ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ދެފަނޑިޔާރަކު މަގާމުން ދުރުކުރަން ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ގެނެސް އެދެބޭފުޅުން މަގާމުން ދުރުކުރުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) މެދުވެރިކޮށް ފައިސާ ދިން ގޮތް އަދީބުގެ ސިއްރު ބަޔާނަކުން ހާމަވެއްޖެއެވެ.
ޓްވިޓާގައި އެމްޑީޕީގެ އެކްޓިވިސްޓް "ނައުޓީ މެޓޮކްސް" މިއަދު އާއްމުކުރި އަދީބުގެ ސިއްރު ބަޔާނުގެ ބައެއްގައި ބުނެފައި ވަނީ ފަނޑިޔާރުންގެ ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައީ ބޭފުޅުންތަކެއް އޭނާ އަށް ދެއްވި އިރުޝާދުތައް އޭރުގެ ރައީސް އަބްދުﷲ ޔާމީނާއި ހިއްސާ ކުރުމަށް ފަހުއެވެ.
"މި ބަދަލުތައް ގެނައުމަށް އަޅުގަނޑުމެން ހުށަހެޅުމުގެ ބަދަލުގައި އެމްޑީޕީގެ މެންބަރެއް މެދުވެރިކޮށް ހުށަހަޅުން ރަގަޅުވާނެތީ މަރަދޫ ދާއިރާގެ މެންބަރު ޝަރީފް މެދުވެރިކޮށް މިކަމާއި ގުޅުންހުރި އިސްލާޙް ގެނައުމަށް އަޅުގަނޑު ހުށަހެޅީމެވެ. ސަރުކާރުގެ ފަރާތުން ނޫން ގޮތަކަށް މިބިލު ހުށައެޅުމަށް އަޅުގަނޑު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) އާއި ބައްދަލުކޮށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާހެއް ހުށައެޅުމާއި ބެހޭ ގޮތުން މަޝްވަރާކުރެވި ވާހަކަ ދެކެވުނެވެ. ނަމަވެސް އެކަން ކުރަން އިބްރާހީދާ ޝަރީފް ޖެހިލުންވެފައި ހުރިކަން އަޅުގަނޑަށް އެނގުނެވެ. އަދި ހުށައަޅަން ބޭނުންވާ މަގުސަދަކީ 7 (ހަތެއް) ފަނޑިޔާރުންގެ އަދަދު މަދުކޮށް 5 (ފަހެއް) ފަނޑިޔާރުންނަށް ހެދުން ކަމަށް ވެސް އަޅުގަނޑު އިބްރާހީމް ޝަރީފް ގާތުގައި ބުނީމެވެ." ބަޔާނުގައި އަދީބު ވިދާޅުވެފައި ވެއެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ގެންނަ ބަދަލު ޝަރީފް ހުށައަޅާ ބިލެއްގެ ގޮތުގައި މަޖިލީހަށް ހުށަހެޅުމަށް ޝަރީފަށް 20,000,000ރ (ވިހި މިލިއަން ރުފިޔާ) ދިނުމަށް އެއްބަސްވެފައި ވާނެ ކަމަށާއި ވޯޓްލާނެ މީހުންގެ ޕެކޭޖެއް ތައްޔާރުކުރީ ޝަރީފް ކަމަށް ބަޔާނުގައި ވިދާޅުވެފައިވެއެވެ.
