ސްރީ ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލެވޭ ގޮތް ހެދުމަށް ވުރެ، އެ ގައުމުގެ މުސްލިމުން އެދެނީ އަމިއްލަ ފަސްގަނޑުގައި ވަޅުލުމަށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން މިއަދު ވިދާޅުވެއްޖެއެވެ.

އަލީ ހުސެއިން އެގޮތަށް ވިދާޅުވެފައި ވަނީ ސްރީ ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލެވޭނެ އިންތިޒާމެއް ހަމަޖައްސައިދޭން އެ ގައުމުން އެދިފައިވާތީ، ކަމާބެހޭ ފަރާތްތަކާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާކުރައްވަމުން އަންނަ ދަނޑިވަޅެއްގައެވެ.

އަލީ ހުސެއިން މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ މުސްލިމަކު މަރުވުމުން އެންމެ ރަނގަޅު ގޮތަކީ އެމީހަކު އޭރު ހުރި ބިމެއްގައި ކަފުންކޮށް ކަށުނަމާދުކޮށް ވަޅުލުން ނޫންތޯ ސުވާލު ކުރައްވައިފައެވެ.

"ލަންކާގެ މުސްލިމުން ވެސް އެދޭނީ އެމީހުންގެ އަމިއްލަ ފަސްގަނޑުގައި ވަޅުލުމަށް. ލަންކާގެ މުސްލިމުންނަކީ ދެވަނަ ދަރަޖައިގެ ރައްޔިތުންތަ؟،" އަލީ ހުސެއިން ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީން އިއްޔެ ވިދާޅުވީ ކޮވިޑުގައި ލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް އެ ގައުމުގެ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އަންގާފައިވާ ކަމަށެވެ.

އެހެންވެ، ރާއްޖޭގައި އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމުގައި އެހީތެރިކަން ހޯއްދެވުމަށް، ލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީފުޅެއް ފޮނުއްވާ ކަމަށް ބަޔާނުގައިވެއެވެ.

އިސްލާމީ އުހުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަގުސަދުގައި އަދި ރާއްޖެއާ ސްރީ ލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިއާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ހާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސް ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާ ކުރައްވަމުން ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުން އަންދާލާތީ އެގައުމުގެ މުސްލިމުންނާއި އަދި ބައިނަލްއަގްވާމީ އެކި ޖަމާއަތްތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކޮވިޑް-19 ޖެހިގެން މަރުވާ މީހުން ވަޅުލުމުގެ ހުއްދައެއް އެ ގައުމުގައި ނޯވެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ބުނެ، ބަލީގައި މަރުވާ އެންމެން ވެސް އަންދާލަނީއެވެ. އެކަމާ ކްރިސްޓިއަނުން ވެސް ވަރަށް ބޮޑަށް ތިބީ ނުރުހުންވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މާލެ ބޭބެ

    މިއީ އިންސާނީ ޖަރީމާއެއް. ކޮބާތޯ ރޮހިންޔާގެ މުސްލިމުން ބަރުމާއިން ބޭރުކުރިގޮތަށް ލަންކާގެ މުސްލިމުން ބޭރުކުރުމުގެ ފެށުމަކީ ފުރަތަމަ ޤަބުރު ދެން މުސްލިމުން. ލަންކާގެ މުސްލިމް ލީގާއި ސިޔާސީގޮތުން ބާރުގަދަ ޕާޓީތައް އޮންނައިރު މުސްލިމުންގެ ރައުޔަކީ ކޮބާތޯ ދިވެހި ސަރުކާރުން ބަލާކަށް ނުޖެހޭތޯ.....

    40
    1
    • ވަހުތާނު އަހުމަދު

      އެމީހުންގެރައުޔުކީއްކުރަން އެމީހުންގެ ބަހުރުވަވެސް މިތިބަމީހުންނެއްނުބަލާނެ! ހަދާ ޑީލެއްވިއްޔާ. !!

      25
      1
    • ކޮސް

      ތިޔަ ބުނާ މީހުންނަށް ކަމެއްނުވެގެންދޯ މިހިސާބަށް އައީ. ފަސޭހައިގަ އުޅެން ބޭނުމިއްޔާ ޖެހޭނީ އަގުލަބިއްޔަތަށް ތަބާވެގެން ތިބެން

      2
      3
  2. ހުސޭނުބޭ

    މި މީހުން ހުންނަނީ ދިޔާސީ އިޙްސާސް! މުސްލިމެއްގެ އިހްސާސް އެއް ނުހުރޭ!

