ލައިސަންސް އޮވެގެން ދުއްވަންޖެހޭ ނުވަތަ އޮޕަރޭޓްކުރަންޖެހޭ އެއްގަމު އުޅަނދެއް ލައިސަންސް ނުނަގައި ދުއްވައިފިނަމަ ވެހިކަލް ދުއްވި މީހަކު ޖޫރިމަނާ ކުރުމުގެ އިތުރުން ވެހިކަލް 15 ދުވަހުގެ މުއްދަތަށް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށްދީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހަށް އަމަލު ކުރަން ފަށައިފިއެވެ.
އޮގަސްޓް މަހުގެ 18 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެޤާނޫނު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ތަސްދީގު ކުރެއްވީ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުއެވެ. ޤާނޫނުގައި ބުނެފައިވާ ގޮތުގައި ޤާނޫނަށް އަމަލު ކުރަން ފަށާނީ ޤާނޫނު ތަސްދީގު ކުރާތާ ތިން މަސް ދުވަސް ވުމުންނެވެ. އެހެންކަމުން ޑިސެމްބަރ މަހުގެ 01 ވަނަ ދުވަހުން ފެށިގެން މިހާރު ދަނީ މިޤާނޫނަށް އަމަލު ކުރަމުންނެވެ. މިހާރު ވެސް ފުލުހުން ވަނީ ލައިސަންސް ނެތް މީހުން ދުއްވި ބައެއް ވެހިކަލްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް މިހާރު ގެނެސްފައިވާ އިސްލާހް ބުނާ ގޮތުން ލައިސަންސް އޮވެގެން ދުއްވަންޖެހޭ ނުވަތަ އޮޕަރޭޓްކުރަންޖެހޭ އެއްގަމު އުޅަނދެއް ލައިސަންސް ނުނަގައި ދުއްވާ ފަރާތްތައް، ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ޖޫރިމަނާކުރުމުގެ އިތުރުން، އެފަރާތުން ދުއްވި އުޅަނދު ގިނަވެގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ހިފަހައްޓައި، އުޅަނދުގެ ވެރިފަރާތް -/2000 (ދެހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.
އެޤާނޫނުގައި އިތުރަށް ބުނެފައި ވަނީ ލައިސަންސް އޮވެގެން ދުއްވަންޖެހޭ ނުވަތަ އޮޕަރޭޓްކުރަންޖެހޭ އެއްގަމު އުޅަނދެއް، ލައިސަންސް ނުނަގައި ދުއްވުމަކީ މަނާކަމެއް ކަމަށާއި އެފަދަ ޢަމަލެއް ކުރި މީހެއްގެ އަދަބަކީ، ފުރަތަމަ ފަހަރަށްނަމަ -/1000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ. ދެވަނަ ފަހަރަށްނަމަ -/1500 (އެއްހާސް ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުމެވެ. އަދި ދެފަހަރަށްވުރެ ގިނަ ފަހަރަށްނަމަ، އިތުރުވާ ކޮންމެ ފަހަރަކަށް -/2000 (ދެހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.
ލައިސަންސް ނެތި ވެހިކަލެއް ދުއްވައިފިނަމަ 15 ދުވަހަށް ވެހިކަލް ހިފަހައްޓާ އުސޫލަށް އަމަލު ކުރަން ފެށުމާއިއެކު ބައެއް މީހުން ގެންދަނީ މީސް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.
އޮގަސްޓް މަހު އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ވަނީ ބައެއް އިތުރު ބޮޑެތި ބަދަލުތަކެއް ވެސް ގެނެފައެވެ. އޭގެތެރޭގައި ޤަވައިދާއި ހިލާފަށް ޕާކް ކުރުމުން ކުރާ ޖޫރިމަނާ -/250 ރުފިޔާ އަށް ވަނީ ކުޑަކޮށްފައެވެ. މިހާރު އެއްވެހިކަލެއްގައި ކިތައްމެ ގިނައިން ސްޓިކާ ޖެހިނަމަވެސް ޖޫރިމަނާއަށް ބަދަލެއް ނާންނާނެއެވެ. ނަމަވެސް ޤަވައިދާއި ހިލާފަށް ޕާކް ކުރާ ފަރާތެއްގެ ލައިސަންސުން ޕޮއިންޓް ކެނޑުމުގެ އިހްތިޔާރު މިނިސްޓްރީއަށް ދީފައިވެއެވެ.
އަލަށް ޤާނޫނަށް ގެނައި ބަދަލުތަކާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ބައެއް އިތުރު ޤަވައިދުތައް ހަދަން ޖެހެއެވެ. އެޤަވައިދުތައް ހަދަން ވަނީ ހަމަސްދުވަހުގެ މުހުލަތެއް ދީފައެވެ.
