ފުލުހުންގެ އިދާރާއަށް ދެވިފައިވާ ނަން "މޯލްޑިވްސް ޕޮލިސް ސާވިސަސް" ގެ ނަން "ދިވެހި ފުލުުންގެ ހިދުމަތް" އަށް ބަދަލު ކުރަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލުގައި ހިމަނާ ގޮތަށް އެ ބިލް ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ފާސްކޮށްފިއެވެ.

ބިލް ދިރާސާކޮށް ތަޅުމަށް ފޮނުވާފައިވާ ކޮމިޓީ ރިޕޯޓްގައި ބުނެފައިވަނީ، އަމަލު ކުރަން ފެށުމުން ފުލުހުންގެ ގާނޫނުގެ ދަށުން ގާއިމް ކޮށްފައިވާ "މޯލްޑިވްސް ޕޮލިސް ސާވިސް" މި ގާނޫނުގެ ދަށުން އުފައްދާ "ދިވެހި ފުލުހުންގެ ހިދުމަތް" އަަށް ބަދަލުވީ ކަމަށެވެ.

އެއާއެކު "މޯލްޑިވްސް ޕޮލިސް ސާވިސް" ގެ އެންމެހައި ގާނޫނީ ޒިންމާތަކާއި މުވައްޒިފުންނާއި އިލްތިޒާމްތަކާއި މުދަލާއި ވަސީލަތްތަކާއި އިމްތިޔާޒުތައް މި ގާނޫނުގަިއވާ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިން މި ގާނޫނުގެ ދަށުން އުފެދުނު ދިވެހި ފުލުހުންގެ ހިދުމަތަށް ބަދަލުވީކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ޢަފްލާ

  ތީތި އިނގިރޭސި ބަހަށް ތަރުޖަމާ ކުރީމަ ކިޔަނީ ކީކޭތަ؟

  26
 2. އަލީ

  މިހާރުވެސް ދިވެހިން ކިޔަނީ (ދިވެހި ފުލުހުންގެ ހިދުމަތ) އިގެރޭސިން ކިޔަނީ (މޯލޮޑިވޮސް ޕޮލިސް ސަރވިސް) ބޖްގަވެސް އިންނާނީވެސް މިގޮތައް. ތިޔައްކިޔަނީ އަމާބުނީތީ ފަރައްދާ އުސޫލުން ކުރާ ކަންކަން ކުރުން😂😂😂😂😂😂😂😂

  29
  1
 3. ސަގަރު

  "ދިވެހިން ފެލުމުގެ ހިދުމައް" ރަގަޅުވާނެ

  20
 4. ކޮރަލް

  ޒަމާނާ ނުގުޅޭ ނަމެކެވެ.

  17
  3
 5. ވާންޗޯ

  ވާނުވާ ނޭންގެ ނޫސްވެރިން. މިހާރު ވެސް ދިވެހި ބަހުން ކިޔަނީ ދިވެހި ފުލުހުންގެ ޙިދުމަތް. ނޭންގެންޏާ ޕޮލިސް ބެޖް ބަލާލަބަލަ.

  20
  1
 6. ީޓާޓާ

  ދެން ބަދަލު ކުރންވީ ހުސޭން އާދަމް ބިލްޑިންގުގެ ދެންއެބިލްޑިންގައް ކިޔަންވީ އަބުދުއްލޯ ލުތުފީ ބިލްޑިންގު

  18
  5
 7. ކޮސް

  ކީއްކުރާނީ އެފަކީރުން ޙޯދާ ސަރިއަތަށް ސާބިތު ކުރިޔަސް ސިޔާސީ މީހުންގެ ސަބަބުން ކުށްވެރިން މިނިވަން ވޭ. އަސްލް މިއަގައުމަށް ޖެިހިފާވާ އެންމެ ބޮޑު އުދަގުލަކީ ސިޔާސީ ޕާޓީ ވެރިކަން ކުރުން. ކުޑަކާފު ބޮޑު ކާފު މާރަގަޅު

  4
  1
 8. ކާފަރު

  ފުލުހުންގެ މަރުކަޒުގެ ނަން ބަދަލުކޮށްގެން ވާނެ ކަމެއް އޮންނާނެތަ.. ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް ތަކާއި، ރައްޔިތުންނާއި މެދު ތި ގެންގުޅޭ މިނިކާވަގު އުސޫލު ބަދަލު ނުވަންޔާ ކޮބާ ވަކި ނަން ބަދަލުކޮށްގެން ވާނެ ކަމެއް..

 9. Please

  Thoddoo police station 👏👏👏👏👏👏👏

  4
  1
 10. ތިލަދުން

  ކައިގެންނޯ ފުރާނީ ނުކައެއް ނުފުރާނަމޯ
  ކިޔޭ އެއްޗެއް އެބައިނގޭތަ

  11
 11. ޙިބަރު

  މިލްޓަރީ ޕޮލިސް، ގެ ނަން އަސްކަރީ ފުލުހުންނަށް ބަދަލުކޮށްލަބަލަ ހިއްވަރެއް ހުރިއްޔާ

  10
 12. މުހައްމަދު އަންޖުމް

  ތިޔަނޫންކަމެއް އެބަކުރެވޭތަ ނަންބޯޑް ބަދަލުކުރުމާ ދުލިބަދަލު ކުރުންނޫންކަމެއް ނުކުރޭ ބަލަގަ ތިޔަހުރިހާކަމަކަށްވުރެ ރައް ޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ސަމާލުކަން ދޭނީ ކޮން ދުވަހަކުން ރައްޔިތުންގެ ޚަޒާނާއުން ވައްކަން އިތުރަށް ކޮށް ގެން މިހާރު އޮތް 3 ވަނަ 1 އަށްގެންނަންތަ ތިޔައުޅެނީ މިގައުމުގަ އޮތް ހަމަޖެހުމާ އަމާންކަން އިރު އިރު ކޮޅާ ހަރު ކައްޓާ މަޑުކަށްޓަށް ހަދައިގެން އެމީހުންގެ ފަހަތުން ތިޔަދު ވަނީ ސަރުކާރުގެ ހެޔޮފުޅުކަމުންނޭ ބުނުވަންތަ ނުބުނާނަން ތީނާގާބިލްސަރުކާރެއްގެ ބަލަދުވެރުން ތިޔަށްކިޔަނީ ހަރުފަޔާ ބޮނޑު އުސޫލުން ކުލަޔާ ދުލިބަދަލު ކުރުން މުޅިގައުމު ފަސާދަކޮށްގެން ހަމަ ހުލިކުރަނީ އެނޫންކަމެއް އަދިނުކުރޭ

 13. ކައްބެ

  ކަލޯމިހާރުވެސް ދިވެހި ފުލުހުންގެ ހިދުމަތޭ ގައުމުގަ ހިނގަނީ މަށަށްއެނގޭ ކަމަކީ އިނގިރޭސި ފުލުހުންގެ ހިދުމަތެއް މިގައުމުގަ ނެތްކަން އެކަމަކު މުސްތަގުބަލުގަ ހިންދީފުލުހުންގެ ހިދުމަތް މިގައުމަށް އަތުވެދާނެ ޔަގީންކަމާއިއެކު ބުނާނަން.