާޅުވީ އެގްރޯ ކުންފުނި ހިންގުމުގައި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ފިޝަރީޒް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީގެ ދައުރެއް ވެސް އޮންނަ ކަމަށެވެ.
"އެގްރިކަލްޗާ ކުންފުނި ހިންގުމުގައި ފިނޭންސް މިނިސްޓްރީގެ ދައުރު އަދި މާ ބޮޑު. އަޅުގަނޑުގެ ދައުރު ވެސް ބޮޑު. ހާއްސަކޮށް ކުންފުނިތަކުގެ ސްޓެރެޓެޖިކް ޑިޒިޝަންތައް ކަނޑައެޅުމުގައި އަޅުގަނޑުގެ ދައުރު އޮވޭ. އެފަދަ ކަންކަމުގައި އަޅުގަނޑު ބަސް ކިޔާނަން، ބާރު ފޯރުވާނަން،" ފައްޔާޒު ވިދާޅުވިއެވެ.
މިނިސްޓަރު ފައްޔާޒު ވަކިކުރުމުގެ މަސައްކަތެއް އެމްޑީޕީގެ އެތެރޭގައި ދަނީ ހިނގަމުންނެވެ. އެކަމުގައި އިސްކޮށް އުޅުއްވަނީ ވެސް އެމްޑީޕީގެ ރައީސް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ފައްޔާޒު ޕާޓީ ތެރޭގައި "ބްރޯ" އަކަށް ވެގެން އުޅުއްވާ ކަމަށް ވެސް ނަޝީދު ތުހުމަތު ކުރައްވައެވެ.
ސިޔާސީ މައިދާނުގައި "ބްރޯ" ގެ ލަފުޒު އުފެދުނީ ކުރީގެ ސަރުކާރުގެ ދުވަސްވަރުގައެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ނިސްބަތްކޮށް އެ ނަން ކިޔައި އުޅުނެވެ. ކުޑަ ދުވަސްކޮޅެއް ތެރޭގައި ނުފޫޒު ގަދަކޮށްލާ ޒުވާން ކޮންމެ ސިޔާސީ ބޭފުޅުންނަށް މިހާރު މި ނަން ނިސްބަތް ކުރެވެއެވެ.
ފައްޔާޒު ވިދާޅުވާ ގޮތުގައި "ބްރޯ" ގެ ލަފުޒު އެ ދެއްވަނީ އޭނާގެ މެންޑޭޓާއި ގާނޫނީ ދައުރު ބޮޑު ވުމުންނެވެ. އެކަމަކު އެ މަގާމުގައި ކުރައްވަން ޖެހޭ ކަންކަމާއި ގާނޫނީ ޒިންމާ އޭނާ އުފުލެއްވުމުގައި ދެމިހުންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮބާ ހީވޭ ކަމެންހެން. ކެނެރީގެ ކެރަފާ ބުއްޅަބޭ ރަކިވާންޖެހޭނީ. ވައިވެސް ނޭޅޭނެ
ތިޔަ ވީ ބޮޑު އިޢުތިރާފެއް ބާރުފޯރުވާ ކަމަށް ބުނެ، ބަލަ ޤާނޫނީ ކަންކަމަކީ ބާރު ފޯރުވަން ޖެހޭ ކަމެއް ނޫން އެއީ ޤާނޫނީ އިމުގެ ތެރެއިން ހިނގް ހިނގާ ހުންނަންޖެހޭނެ ކަންތައްތައް، ކޮންމެހެން މީހަކު ބާރު ފޯރުވާ ކަށް ނުޖެހޭ، ބާރު ފޯރުވާނަމަ އޭގެ މާނައަކީ ކަރަޕްޝަން އޭ، މިހިރަ ލަދު ކުޑަ އިންޑިޔާ އަށް ޤައުމު ނުވިއްވިގެން ތިޔަ އުޅެނީ
ރައީސް ނަޝީދު ވިދާޅުވާހެން މީކީ ކަމުދާ މީހެއްނޫން.
އެބުނާ ދައުރު އޮންނަ ކަންކަމުގެ ބޭނުން ނާޖާއިޒުގޮތުގަ ހިފައިގެން ބޭނުކަންކަމެއް ކުރަމުން ރާއްޖޭއަށް އަންނަ ބޭރުގެ އިންވެސްޓަރުންނައް މީނާ އަންނަނީ ޖެއްސުން ކުރަމުން. މީނާގެ މައްސަލައިންޑިޔާ ސަރުކާރާ ހިސާބައްވެސް ވަނީ ގޮސްފަ. ދެން ރާއްޖެއާއި އިންޑިޔާއާއި ދެމެދުގެ ގުޅުން ގޯސްވާނީ މީނާގެ ސަބަބުން.
ސަރުކާރުގެ އެސްއޯއީތަކުގެ ބެލެނިވެރިޔަކީ ފިނޭންސް މިނިސްޓަރު. އަދި އެސްއޯއީތަކުގެ ހިންގުން ހަރުދަނާކޮއް ބެލެހެއްޓުމުގެ މެންޑޭޓް އޮންނަނީ ޕުރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ޒިންމާގެ ތެރޭގަ. އިކޮނޮމިކް މިނިސްޓުރީ އިން ޖެހެނީ އިގްތިސޯދީ ޕުލޭންތައް ހަދައި ޕޮލިސީ ކޯޑިނޭޓް ކުރަން. ދެން މީނާ ކުންފުނިތަކުގެ ސުޓުރެޓެޖިކް ޑިސިޝަނޭ ކިޔާގެން މި ކިޔަނީ ކީކޭތަ.؟