"ޕެކޭޖް" އަކީ ފައިސާ ދިނުމަށް އެއްބަސްވުމުން މަޖިލީހުގެ ތެރެއިން ވޯޓް ހޯދަން ޖެހޭ މެންބަރުންގެ ވާހަކަ ކަމަށް ވެސް އަދީބުގެ ބަޔާނުގައި ބުނެފައި ވެއެވެ. ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ހުށައެޅުމަށް ޝަރީފް އެއްބަސްވުމުން ބިލް ހުށަހެޅުމުގެ ކުރިން އޭން އަށް -/5,000,000ރ (ފަސްމިލިއަން ރުފިޔާ) ދީފައި ވާނެކަމަށް ވެސް އަދީބުގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
މިފައިސާ ދިނުމުން ޝަރީފް ހުށައަޅާ ބިލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށައެޅިގެން ދިޔަކަމަށާއި މިކަން ކުރީ ޝަރީފާއި ގުޅިގެން އެމްޑީޕީ މެންބަރުންނަށް ނޭނގި ކަމަށް އަދީބުގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
ޝަރީފް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާހެއް ގެނައުމަށް މަޖިލީހަށް ހުށައެޅުމުން އޭނާ އަށް ވާނީ 15,000,000ރ (ފަނަރަ މިލިއަން ރުފިޔާ) ދީފައި ކަމަށާއި އޭގެފަހުން ކޮމިޓީމަރުހަލާ ނިމި ތަޅުމަށް ދިޔައިރު 43 (ސާޅީސް ތިނެއް) މެމްބަރުންގެ ވޯޓް ލިބޭނެކަން އޮތީ އެނގިފައި ކަމަށް އަދީބުގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
"ނަމަވެސް ޕީޕީއެމް ބައެއް މެމްބަރުންގެ ތެރޭގައި ޚިޔާލު ތަފާތުވެގެން ދިޔުމުން އަޅުގަނޑު ވާނީ ޕީޕީއެމާ މެމްބަރުންނާއި ބައްދަލުކޮށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާހެއް ގެނައުމަށް މަޖިލީހުގައި ނެގޭ ވޯޓްގައި ޕާޓީގެ ވިޕްލައިން އެއް އަޅާފައެވެ. އަދި މަޖިލީހުގައި ވޯޓަށް އެހުނު އިރު އިނީ ޓީވީއިން މަޖިލީސް ބަލާށެވެ. ވޯޓުނެގުމަށްފަހު، އެއިސްލާޙް ފާސްވެގެން ދިޔައެވެ. މިޤާނޫނު ފާސްވުމާއި އެކު ރައީސް ވަނީ ޤާނޫނު ތަސްދީގުކޮށްފައެވެ. ޤާނޫނު ތަސްދީގުވެ ނިމުމުން ދެން ދިމާވި ކުރަން ބޭނުންވި ކަންތައްތަކުގެ ތެރެއިން އެންމެ އުދަގޫކަންތައްތަކާއެވެ. އެއީ ފަނޑިޔާރުން ވަކިކުރުމާއި، ނަންތައް ފާސްކުރުމެވެ. ސަބަބަކީ ފަނޑިޔާރުން ވަކިކުރާ ނަމަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަދެބައިގެ އަޣުލަބިއްޔަތުން ފާސްވާން ޖެހޭތީއެވެ. މީގައި އުދަގޫވެން ދިޔަ ކަމަކީ މަޖިލީހުގެ ޖަލްސާއަށް މެމްބަރުން ހާޒިރުކުރުމެވެ." އިތުރަށް ބަޔާނުގައި ވެއެވެ.
ފަނޑިޔާރުން ވަކިކުރަން ވޯޓަށް އަހާ ޖަލްސާއަށް މެމްބަރުން ހާޒިރުކުރުމާއި ބެހޭ ގޮތުން ޝަރީފް އާއި ވާހަކަދެއްކި ކަމަށާއި އެޖަލްސާއަށް ވެމާބަރުން ހާޒިރުކުރުމާއި ވޯޓުދިނުމަށް 100 މިލިއަން ރުފިޔާއިން ވެސް ނުވާނެ ކަމަށް ޝަރީފް އަދީބު އަރިހު ވިދާޅުވި ކަމަށް އަދީބުގެ ބަޔާނުގައި ވިދާޅުވިއެވެ. :އެކަން އަޅުގަނޑު ރައީސް ޔާމީން އަށް ދެންނެވުމުން ކޮންމެވެސް ތާކުން 100 މިލިއަން ރުފިޔާ ނަގައިގެން ނަމަވެސް އެކަން ކުރަން ޖެހޭކަމަށް ބުންޏެވެ. އެހެންކަމުން އަޅުގަނޑު ޖުމާހޫރީ ޕާޓީގެ ވަކިވަކި މެމްބަރުންނާއި، ވަކިން ބައްދަލުކޮށް." ބަޔާނުގައި ވެއެވެ.
ބަޔާނުގެ އިތުރު ބައެއް ލީކް ކޮށްލާފައެއް ނުވެއެވެ. އެހެންކަމުން ބަޔާނުގައި ދެން ހުރި ވާހަކަތަކެއް ސާފެއް ނުވެއެވެ.
އަދީބުގެ ބަޔާން ލީކް ކޮށްލުމުން ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދީބު ދެއްވައިގެން ޤާނޫނަށް އޭނާ އިސްލާހެއް ހުށަނާޅުއްވާ ކަމަށެވެ. އޭނާ ހުށަހެޅުއްވި އިސްލާހުތަކަކީ ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެން ހުށަހެޅުއްވި އިސްލާހުތަކެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އެނޫން ގޮތަކަށް އެފަދަ ކަމެއް ހިނގިނަމަ އޭނާ އާއި މެދު އެމްޑީޕީ އިން ފިޔަވަޅު އެޅީސް ކަމަށް ޝަރީފް ވިދާޅުވިއެވެ.
