ސައިކަލާއި އެނޫންވެސް ތަކެތި ވިއްކާ ރާއްޖޭގެ މަޝްހޫރު ކުންފުނި "ލިޓަސް" އިން އެކުންފުނީގެ މުވައްޒަފުން ތައިލެންޑްގެ ވެރިރަށް ބެންކޮކަށް ކުންފުނީގެ ޚަރަދުގައި ޗުއްޓީ އަށް ފޮނުވައިފިއެވެ. މިޗުއްޓީ ދަތުރުގައި އެކުންފުނީގެ 80 އަށްވުރެ ގިނަ މުވައްޒިފުން ބައިވެރިވެއެވެ.
ލިޓަސް އިން މިދިޔަ އަހަރު ވަނީ އެކުންފުނީގެ މުވައްޒަފުންނަށް ސްރީލަންކާ ގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ކުންފުނީގެ ޚަރަދުގައި ހަމަޖައްސާފައެވެ.
ލިޓަސް އިން ބުނާ ގޮތުގައި ބެންކޮކަށް ކުރާ ޗުއްޓީ ދަތުރުގައި "އެނުއަލް ޑިނާ ނައިޓްސް 2018" ގެ ނަމުގައި ހާއްސަ ޑިނާ ނައިޓެއް ބާއްވާނެއެވެ. ފަސް ދުވަހުގެ މިޗުއްޓީ ދަތުރުގައި ކުންފުނީގެ މުވައްޒަފުންނަށް ތަފާތު ޓްރޭނިންތައް ދިނުމާއި އިތުރު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ލިޓަސްގެ 12 ފިހާރައެއް ރާއްޖޭގައި ވަނީ ހުޅުވާފަ އެވެ.
ލިޓަސް އިން ބުނީ އެކުންފުނިން މުވައްޒަފުންނަށް ޗުއްޓީ ދަތުރެއް ދެނީ މުވައްޒަފުންގެ ގުޅުން ބަދަހިކޮށް ޓީމްވޯކް ވަރުގަދަ ކުރުމަށެވެ.
ވަރަށް ސަޅި މުވައްޒަފުންނަށް ހާދަރަނގަޅުކުންފުންޏެކޭދޯ މިކަމަށްޓަކައި ބޮޑުބެގެ އިހްލާސްތެރި ޝުކުރު ކުންފުނީގެ އެންމެހާ ވެރިންނާއި މުވައްޒަފުންނަށް ހާދަ އުފާވެރި ޚަބަރެކޭ ތިއީ ހުރިހާ ކުންފުނިތައްވެސް މިހެންނަމަދޯ؟
ޝުކުރިއްޔާ ކުންފުނި
އަޅެ ކިހާ ރަނގަޅު ވެރިއެއް. ހިތަށްއަރާ މަމެންއޮފީހުންވެސް އެފަދަ ގޮތަކަށް ކަންކަން ކުރާނެ ނަމައޭ.
ކޮބާ އެއްކަލަ ޒަމާންވީ ރިސޯޓު އޯނަރުންތައް ފެނޭބާ؟
އޯވްވްވްވްވް
ކައިވެނި ކޮށްގެން އުޅޭ މުވައްޒަފުންގެ ކައިވެނި ރޫޅި ދިރިއުޅުން ހަލާކުވާނީ ތިޔަ ބެންކޮކް ދަތުރުން.. އިތުރުކަމެއް ނުވާނެ
ކަލޭ ދެރަވީ ދޯ..
އެހެން އުޅުއްވާ ބޭފުޅުންނަށް ހަމަ ހީވާނީ އެހެން މީހުންވެސް އުޅޭނީ އެހެންނޭ!
