ސަރުކާރުގެ އަމާޒަކީ ކޮންމެ ކުއްޖަކަށް ވެސް ރައްކާތެރި މާހައުލެއްގައި ކަށަވަރުކޮށްދީ، އަމިއްލަޔަށް އިސްނަގައިގެން ދިރިއުޅެވޭނެ ފަދަ އުޖާލާ މުސްތަގުބަލެއް ހޯދައިދިނުން ކަމަށް ނައިބް ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

ފައިސަލް ނަސީމު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

ފައިސަލް ނަސީމް ވިދާޅުވީ، މި އަމާޒު ކާމިޔާބުކުރެވޭނީ ދައުލަތުގެ ހުރިހާ އިދާރާއަކާއި، މުޖުތަމައުގެ ހުރިހާ ފަރުދުންގެ އެހީތެރިކަމާއެކުގައި ކަމަށެވެ.

ނައިބް ރައީސް ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު ތަސްދީޤުކުރެއްވީ ކުޑަކުދިންނަކީ އަމިއްލަ ޙައްޤުތަކުގެ ދިފާޢުގައި ނުވަތަ އަމިއްލަ ނަފްސުގެ ރައްކާތެރިކަން ހޯދުމަށް ބަސްބުނެވޭ ފަދަ މަޤާމެއްގައި ތިބި ބައެއް ނޫން ކަމުގައި ވާތީ، ކުޑަކުދިންނަށް އެ ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ މަގު ކޮށައިދިނުމުގެ ގޮތުންކަމަށެވެ.

އަދި، ސަރުކާރުންނާއި ދަޢުލަތުގެ ބާރުތަކުން އިސްނަގައިގެން އެ ކުދިންގެ ޙައްޤުތަކުގެ ދިފާޢުގައި ބަސްބުނެ، އެ ކުދިންގެ އަބުރަށާއި ކަރާމާތައް އުނިކަމެއް އައުން ނުވަތަ އެ ކުދިންގެ ދުޅަހެޔޮކަމަށް ގެއްލުމެއް ވެދާނެކަމަށް ހުޝިޔާރުވެ ސަމާލުވާން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާތީކަމަށް ފައިސަލް ވިދާޅުވިއެވެ.

އަދި، މި ޤާނޫނުތައް ވުޖޫދަށް އައުމަށްފަހު ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ރާއްޖޭގައި ކުރެވޭ މަސައްކަތްތަކަށް މި ވަނީ ހަރުދަނާ އޮނިގަނޑެއް ލިބިފައިކަމަށާއި، މި ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ މައިގަނޑު މަސްދަރުތަކާއި، އަސާސުތަށް ވަނީ ކުޑަކުދިންގެ ދުޅަހެޔޮކަމާއި އެ ކުދިންގެ ޙައްޤުތައް ރައްކާތެރިކުރެވޭނެކަން ކަށަވަރުކޮށްދީފައި ކަމަށްވެސް ވިދާޅުވިއެވެ.

ނައިބު ރައީސް ފައިސަލް އިތުރަށް ވިދާޅުވި ގޮތުގައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ދާއިރާއިން މިއަދުވެސް ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނައެވެ. އަދި، މި އަސާސުތައް ކަރުދާހަށް ތިރިކުރުމާއި މި އަސާސުތައް ހަޤީޤަތުގައި ތަންފީޒުކުރުމަކީ ތަފާތު ދެ ކަމެއްކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އުމަރު

    ސުވާލަކީ މިވެރިކަން ފެށުނުފަހުން މިރާއްޖެއަށް ކުއްޖަކު އުފަންވިތޯ؟ މިދައްކަނީ ހަދިޔާފޮށީގެ ވާހަކަ..

  2. ލލ

    ކުދިން ބޮޑު ކުރެވޭނީ ދައުލަތުން އެކަށީގެންވާ ބޯހިޔާ ވަހިކަން ފޯރުކޮށް ދީގެން މާލެ މީހުން މުއްސަދިކުރަން ކުޑި ގޮޅިނަގަން ބޭންކު ތަކުން މާލޭގައި ލޯނު ދޭގޮތަށް ރައްރަށުގެ މީހާގެ ގޭހަދަން ވެސް ލޯން ލިބެން ޖެހޭ !

  3. ޢަފްލާ

    ކަލޯ ބަސާ ނުކަނޑަ ބަލަ ވެރިކަމަށް އައިފަހުން ކިތަށް ފޭރުން ކިތަށް މަެުރު ކިތަށްރޭޕް ކިތަށް ކޮރަޕްޝަން ކިތަށް މަސްތު ކިތަށް ކިލޯ ކިތަށް މާރާމާރީ ގުނާލިންތަ؟ކިތަށް ގޮތްނޭނގެ މަރު ކިތަށް މީހުން ބިކަ ހާލުގަ ކިތަށް މީހުން ގެދޮރު ނެތިފަ ދެން ކޮން ފޯކެއް ކިޔާކަށް ވަގުތު ކުދިންވެސް ސަރުކާރަށް ވިކި ހުސްވެފަ ހައްތާވެސް ކޮރަޕްޓް ވަގުން