Adheeb dheegen alhugandu islaah eh husha eh naalhan. Alhugandu husha elhee Party Raees beynunfulhu vegen husha elhi islaah. Enoon gothakah ekan vefa innama alhugandu aa dheytherey eyru fiyavalhu alhaafa otheehee.Kithamme bireh dhekkiyas fahathah nujehey nan https://t.co/47XrYnBwIv
— Ibrahim Shareef (@AdduShareef) December 2, 2020
އޭނާ ވިދާޅުވީ ކިތަންމެ ބޮޑަށް ބިރުދެއްކި ނަމަވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި ލީކް ކޮށްލާފައި ވަނީ ފޭކް ރިޕޯޓެއް ކަމަށެވެ.
ތީކީ ސިއްރު ބަޔާނަކަށް ނުވިއެއްނު....ސިއްރު ބަޔާނެއްނަމަ ޕާޓީގައި އުޅޭ ވަކަރުގޭ ކުދިންކޮޅުގެ އަތުގައެއް ތިނޯއްނާނެތާ
އަދީބުގެ ބަޔާނަ ކީއަދި މޑޕ އަ ކ ކީއިތުބާރު ގެއްލި
މަ ކަރާއި ހީލަތުގެ ހުތުރު ފަސްބައެއް އޮތް ދެނަމެވެ އެއިން
ނަމަކ ކުން ނެރޭ ބަޔާނެއް ގަބޫލް ކުރާނެ ދިވެއްސަ ކު ނުވަތަ ބޭރުމީހަ ކ ކުވެސް ނުހުންނާނެއެވެ.
އަދީބު ޝަރީފް ދުވަހަ ކުވެސް މަރެއްނުވާނެދޯޯ ތިދެމީހުން ދިވެހިރާއްޖޭގެ ރައްޔިތުން ކުރިމަތީގައި ތިއީތެދެއް ކަމަށް މާތްﷲ ގަންދީ ހުވާ ކުުރަން ކެރޭނެބާ ދޮގު ބުނުމަ ކީ މުނާފިޤޫންގެ ސިފައެއް ކޮންމެވެސް ދުވަހަ ކުން މާތްﷲ ތި ކަމުގެ ހަޤީޤަތާއި ތިދެޖާހިލުން ކުރިމަތި ކުރަށް ވާށި އާމީން
ނައުޓީ މެޓޮކްސް (ޒުހެއިރުގެ ނަސްރުލް އަމީން / ބެނޑިއެ) އެއީ އެއްވެސް ކަހަލަ އުރައްޕެއްހުރި މީހެއް ނޫން.އޭނަ އެއީ ރޯނު އެދުރެއް.
މި އަދީބު ދައްކާވާހަކަ އުޑުދަށުގައި ވި ހިސާބެއްގައި ތިބިބަޔަކު އަހަކަށްވެސްނުވަނެ މީނަ ޔަމީނޭ ކިޔައިގެން ކިތަންމެބޮޑު ދޮގެއްވެސް ހަދައިފަނެ
ތާހިރުވީތީ މުޅި ގައުމު ކައި ހުސްކުރީ މި އެންމެން ވެގެން. ފެން ހޯހޯ. އެން.ޑީޕީ. ޕީޕީއެމް.ޖުމުހޫރީ ވެސް އަދި މައުމޫނު ވެސް. ވަރަށް ސަލާމް. ޓާޓާ ބާއި.