    16
    9
  3. ރެފްރީ

    ގަބުރު ޓޫރިޒަމްފެށުނީމާ ދިވެހިންނަށް އިތުރުވަޒީފާލިބި ދިވެހިންގެދިރިއުޅުމުގެ ފެންވަރުމަތިވެގެންދާނެ އަދި އަދި ގިނައަދަދެއްގެ ގަބުރުވެރިން ރާއްޖެއަށް ޒިޔާރަތްވެސްކުރާނެ!

  4. ކޮވިޑް

    މީ ވަރަށް ނުބައި ނުލަފާ ރޭވުމެއް،ލަންކާގެ ރައީސްގެ ވައުދެއް ލަންކާއިން މުސްލިމުން ހުސްކުރުން.މިކަމަށް ރާއްޖެއިން މި ދެނީ ހިތްވަރު.މިކަން މިގޮތަށް ކޮށްފިނަމަ ލަންކާއިން މުސްލިމުން މަރުވާރޭޓް ގިނަވާނެ،ނަންވާނީ ކޮވިޑް އަށް .މީ މަކަރުވެރި ހީލަތްތެރި ރޭވުމެއް،ރާޖަޕަކްސާ އަކީ ލަންކާއިން މުސްލިމުން ހުސްކުރަނެކަމުގެ ވައުދުގައި ހުރެ ރައީސް ކަމަށް އައިސް ހުރި މީހެއް،

    6
    1
  5. ރިހާކުރުކުޑޭ

    ލަންކާބޭނުންވަނީ ރާއްޖެއަށް ކޮވިޑްބަލި އާން މުރަން .. އޭރަށްތާ ރާއްޖޭގެޓޫރިޒަ މް ބަނގުރޫޓުވާނީ !! އާދޭސްކޮށްފާބުނަން ތިޔަޑީލުނަހަދާ ދިވެހިންހި މާޔަތްކޮށްދީ!!

    10
    1
  6. ބޭކާރު

    ލަންކާ ސަރުކާރުން މިކަމާއި ރާއްޖެއާއި ވާހަކަ ދައްކާތީ ހައިރާންވޭ.
    އަދި ރާއްޖެއިން މިހާތަނަށް ލަންކާގެ މުސލްިމުންނަށް ކުރާ ދުއްތުރާތަކަށް ބަހެއްނުބުނެ އެމީހުން މަރުވުމުން މާހެޔޮބަޔަކަށްވެގެން އެމީހުން ވަޅުނުލެވިގެން އުޅޭތީވެސް ހައިރާންވޭ.

    10
  7. ވިސްނާ

    "ފޮރިން މިނިސްޓްރީން އިއްޔެ ވިދާޅުވީ ކޮވިޑުގައި ލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް އެ ގައުމުގެ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އަންގާފައިވާ ކަމަށެވެ".. މިހެން ވިއްޔާ ރާއްޖެއިން ވަފުދެއް ފޮނުވަންވީއެއްނު ލަންކާއަށް އެހީތެރިވެދޭން. އެއިރުން މާރަގަޅުވާނެ.

    11
    1
  8. ހުޅުކޮޅު

    ލަންކާ މުސްލިމުން މިރާއްޖޭގަ ވަޒަންވެރި ކުރުވަންވީ ނޫންތޯ.އަދި އޭގެ އިތުރުން އިންޑިއާގައި ދިރިއުލޭ މުސްލިމުންވެސް ރާއްޖޭގައި ވަޒަން ވެރިކުރަން އަވަހައް އެ ސަރުކާރުތަކާ ވާހަކަ ދައްކަން ފެންނަނީ.

  9. ލލ

    ލަންކާގެ މުސްލިމުން މިހާތަނަށް އައިސްފައިވަނީ ލަންކާގައި މަރުވާ ދިވެހިން ލަންކާގައި ކަށުނަމާދު ކޮށްދީ ވަޅުލާ ދިނުމުގައި ލާމަސީލު ނަމޫނާ ދައްކަވާފައި، މާތް ﷲ ލަންކާގެ މުސްލިމުން ނާއި އެންމެހައި މުސަލިމުންނަށް ނަސްރާއި ކާމިޔާބު ދެއްވާށި !