ކުންފުނި ރަނގަޅީކީ ނޫން !!! ޙަގީގަތަކީ ލިޓަސް ޑޮމިނޭޓް ކުރަނީ ރ،މީދޫ މީހުން، ގިނަ ވާނީ އެއްއާއިލާ އަކައްނިސް ބަތްވާބަޔަކު!! ދަތުރު ދިޔައީވެސް މިމީހުން !!! ކުންފުނި އޯނަރުވެސް ހުރީ ހިތްހަމަ ނުޖެހިފަ!!! ޢެހެން ރަށްރަށައް ނިސްބަތްވާ މީހުން ނުގެންދެ!!
މަމީ ގައިމު ރ. މީދޫ މީހެއްނުން. އެކަމް ކުންފުނީގެ ފަރާތުން ހަމަތިޔަތާ މިހުރީ
އަލީ ޝަމީމް ވެސް ސިވިލް ސާވެންޓުންނަށް މިފަދަ ދަތުރު ދޭނަމަ ހާދަ ރަގަޅޭ ހިތަށް އަރަ...
އިތުރުބޮލެއް ގިނަނުކުރާތި
ހާދަބަރާބަރު ކުންފުންޏެކޭ. ރާއްޖޭގެ ކުންފުނިތަކައް ވަރަށްފުރިރިހަމަ މިސާލެއް. ތިޔަކަހަލަ ކުންފުނި ތަކުގެ މުއައްޒަފުން ކުންފުނީގެ ހިންގުން ހަރުދަނާކޮށް ހިންގުންވަރުގަދަ ކުރުމައް އުފަލާއެކު ކުރާހިތުން މަސައްކަތް ކުރާނެ ކަންޔަގީން .ތިޔައީމުއައްޒަފުންގެ އަގުވަޒަންކުރާ ކުންފުންޏެއް.މެނޭޖްމަންޓްއަށް ޝުކުރިއްޔާ
އަޅެ ބުރުމާޔަށް މިވަރުކަމެއް ކޮށްނުދެވުނު. ކީއްތަވާނީ އަތޮޅުތެރޭ ރަށަކަށް ފޮނުވާލަދިނިއްޔާ.
ދަތުރަކީ ޗުއްޓީ ދަތުރެއް، ދަތުރުގައި ކުރަން ހަމަޖެހިފަ އޮތް ކަމަކީ ޓްރެއިނިންގ. ޗުއްޓީ ދަތުރެއްގައި ދޭނީ ކޮން ކަހަލަ ޓްރެއިނިންގ އެއްތަ؟
ދެން ރަނގަޅުދޯ. މަގޭ ކުންފުނި މަސް ނިމޭ އިރު މަގެންގުލޭ މުވައްޒަފުންނައް މުސާރަ ދެވޭނެ ބާއޭ ހިެތައް އަރައަރަ އިންނަނީ
ތިތާގަ ހުސް ވަޒީފާއެބަހުރިތަ! ވިދާޅުވިއްޔާ ފާޚާނާ ދޮންނަންވެސް ހުރެދާނަން. އެކަމަކު ބެންކޮކަށް ގެންދަންވާނެ ދެންއަހަރަކުން. އޯކޭ.
ކުންފުނިއޮތީފަސާދަވެހަލާކުވެގޮސްފަ ތަފާތުކުރުމާ ބައެއްމީހުން ބާކީކޮއްފަ ބެހެއްޓުމަކީ ތިޔަކުންފުނީގެމޮޓޯ ވަކިބަޔަކައް ވަޒީފާދިނުމަކީވެސް ތިޔަކުންފުނީގެ ނަމޫނާސިފައެއް
ކުންފުނިއޮތީފަސާދަވެހަލާކުވެގޮސްފަ ތަފާތުކުރުމާ ބައެއްމީހުން ބާކީކޮއްފަ ބެހެއްޓުމަކީ ތިޔަކުންފުނީގެމޮޓޯ ވަކިބަޔަކައް ވަޒީފާދިނުމަކީވެސް ތިޔަކުންފުނީގެ ނަމޫނާސިފައެއް