ޔާﷲ ރައީސްޔާމީން އެމްޑީޕީގެ މުނާފިޤުންގެ އަނިޔާވެރި ވަ ކިތަ ކުން ސަލާމަތް ވާނެ މަގުފަހި ކޮށްދެއްވަވާ ފާނދޭވެ ރައީސްޔާމީން އަ ކީ ހިތްވަރުގަދަ ކެރޭ އިސްލާމްދީނާއި ދިވެހިޤައުމުގެ ހައްޤުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމުގައި ﷲތަޢާލާ އެއްގެވިމަގުން ހިންގަވާނެ ދަރިޔެއް ކަމުގައި މާތްﷲމިންވަރު ކޮށްދެއްވާށިއާމީން ޔާﷲ އެންމެ މަތިވެރިމާތްރަސް ކަލާ ކޮ އިނބަ ﷲގެ ރަޚުމާއި ހަމްދަރުދީ ރައީސްޔާމީން އަށް އިތުރު ކޮށް ދެއްވަވާފާނދޭވެ. މާޝާﷲ
ދީނުގެ ހައްގުގަ ބައިތުލްމާލުން 2 ބިލިޔަން ކާލީ..ދީނުގެ ހައްގުގަ ބެންކޮކަށް އަޗާތަޅަން ދަނީ.. ފުކޮއް ބޮޑުވަރު...އަންނި އަށް ސަޕޯރޓް ކުރާ ބުރާންތިންވެސް އޭނާ އަށް ސަނާ ކިޔާކަށް ދީނޭ މިއްލަތެކޭ ނުކިޔާ..ވަރެއްވާ ވެފަ ތިހުރި
މީ ފޭކް ބަޔާނެއް. ހަމަ އެކަނި ބޭނުންވަނީ، ރައީސް ޔާމީންގެ ނަން ގެންނަން. އެކަމަކުވެސް ދެން ތި ޕީޖީގެ އެތެރެ ތަންފުކެއްބޮޑަށް ހަރުދަނާވާން އެބަޖެހޭ ދޮތްތޯ؟
ތިއީ ތެދުވިޔަސް ދޮގުވިޔަސް ވާނެ ކަމެއް ނޯންނާނެ ސަރީފު އަކައް، ވަރައް ހީވޭ ތެދެއްހެން
މިހާރުގެ ހާލަތުން ތިލިޔުމުގެ އެއްވެސް މިންވަރެއް ޔާމިން އަދި ޕޕމ މިހެއް ނޫން މީހަކައް ވެއްޖެޔާ ތީފޭކް ރިޕޯޓެއް. ޔާމިނާ ނޫނީ ޕޕމ މެންބަރަކާ ދެކޮޅައް ބޭނުންކުރަން ވެއްޖެޔާ ރަނުންރަނައް ތީހެކި. އިނގޭހާވެސް އެއްޗެކަކީ ވެރިކަމައް އައީވެސް ކަޅުފޮށިގެ ބާރުން، މިހާރުވެސް އަތުޖެހުނު ގޮތަކައްކަނީ މިކަން ނިންމާނީވެސް ކަޅުފޮށިން. މައުމޫން، ނަސީދު ސޯލިހު، ގާސިމް، އިމްރާން އިލްޔާސް އިންޑިޔާ ސަފީރައް ބުނަންއޮތީ ވަގުތު ކުޑަވެއްޖެ ވާހަކަ
ތިއޮތީ ތިކަން ހިނގިގޮތް ވަރަށް ސާފުކޮށް ފަޅާއަރާފަ. މަވޯޓާގެ ނަމެއް ނޫނޭ ނަސީދުގެ ނަމޭ އެތާ އޮތީ. ދެން ޕާޓީ ކުއްޖާ ނޫނީ އަދީބު ސަލާމަތްވާން އޮޅުވާލަންވެގެން މަވޯޓާގެ ނަން ޖެހީކަން މިއެނގުނީ.
ހުރިހާ ކަމެއް ހުއްޓާލާފަ މިއީ ހަމަ އަސްލު ސިއްރު ބަޔާންތަކެއްތޯ ބަލައި މިލީކުވާގޮތެއްނު ހޯދަންވީ..
މަކަރުވެރި އެމްޑީޕީ ސަރުކާރުން ސިޔާސީ ބޭނުން ހާސިލް ކުރަން ސިއްރު ބަޔާންތައް ލީކު ކުރަނީ..
ކޮންމެ ނުބައި ނުލަފާ ކަމެއް މި ޤައުމުގައި ހިންގާފައި ވީނަމަވެސް އޭގެ އަޑީގައި މި އަންނި ހުރޭ.. ކޮންނަމުން ކޮންނަމުން ގޮސް އަޑީގަ ޖެހޭއިރު އަންނި މީ ރިޔަލިޓީ އަކީ.މިއަދު ޝަރީފް ދުއްވާލަން ބޭނުންވީކަން ނޭގެ. ބަލަ އަންނިދޯ ބުނީ އަދީބަކީ ތިމަންނާ ފޮނުވި ކަތުރު ފަންޏެކޭ އެހެން ވީމަ ބަޔާން ބޭނުން ގޮތަކަށް މިސަރުކާރައް ނެގޭނެތާ..... ސޮނި އަންނި މިޤައުމުގެ ހަލާކު...
