ނ.މަނަދޫގެ އަލަށް ދޫކޮށްފައިވާ ގޯތިތަކުން ގަވާއިދާއި ޚިލާފަށް ގިނަ އަދަދެއްގެ ރުއްގަސް ކެނޑުމާއި އުފުރި މައްސަލާގައި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން އެރަށު ކައުންސިލް ޖޫރިމަނާކޮށްފިއެވެ.
އީޕީއޭއިން މިއަދު ބުނީ، ދިވެހިރާއްޖޭގެ ތިމާވެށިރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ޤަވާއިދާއި އެއްގޮތަށް ފުރިހަމަކުރަންޖެހޭ އިދާރީ ކަންކަން ފުރިހަމަ ކޮށްފައި ނުވާ ކަމަށެވެ
އަދި އެ ކަމާއި ގުޅިގެން އެރަށު ކައުންސިލް ޖުމްލަ 20،000 ރުފިޔާއިން މިއަދު ޖޫރިމަނާ ކޮށްފައި ވާ ކަމަަށް ބުނެފައި ވެއެވެ.
އަދި މިޖޫރިމަނާ ފައިސާ މިއެޖެންސީއަށް 30 ދުވަހުގެ މުއްދަތުގެ ތެރޭގައި އީޕީއޭއަށް ދެއްކުމަށް އެރަށު ކައުންސިލަަށް އަންގާފައިވާނެ ކަމަށްވެސް ބުނެފައި ވެއެވެ.
ޢަސްތާ ވަމުން ވަމުންގޮސް ވާރުތަ ވެ ލިބޭ މުދަލާ އަމިއްލަ ހަލާލު މަސައްކަތުން ހޯދާ މުދަލަށްވެސް ބާރު ފޯރުވާ އަޅުވެތިކަން އިންތިހާ އަށް ގެންދަނީ....
ޢަހަރެންގެ ހަލާލު ފައިސާއިން އަހަރެން ގަނެގެން ގެންނަ މުދާ ކޮޅު އަހަރެންނަށް ބޭނުން މި ކިރެވެނީ ބަޔަކު ކާން އެމީހުންނަށް ލާރި ދިނުމަށްފަހު...މިގައުމަކީ އަހަރެންގެވެސް ގެދޮރު ކަމަށްވީއިރު ކީއްވެބާ އަހަރެން ގެންނަ މުދަލަށް އެހެން ބަޔަކަށް ލާރިދީފަ ގެއަށްވެއްދެނީ...މިއަށްވުރެ ބޮޑު އަޅުވެތިކަމެއް ނުދެކެން...ނުރުހުމުގަވެސް ކާން ބޯން ބޭނުމިއްޔާ މިމީހުންނަށް ލާރި ދޭން ޖަހޭ.....