ފެ ލަނީ ހެޔޮފުޅު ކަމުން
ގޭގަ ނިދާފަ އޮއްވާ ދޯ؟
ވަރައް އަދަބުވެރި ކަމާއެކު ބުނެލަން މިހާރު ޓުރާނަސް ޕޯރޓުން ކުރާ ހުރިހާ ކަމެއް އޮންލައިން ކޮއްކުރަން ހަމަޖެހިފަވާތީ އެންމެންނަކީ އޮންލައިންކޮއް ކަންތައްކުރެވޭބައެއްނޫން ވީމާ ލައިސްސުގެކަންތައް ޓުރާންސު ޕޯރޓު މިނިސްޓަރީނޫން އެހެން ތަނަކުން ލައިސަންސުގެ ކަންތައް ފަސޭހައިން ކުރެވޭގޮތް ހަދާފަ ނޫނީ ޖޫރިމަނާ ނުކުރުމައް ސަރުކާރައް ގޮވާލަން. މިހާރު3މަސް ވެއްޖެ ލައިސަނަސު އާކުރަން ޓުރާނަސްޕޯރޓައް ހުށަހަޅާގެން އުޅޭތާ އަދިވެސް ޚަބަރެއްނުވޭ. ޕޮލިހުން ފުރަތަމަ ޓުރާންސްޕޯރޓުގެ ކަންތައް ހުރިގޮތްބަލާފަނޫނީ ޖޫރިމަނާ ނުކުރުމައް
ހަބަރު ކިޔާ ލަިމާ މުޅިއަކުން ސާފެއްނުވި ލައިސަންސް އޮވެ އެވަގުތު އަތުގަ ނެތުމާ އެއްގޮތަކަށް ވެސް ލައިސަންސް ނެތުމާ ތަފާތެއްހުރިކަމަށް.
ލައިސަނަސް ނަގާ ޓެސްޓް ހަދާ އުސޫލުވެސް އިސްލާހު ކުރަން ޖެހޭ. ބޭނުން މީހަކު ފާސް ކިރަނީ. ޢެހެން ގައުމުތަކުގަ ވެސް ޓެސްޓް ހަދާހެން ޙަދަން ޢެބަޖެހޭ. ފޮމްލައިގެން މަސް ދުވަސް ޥާއިރު އަދި ޓެސްޓަށް ދާން ނާންގާ. ބުނާ ގަޑިއަށް ޓެސްޓް ހަދާ މީހުންނަށް ނާދެވޭ
އޮންލައިން ޕޯޓަލް މަސައްކަތް ކުރޭތޯ ބަލާލިންތޯ
އަދިވެސް ވަންނަ ވަރު މަދު ވެގެން ރައްޔިތުން ފެހަނީ
ބަރާބަރު ނިންމުންތަކެއް
ތިގޮތަ ބަރާބަރޭ ގޮވި އެމްޑީޕީ ގެ ސަޕޮޓަރެއްގެ ސައިކް އަތުލީމަ ވީ ސަރުކާރު ގޯސް. ލޮލް
އޭގެތެރޭގައި ޤަވައިދާއި ހިލާފަށް ޕާކް ކުރުމުން ކުރާ ޖޫރިމަނާ -/250 ރުފިޔާ އަށް ވަނީ ކުޑަކޮށްފައެވެ.
ކުރިން ކުރި ޖޫރިމަނާ ތައް އިސްލާހް ކުރަން ޖެހެ އެވެ.
ޖޫރިމަނާ އަކުން ނޫނީ އެއްކަމެއްވެސް ކުރާކަށް ނޭނގެ އެވެ.
ދެން ރާއްޖެތެރޭ ހުރިހާ ރަށެއްގަވެސް ލައިސެންސް ނެގޭ ގޮއި ހަދައިދޭނެ ގާނޫނެއް ހެދިނަމައޭނު.
ދުވާލަކު މަދުވެގެން ލައިސަންސް ނެތި ގާތް ގަޑަކައް 50 ވެހިކަލް މާލޭގައި ދުއްވާނެ ..އެކަމުވެސް ދުވާލަކު އެއްވެހިކަލް ވެސް ލައިސަންސް ނެތި ނުހިފެއްޓޭ،،އެހެންވެ ތިކަމެއް ނުވާނެ..ވަރައްރަގަޅު އިސްލާއެއް އެކަމު ކިހިނެއް ބަލާނީ ،މާލެ ތެރޭގައި ދުއްވާ ވެހިކަލް ވަރައް ނުބެލޭ މުޅިންވެސް ބުރިޖު އަރަންޔާ ބެލެނީ..
ފަތިހު އާއި ހަވީރު މުޅިންވެސް ފެންނަނީ ލައިސަން ނަގަން ދަސްކުރަން ދުއްވާތަން އެކަމު ގިނަފަހަރު އެލް ބޯޑު ވެހިކަލް ގަ ނީދޭ..ޑުރައިވިންގ ސްކޫލް އިން ދަސްކޮއްދޭނަމަ އެލް ބޯޑު ހަރުކޮއްފަ އިދޭ.
