ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރި މައްސަލައަކީ ދާދި ފަހުން ވުޖޫދު ކުރެވުނު އިންތިގާލީ އިންސާފުގެ ގާނޫނުގެ މަފްހޫމަށް ފެތޭ މައްސަލައެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވިދާޅުވެއްޖެއެވެ.
އިންތިގާލީ އިންސާފުގެ ގާނޫނުގައިވަނީ 1953 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން އިންތިޒާމުވެގެން ހިންގާފައިވާ އިންސާފުން ބޭރު، އިންސާނިއްޔަތާ ހިލާފު އަމަލުތައް ބަލާނެ ގޮތުގެ ގާނޫނީ އޮނިގަނޑެވެ. މި ގާނޫނާ އެކީ އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލަ ބަލަން ގޮވާލާ އަޑު ގަދަވެފައިވެއެވެ.
"ސަންގު ޓީވީ" ގެ ޕްރޮގްރާމެއްގައި ރޭ ބައިވެރިވެވަޑައިގެން އިންތި ވިދާޅުވީ އަބްދުﷲ ގާޒީއަށް އަނިޔާއެއް ދެވިފައިވާ ކަން ފާހަގަކުރެވިފައި ނުވާ ކަމަށާއި އެހެންވެ އޭނާ ހައްޔަރު ކުރި މައްސަލައަކީ އިންތިގާލީ އިންސާފުގެ ގާނޫނުގެ މަފްހޫމަށް ފެތޭ މައްސަލައެއް ނޫން ކަމަށެވެ. އަދި ފަނޑިޔާރު ހައްޔަރު ކޮށްފައި ވަނީ "ނުރައްކާތެރި" ތުހުމަތުތަކެއްގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިންތި ވިދާޅުވީ އަބްދުﷲ ގާޒީގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި އޭނާ ހައްޔަރުކޮށް އެކަހެރިކޮށް ބެހެއްޓީ ގާނޫނުތަކުގެ ބޭރުން ނޫން ކަމަށެވެ. އިންސާފެއް ނެތި ރައްޔިތުން ހިފައި ހައްޔަރުކޮށް އެހެން ސަރުކާރުތަކުގައި އަނިޔާ ކޮށްފައިވާ ގޮތަކަށް ނޫން ކަމަށް ވިދާޅުވިއެވެ. އަދި ނިޒާމީ ސިފައެއްގައި ދައުލަތުގެ މުއައްސަސާތަކުންނާއި ވެރިން އަނިޔާ ކޮށްފައިވާ ކަމެއް ރައީސް ނަޝީދުގެ ވެރިކަމުގައި ހިނގާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަބްދުﷲ ގާޒީއަށް ދިން އަނިޔާއެއް އޮތީކީއެއް ނޫން، އެ ގާޒީއަކީ ޖިނާއީ ކޯޓުގެ ގާޒީއަކަށް އިންނެވިއިރު، ކޮންމެސް މީހަކު މަރައިލި މައްސަލައެއްގައި ހެލްތު މިނިސްޓަރު ޖަވާބުދާރީ ކުރުވަން ކަމަށް ވިދާޅުވެ އެމީހާ ދޫކޮށްލި. ދޫކޮށްލި ދުވަސް ނޫން އަނެއް ދުވަހު އެމީހާ ގޮސް އެހެން މީހަކު އަނެއްކާ މަރައިލީ، އެ މިންވަރުގެ ފަނޑިޔާރުން ފަނޑިޔާރުކަން ކުރުމުގައި އޮތް ނުރައްކާ އޭރު ވެސް ސިފަވޭ،" އިންތި ވިދާޅުވިއެވެ.
އިންތި މިހެން ވިދާޅުވިއިރު އެ ގާނޫނަކީ ވަކި ބަޔަކު ހައްޔަރުކޮށް ވަކި ބަޔަކަށް އަނިޔާ ދިނުމަށް އަމާޒުކޮށް އެކުލަވާލާފައިވާ ގާނޫނީ އޮނިގަނޑެއް ކަމަށް އިދިކޮޅު ފަރާތްތަކުން ސިފަކުރެއެވެ. މި ކަން އެމްޑީޕީގެ އިސް ބޭފުޅުން ދޮގު ކުރައްވައެވެ.
އެމްޑީޕީއާ ގުޅުން ހުރި ކަމެއް ބަލަންޔާ އެއްވެސް އެއްޗެކަށް ނުފެތޭނެ
ދެންކޮންމަފުހޫމަކަށްތޯ ފެތެނީ ބުނެދެއްވާ! ދެންބުނޭ ޢަބުދުﷲ ގާޟީ ވަގަށްނެގީ މުހައްމަދު ނަޝީދެއް ނޫނޭ!
