މުޅި ގައުމު އެއްބައިވަންތަކުރެވޭނެ ވަރުގެ ކެޕޭސިޓީ ހުރި ކެޕޭސިޓީ ހުރި ކެންޑިޑޭޓަކު ކޯލިޝަނުން ނިކުންނަތަން ފެންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕާޓީތައް ގުޅިގެން އުފައްދާފައިވާ ކޯލިޝަންގެ އެންމެ ބޮޑު ދެޕާޓީ ކަމަށްވާ އެމްޑީޕީ އާއި ޖޭޕީގެ ދެމެދުގައި ޚިޔާލުތަފާތުވުން އުފެދި އެއްބަޔަކު އަނެއްބަޔަކަށް ބަހުގެ ހަމަލާތައް ދެއްވަމުން ގެންދަވަނިކޮށް އަމީތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުޅި ގައުމު އެއްބައިވަންތަކުރެވޭނެ ވަރުގެ ކެޕޭސިޓީ ހުރި ކެންޑިޑޭޓަކު ކޯލިޝަނުން ނިކުންނަތަން ކޯލިޝަން ރޫޅިދާނެކަމަށް ހީކޮށް، އަތްޖަހަންތިބި މީހުންނަށް، ފެންނާނެކަމަށެވެ.
Coalition roolhidhaane kamah heekoh ayyjahan thibi meehunnah fennaane mulhi gaumu ebbaivantha kureveyne varuge capacity huri candidate aku coalition in nikunna'than.
Emmenge othee eh maslahatheh. Corruption aai, fasaadha aai, vakkamaai, aniyaaverikamun gaumu salaamayy kurun.
— Mohamed Ameeth (@MohamedAmeeth) May 27, 2018
"ހުރިހާ ލީޑަރުންނާއި، ސިޔާސީ ޕާޓީތަކުގެ އޮތީ އެއް މަސްލަހަތެއް, އެއީ ކޮރަޕްޝަނާއި، ފަސާދައާއި، ވައްކަމާއި، އަނިޔާވެރިކަމުން ގައުމު ސަލާމަތްކުރުން, ީ އެ މަސައްކަތް ކުރުންމަތީ ދެމިތިބޭނަން. އަދި މާތްﷲގެ ވާގިފުޅާއިއެކު އެ މަސައްކަތް ކާމިޔާބުކުރާނަން" އަމީތު ވިދާވިއެވެ.
އަމީތު މިހެން ވިދާޅުވެފައިވާއިރު، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ޕާޓީތަކަށް އެއް ކެންޑިޑޭޓަކު ނުނެރެވޭނެކަމަށް ބުނަމުންނެވެ. އަދި ޕާޓީތަކުގެ މެދުގައި އޮތް އެކުވެރިކަން ގެއްލި، ވަކިވަކިން އިންތިޚާބުގައި ވާދަކުރަން މަސައްކަތްކުރަމުންދާކަމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ނަމަވެސް އިދިކޮޅުން ބުނަމުންދަނީ ވަކިވަކި ޕާޓީތަކުން ޕްރަމައިރީ ބާއްވާ ކެންޑިޑޭޓު ކަނޑައެޅިނަމަވެސް ރިޔާސީ އިންތިޚާބުގައި ޕާޓީތައް ތަމްސީލްކުރާނީ އެއް ކެންޑިޑޭޓުކަމަށެވެ.
އިދިކޮޅުން ނެރެންޖެހޭނީ ނަޝީދުއެކަނި. އެއީ އެމްޑީޕީ އިން. އެހެންޕާޓީތަކުގެ މަތުން ހަނދާނެއްނެތްމިހާރު އެހެން ޗޮއިސެއްނެތް. އަމީތުކޮން ޕާޓީއެއްތަ. ކޮންހައިސިއްޔަތަކުން ތިވާހަކަ ދައްކަނީ
ތިކަން ކިހިނެއްވާނީ؟ ފެބްރުއަރީ 1ގައި ޤާސިމު އިސްވެހުރެ ސްޕްރީމްކޯޓުން އަމުރެއް ނެރުމާއެކު ، ވަގުތުން އަންނި އެ އިޢުލާންކުރީ ތިމަންނަޔޭ ކުރިމަތިލާނީ! އަދި ކޯލިޝަނެއްވެސް ބޭނުމެއްނޫނޭ! ނިލަންދޫދާއިރަގެ މެމްބަރ ޑޮކްޓަރ ޚަލީލް އެތަކެއްފަހަރު ބުނާއަޑުއެހިން ފުޅާކޯލިޝަންދަނީ ރޫޅޭމުންކަމަށާ އެއްކެނޑިޑޭޓަކު ނެރެނ ކުރާ މަސައްކަތްދާނީ ފަނުފުލުންކަމަށް! އަމިއްލަ އެދުމަގެން ތެޅޭންހަދައިގެން އަމީތުމެންގެ ޤަދަރާ ޢިއްޒަތް ވަޅުލެވި ، މަރިޔަބުގެއްލި ، ކަތިވަޅިގެއްލި ، ކޮށިދަނޑުވެސް ތިހުރީ ގެއްލިފަ!
ތިގޮތަށް މިއަހަރު ފެބްރުއަރީން ފެށިގެން ކެނޑިޑޭޓުން ނެރެނީނު. ވެއްޓެނީ ވެއްޓެނީގަ ތިކޯލިޝަނެއް ހެދިފަހުން ތަސްބީހައެއްހެން ކިޔާލަ ކިޔާލަ ތިތިބެނީ. ރޯދަމަހު ރޯދަ ހިފާނީ ޔާމިނު ސަރުކާރު ނިމުމަކަށް ގެނެސް ފަޔޭ ބުނި މީހުންތީ؟
އަމީތުއެވެ، ސިޔާސީ ބޭނުމަކަށްވެސް ދޮގު ހެދުމަކީ ރަގަޅު ކަމެއް ނޫނެވެ، ހާއްސަކޮށް ރަމަޟާން މަހު. ތިބުނާ މީހެއް ނެރެންޏާ މިހާރު ނެރެވުނީސް.
މިއާޓިކަލް ފޮޓޯގަނޑު ވަރަށް ގުޅޭ. އަމީތު ނާކާމިޔާބުވެ މާޔޫސް ވީމަ ހުންނަހެން ފެންނަނީ. އަމީތުއަށްވެސް އިނގޭ މިހަދަނީ ދޮގެއްކަން. އެކަމު ކީތް ކުރާނީ މިއަދު މަޖުބޫރުވޭ އެހެން ކިޔާލަ ކިޔާލަ ހުންނަން
ކަލޭ ސިކުނޑީގެ މައްސަލައުޅޭތަ؟
ހިލޭ ބޭސްފަރުވާކޮށް ދެއެއްނުން، ދެންކީއްވެ ނުކޮށް ތިހުންނަނީ މާބޮޑުވަރު ވެދާނެ