ނަސީދު ގޭގަ ބަހައްޓައިގެން އަދީބާ ނަސީދު އެއްބަސްވީ އަލީހަމީދު އާ ސައީދު ބޭރުކުރުމަށް.7ން5އަށް ބަދަލުކުރަނެ ނަސީދާ އަދީބު އެްއްބަސް ވެ އެޅުވި ފަނިން ބޭރުވެގެން ދިޔައީ މުއިއްޒުއާ މުއުތަސިމް މިއަށްކިޔަނީ އަމިއްލަޔަށް ފޭއްސި އިލޮށި އަމިއްލަ ލޮލަށް ހެރުނީ ކަމަށް.
ހުސް ދޮގު ...ބޭނުންހާ ސަ ކަރާތެއް ނުޖެހޭނެ...ސައިޒް ނޯޅި ފައިބަން ޖެހޭނީ
ރައީސްޔާމީން ރަޖަމް ކުރަން މާނަޔަ ކީ ވެރި ކަން
ޙަރާބު ކޮއްލަން ރ ނަޝީދު ބޭނުން ކުރީ އަދީބު ކަން
ހާމަވެއްޖެ (އަދީބް ދެ ކޮޅުންވެސް ކަމުންއައީ)
އަދީބުއަކީ އޭނާދޭ އެއްވެސް ބަޔާނެއްވެސް ބުނާބަހެއްވެސް ޤަބޫލުކުރަންޖެހޭވަރު މީހެއްނޫން ، އޭނަގެ ވިސްނުމުގައި ބަދަލުހިފުން ނޫން އެހެންކަމެއްނެތް ، ބަޔާން ދޭނަމަ އަނގަބަހުން ނުދޭންވީ ކީއްވެ
ތަރާދަކުން ކިރާލީމައި ޝަރީފް އެބުނާ އެއްޗެއް ވެސް އެބަދިމާވޭ. ޝަރީފް އެމްޑީޕީ މެމްބަރަކަށްވެހުރެ، ޕީޕީއެމް ސަރުކާރުގައި އޮވެ އެމީހުން ބޭނުންވާ އިސްލާހެއް އެއްމްޑީޕީ މެމްބަރަކު މެދުވެރިކޮށް މަޖިލީހަށް ހުށައެޅޭނީ އެމްޑީޕީގެ ރައީސް ގެ ހުއްދަލިބިގެން. އެނޫން ގޮތަކަށް ޝަރީފް އެކަން ކުރިނަމަ ޝަރީފް ހުންނާނީ ޕާޓީން ވަކިވެފައި. ބަލާބަލަ އިހަށް ދުވަހު ފުރަހަނި ޝުއައިބުއަށް އެވީގޮތް. އެހެންވީމައި ކެނެރީގޭ ނަޝީދަކީ އެމްޑީޕީގެ ޑިކްޓޭޓަރ.
އެދުވަހު ޔާމީނުވެސް ބޭނުންވާކަންކަން ކުރުވަން އެހެންމީހުންނާއި ޑީލްކުރުމަށް ބޭނުންކުރީ އަދީބު އެންމެ ފަހުން އަތަށް ގޮވީ.
ހަމަ އެގޮތަށް ނަޝީދުވެސް ބޭނުންވާކަންކަން ކުރުވަން އެމްޑީޕީގައި ތިބި އަލިފެއް ބާއެއް ނޭގޭ ޖާހިލުން ބޭނުން ކުރީމައި މިހިރަގެން އަތަށް ގޮވަނީ.
މިތިބީ ހުސްވަގުން، ވަގަކު ވިހާނީވެސް ވަގެއް، ވަގަކަށް ލިބޭނީވެސް ވަގެއް.
އެއިރު ދީފާ ބުނީ ތީ ހިތް ހަލާލޭ އެނގިއްޖެ؟
ތިޔަކީތަޙްޤިޤުކުރުމުގެއެއްވެސްހުނަރެއްހުރިމީހަކުކުރިމަތީދީފައިވާބަޔާނެއްނޫންވީމަފުލުގުންގެއަގުހިފެހެްޓުމުގެގޮތުންވެސްފުލުހުންއެއްޗެއްއެބަބުނަންޖެހޭ
މި ފެނނަނީ އަލަށް އުފައްދާ ހާމަކުރަމުން ދާ ފޯކްލޯރު ކުރު ވާހަކަ
އޭގެތެރޭގަ ފިރިމީހާ އަބުދުﷲ ޖާބިރުވެސް ހިމެނޭނެތާ ދިޔާނާޔާ ޖާބިރު ދައްކާވާހަކަ އަޑުއަހާނެބައެއްނެތް ދިވެހިރައްޔިތުންގެތެރޭ