އިންތިގާލީ އިންސާފުގެ ގާނޫނުގެ މަފްހޫމަށް ފެތެނީ ޔާމީން އެކަނި އެއީ ދޯ ތި ޤާނޫން ވުޖޫދު ކުރުމުގެ ބޭނުމަކީ؟ ކަލޯ ތި ޤާނޫން އަދި ތިބައިގަނޑާ ބައްދަލު ކުރާނެ އިންޝާ ﷲ،
އެމްޑީޕީ ގެ މީހުންކުރާ އެއްވެސް ކަމެއް. ތިޔަ ގާނޫނަށް މަފްހޫމަށް ނުފެތޭނޭ ކަން އަހަރެމެން ދެނެތިބިން. އެކަމަކު އިންތިއަށް އަހަރެން ބުނާނީ އެމަފްހޫމަށް ނުފެތޭނީ މިސަރުކާރުގައޭ. އެމްޑީޕީ ނޫން ސަރުކާރެއްގައި ހަމަރަނގަޅަށްވެސް މަފްހޫމަށްފެތޭނޭ.
ކަލެމެން ކުރަ ކަންކަން ގަނުނަކަށް ނުފެތެނެ. މަފްހުމަކަށް ނުފެތެނެ. އަބްދުﷲ ގާޒީ ހައްޔަރު ކޮށްގެން ހަޅއްލެވި މިހުން މިހަރު ކޮލިސަނުގަ. ކިޔަނެ އެއްޗެއް ނެތް. އިންސަފުގެ ގަނުނެ ނުކިޔަ ސިދާ މައުމުނަ ޔަމިނުގެ އަނިޔާ އޭކިޔާ ގާނުނެއް ހަދަން ވިނުން
ޤާޒީއަކު ގޯސްކޮށް ކަމެއްކުރާނަމަ އޭނަޔާދޭތެރޭ ކަންކުރަންވާ ގޮތް ޢުޞޫލުތަކާއި ޤަވާއިދު ތަކުގައިޥޭ..ނިޒާމުން ގެއްލުވާލުމެއް ނޯވޭ..އެކަންކުރި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނައުން ދެއްތޯ ޑިމޮކްރަސީ އަކީ ވެސް ތި ޤާނޫނުގެ ދަށުން އެކަން ބަލާ އަވަހަށް ނިންމަވާ
އަމިއްލަ ނަގުލަށް ފައިން އެރުން ތި ޤާނޫނަށް ބަރާބަރަށް ފެތޭނެ!
Okay pick and choose
ކަލޭ މެން ކިތަ މެ ބޮޑު ކުށެއް ކުރިޔަސް އެއްޗަކައް ފެތޭ ބައެއްތަތީ ކަލޭ މެން ގާނޫނު ހަދަނީ ކަލޭ މެން ހުދުކާފުރައްވެ ދެންތިބޭ ބަޔަކު ދިރިތިއްބާ މަރާލާގޮތަކައް ނޫންތަ ހުސް ވަގުން ވިއްޔަ ދެން ސަހަލަ ވާނެ މިއެތިފަހަރު ތައް
އަބްދުﷲ ޤާޟީ ހައްޔަރުކުރި މައްސަލަ ބަލާނީ 2023ގެ ފަހުންނެވެ. އެހެންވީމމ މާ އިންތިގާލީ މަފްހޫ މަށް މ މަބޮޑަށްވެސް
ފެތޭނެއެވެ.
ޢިންތިމެންގެ އަތަށް ތިގޮވަނިއެވެ. ޅަހެއްނެތެވެ.
އަބްދުﷲ ގާޒީ ވަގަށް ނެގުމަށް ނަސީދު ވަނީ ކުރިން ރަވާފަ.އެރޭވުމުގެތެރޭ އެކަމަށް ހާއްސަ ބައްދަލުވުމެއް މުލީއަގޭގަ ބެއްވި އެބައްދަލުވުމުގަ ނިންމެވި ގާނޫނުއަސަސީގަޑުބަޑުކޮށް ބާރުތައް އަތަށް ނެގުން އެކަންއެގެނީ ސިދާ ނަސިދު ލިއުއްވަފައިވަ ލިއުމަކުން.ދެވަނައަށް ކުރެއްވިކަމަކީ ގަނޫނުއަސާސީ ވަނީ ހުއްޓިފާކަމަށް އަރިއަތޮޅުރަށެއްގަ ހުރެ އިއުލާންކުރެއްވުން .މާނަޔަކީ ގާނޫނުއަސާސީއަށް އަމަލުކުރުން ހުއްޓާލިކަން އިއުލާންކުރުން. މިހިސާބުން ނަސީދު އެގެންނެވީ ދުސްތޫރީ ބަގާވަތެއްކަމަށް ބެލުމުގެ ފުރުސަތު އެބައޮތް. އޭގެ ފަހުން ނަސިދުގެ އަމުރަކަށް ގާޒީ ވަގަށް ނެގީ ވަގަށް ނެގުމޭ މިބުނަނީ މީހުންހައްޔަރުކުރުމަށް ގާނޫނުއަސާސީގަ ކަނޑައެޅިބަޔާންވެގެންވާ އުސޫލްތަކާ ގާނޫނީ އޮނިގަނޑުގެ ބޭރުންއަބްދުﷲ ގާޒީ ގެންދިޔަ ތަނެއް އާއިލާ އަށް ވެސްނޭގި ގިރިފުށީގަ ފޮރުވާފަ ހުރުމުން. މި މައްސަލަ އިންތިގާލީ އަދާލަތުގެ ގާނޫނަށް ނުފެތޭނެ އެއްވެސް ގޮތެއްނެތް.