ތިކަން ވާނެބާ؟
ވެރިއެއްގެ ވެހިކަލް އެއް ދުއްވައިފިނަމަ ވާނީ ކިހިނެއްބާ؟
ލައިސެންސް ނެތި ސައިކަލް ދުއްވާފަ ސައިކަލް ހިފަހައްޓާ ޖޫރިމަނާކުރީމަ ގޯސްވަނީ ސަރުކާރުންނާ ފުލުހުން ޕާކް ކުރަންނުޖެހޭ ތާކު ޕާކްކުރީމަ، ސްޓިކާޖެހީމަވެސް ގޯސްމިވީ ހަމަ ސަރުކާރުންނާ ފުލުހުން. ސައިކަލްގެ ވެރިފަރާތުގެ އެއްވެސް ކުށެއްނެތް. ފުރަތަމަ ކީއްކުރަން ލައިސެންސް ނެތި ސައިކަލް ދުއްވަނީ؟ ކީއްކުރަން ގަވާއިދާ ހިލާފައް ޕާކް ކުރަނީ؟
ބުރޯ ޕާކް ކުރާނެތަނެއް ދައްކަނެވީނުން
އޯކޭ ޕާކް. ބަޓް އެބައުޓް ލައިސެންސް ބްރޯ....
ސައިކަލު ތަންކޮޅެއް ދުރުގައި ބައިންދާފައި ކުޑަ ތަންކޮޅަކަށް ހިނގާލާފައި ދާ ތާކަށް ދިޔަޔަސް ކަލެއަކަށް ގެއްލުމެއް ނުވާނެ
ރާއްޖޭ ގަ ކުއްވެރި ވަނީ ވެހިކަލް ދޯ. ދުއްވާ މިހާގެ މައްސަލައެއް ނެއް. ކީއްތަވާނީ ދއުވި މީހަކު 15 ދުވަހައް ބަންދުކުރީޔާ އާމުކޮން ލައިސަންސް ނިނަގަ އުލޭނީވެސް ކޮނޮމެވެސް މެހެއްގެ އަތުން ނޫނީ ވަގައް ނަގައިގެން ދުއްވާމީހުން ..ގަވައިދު ހަދަން މިތިބެނީ ކަނޑުކޮހުންތަ އަލެ
ކެއްނުވާވަރަށް ޖޫރިމަނާ ކުރީމަ ލައިސެންސް ނަގަނީ މައި ފޫޓްއިންތޯ؟
ވަގަށް ނަގައިގެން ދުއްވައިފިއްޔާ ވެސް ވެރިފަރާތް ޖޫރިމަނާ ކުރާނެތަ؟ އެހެޖްވެއްޖެނަމަ ވަރަށް ގޯސް.
ތީ ވަރަށް ސަޅި ގަވާއިދެއް ދެން ސައިކަލް ތަންކޮޅެ ގިނައިރު ގޭގަ ހުންނާނެ.ނުދިނަސް ހީވާނީ އެހެންފަދަކަމެހެން މަށައްވުރެ ގޯސް މީހަކު ނީންނާނެ.މިހާރު އުޒުރެއް ދެއްކޭނެ.މިފަހަރު ތި ހެދި ގަވައިދަ މަ ތާއީދު
ލައިސަންސްނެތި ދުއްވުމުން ތިގޮތައްޢަމަލުކުރުންއޯކޭ އެކަމުސައިކަލްމަތީގަ މަޑުކޮށްލައިގެންއިންދަ ތިޔަޖަހާސްޠިކާއެބަޖެހޭ ހުއްޓެން މަޖިލިސްމެމްބަރުން ނުވަތަ ޓްރާންސްޕޯޓު މިނިސްޓްރީން އެބަޖެހޭމިކަން ރައްޔިތުންނައްސާފުކޮށްލަދޭން މަގުގެއެއްފަރާތުގަ މަޑުކޮށްލައިގެން ސައިކަލްމަތީގައިންދަމިޖަހާ ސްޓިކާ ނުވަތަ ސްލިޕް މައްސަލައައް ހައްލެއްލިބޭނެބާ؟
ޓްރާންޕޯޓުން ލައިސެންސް ކާޑް އާކުރަން އެދިގެން 1 މަސް ވާއިރުވެސް ނުނިމޭ، ދެން އަދިވެސް ރައްޔިތު މީހާ ޖޫރިމަނާ މިކުރަނީ.
1 އަހަރު ވި ތި އެއްވެސް އާކުރަން
ބަރާބަރު.މަ ސައިކަލު ދެން ކޮއްކޮ އަށް ނު ދެވޭނެ ރަނގަޅު އުޒުރެއް✌️
ލައިސަންސް ނެތި ދުއްވާނަމަ ގޭގައި ބަންދުކުރަންވީ