އިންތިގަލީ އަދާލަތް ލިބުމުގާ ދަވްލަތް ބާކީ ކުރެވޭނެ މަގެއްނެތް. އެ އަދާލަތުގެ ދަށުން ނުހައްގު މުއްސަނދިކަން ލިބިފަިވާ ފަރާތްތަކުގެ މައްސަލަ ތަހުގީގު ކުރެވެންޖެހޭނެ. އޭގެ އެއްފަރާތުގެ މައްސަލަ ސަރުއީހަމަތަކުގެ މަތިން ވަނީ ބަލާ އަދަބު ކަނައަޅާ އިފްލާސް ކޮށް ނިންމާފަ، އެއި އަބްދުއްސައްތާރު ގ.ކެނެރީގެ އެ ސާބިތުވި މައްސަލަޔަކީ މައިޓް ކުންފުނީގެ ފައިސާއަށް ހިޔާނަތްތެރިވުން. ދެވަނަފަޜާތް މުއްސަނދި ވެފަިވައިރު އެފަރާތް މުއްސަނދި ވޮިގޮތެއް ބަލާ ތަހުގީގު ކުރެވިފާނެތް އެ ފަރާތަކީ ސިއްކަ އަހުމަދު އިސްމައީލް މަނިކު ސައްތަރާ ސިއްކައަކީ މައިޓް ކުންފުނީގެ ވަޒިފާގަ ތުިއްބެވި ދެޅިޔަނުން. ވީމާ އިންތިގަލީ އަދާލަތުގެ ދަށުން ސިއްކަ އަހުމަދު އިސްމާލީލް މަނިކު މުއްސަނދިވިގޮތް ތަހުގީގު ކުރެވެންޖެހޭނެ.
އިންތި ކަލޭ ދެނެހުރިންތަ އަބްދުﷲ ޤާޒީ ހައްޔަރު ކުރިކަން؟ ހައްޔަރުކުރީ ކޮންޤާނޫނެއްގެ ކޮންމާއްދާއަކާ ހަވާލާދީތޯ؟ އަބްދުﷲ ޤާޒީ ހައްޔަރުކޮށްފައި ބެހެއްޓީ ކޮން ގަވައިދަކުން ކަނޑައަޅާފައިވާ ޑިޓެންޝަން ސެންޓަރެއްގައިތޯ؟ އަބްދުﷲ ޤާޒީ ހައްޔަރުކުރި ގޮތައް އެފަދަ އިލްޒާމެއް ކަލޭގެ ބޮލުގައި އަޅުވައިގެން ކަލޭ އެގޮތައް ހައްޔަރު ކޮށްފިއްޔާ އެވާނީ އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ހުރިހާ މާއްދާއަކަށް ފެތޭނެ ކަމަކަށްތޯ؟'
އިންތިގެ މައްސަލައެއް ނެތް އިންތި ގޮނޑިޔަށް ހޮވި މީހުން ބޯދުޅައީ
މިހިރަ އެންގްރީބާރޑް ފަކީރު ދޯ
8ފެބުރުވަރީގައި ރާއްޖޭގެ ތަންތަނަށް އމޑޕ ދިން ގެއްލުންތައް އަނެއްކާ މި އިންތިޤާލީ މަފްޙޫމަށް ފެތޭތަ ޔަޤީން ފެތޭނެ އެކަމަކު އެއްބަހެއްނުވާނެ
އިންތީ ކަލޭމެން މަޖިލީހުގަ ތިބެގެން ޖަރީމާ ހިންގަނީ ވަކިބަޔަކަށް އަމާޒުކޮށްކަން އެނގޭ ލާދީނީ އެމްޑީޕީ މީހުން މިޤައުމުގަ ހިންގި ޖަރީމާތައް އެއީ ނުހިންގާ ކަންކަމަށްވާނެތަ؟