ފުލުހުންގެ ގާނޫނަށް އިސްލާހުތަކެއް ގެނެެެސް އެ މުއައްސަސާއައި ދެކޮޅަށް ހަނގުރާމަ އިއުލާނު ކުރުމުން ހިތިކަން ލިބިގެން ދާނީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް ކަމަށް ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުުވެއްޖެއެވެ.

ފުލުހުންގެ މުއައްސަސާގައި 20 އަހަރު ޚިދުމަތް ކުރެއްވުމަށް ފަހު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ.އަބްދުﷲ ފައިރޫޝް ރިޓަޔާކުރެއްވުމާއި ގުޅިގެން ސައީދު ކުރެއްވި ޓްވީޓެއް ކވޮދާޅުވީ, އެމްޑީޕީން ދަނީ ފުލުހުންގެ އިދާރާ ރީފޯމް ކުރުމަށް ބިލެއް ތަންފީޒު ކުރެއްވުމަށްފަހު އެ މުއަސަސާގައި މަސައްކަތް ކުރަމުންދާ ބޭފުޅުންނާއި ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް ބަދަލު ހިފަމުން ކަމަށެވެ.

އެމްޑީޕީ ސަޕޯޓަރުން އަބަދުވެސް ބުނަމުން އަންނަނީ ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައީ 2012 ވަނަ އަހަރު ފުލުހުންނާ ސިފައިން ނިކުމެ ހިންގި ގާނޫނާ ހިލާފު ކަންތައްގަނޑެއްގެ ތެރެއިން ކަމަށެވެ. އަދި އެމްޑީޕީގެ ފުރަތަމަ ވެރިކަން ނިމުމަކަށް އައީ ބަޢާވާތަކުން ކަމަށް އެޕާޓީގެ މެމްބަރުން ތަކުރާރުކޮށް ބުނެއެވެ.

އެގޮތުން ފައިރޫޝް ރިޓަޔާ ކުރެއްވުމާއި ގުޅިގެން ސައީދު ވަނީީ އެއީ އެމްޑީޕީއިން ފުލުހުންނަށް ބަދަލު ހިފުމަށްޓަކައި އެޅުއްވި ފުރަތަމަ ފިޔަވަޅު ކަމުގައި ސިފަކުރައްވާފައެވެ. އަދި ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރި މައްސަލައަކީވެސް އެ ޕާޓީގެ ބަދަލު ހިފުމުގެ ރޫހު ފެނި ހާމަވެގެންދާނެ ކަމެއް ކަމުގައި ސައީދު ވިދާޅުވިއެވެ.

ނަޝީދުގެ ވެރިކަން ނިމުމަކަށް އައީ ބަޢާވާތެއް ކަމަށް އެޕާޓީގެ މެމްބަރުން ބުނާއިރު، އެ ބަޢާވާތުގައި އިސްކޮށް ހަރަކާތްތެރިވެފައި ވާކަމަށް އެބޭފުޅުން ތުހުމަތު ކުރަމުންދާ ފަރާތްތައް މިއަދު ތިބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޯލިޝަންގެ ތެރޭގައި ނޫންތޯ ސައީދު ސުވާލު އުފައްދަވާފައިވެއެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފެއްދި ކޯނީ އިން މައްސަލަ ތަޙްޤީޤުކޮށްފައި ނިންމީ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވީ އެމަނިކުފާނުގެ އަމިއްލަފުޅު އިހްތިޔާރުގައި އެއްވެސް މަޖުބޫރުކަމެއް ނެތި ކަމަށެވެ.

ފައިރޫޝަކީ އަބަދުވެސް އެމްޑީޕީ ސަޕޯޓަރުންގެ "ހަމަލާތައް" އަމާޒުވާ ބޭފުޅެކެވެ. ސަބަބަކީ އޭނާ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް ކަމުން އިސްތިއުފާ ދެއްވި ދުވަހު ފުލުހުންނަށް ކޮމާންޑް ކުރެއްވުމާއި ވަކިހިސާބަކުން ހަވާލުވި ބޭފުޅާ ކަމަށްވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ފުލުހެއް

  ފެބްރުއަރީ ހަތެކޭ ކިޔައިގެން އެމްޑީޕީ ގެ ލީޑަޝިޕުން އެ ހިންގަނީ މި ގައުމުގެ އަމާންކަން ނަގާލުމަށް ހިންގާ ވަރަށްބޮޑު ޖަރީމާއެއް. ތަނެއް އިސްލާޙު ކުރަން އުޅޭ ބަޔަކު މުޅި މުއައްސަސާ ބަދުނާމުކޮށް ފިތުނަ ފަސާދައެއް ނޫފައްދާނެ. އެމްޑީޕީ އަކީ ފެބްރުއަރީ 7 ގެ ކުރިންވެސް ފުލުހުންގެ މުއައްސަސާއާއި އާންމު ރައްޔިތުންމެދުގަ ނަފުރަތު އުފައްދަމުން އަންނަ ބައެއް. އަދިވެސް އެމްޑީޕީ އެއުޅެނީ އިސްލާހު ނުވެގެން. ފުލުހުންނާމެދު ރައްޔިތުންގެ ތެރޭގަ ނަފުރަތު އުފެއްދުމުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ނިކަމެތި ރައްޔިތުންނަށް. މި ކުޑަ ގައުމުގަ އޮބި ނޯންނަވަރަށް ކުށް ގިނަވެގެން އެއްވެސް ރައްޔިތަކަށް އަމާންކަމުގެ އިހުސާސް ނުވެގެން މިއުޅެނީވެސް އެމްޑީޕީ އިން ފުލުހުންނާމެދު ނަފުރަތު އުފައްދަމުންދާތީ. އެމްޑީޕީ އިސްލާހުވާން އެބަޖެހޭ.

  25
  3
 2. އަބްދޫ

  އެއީފުލުހުންނާ ސިފައިންގެނައި ބަގަވާތެއްނޫން. އެއީ ނަސީދު ގެނައި ދުސްތޫރީ ބަގާވާތެއް ނިމިގެން ދިޔަދުވަސް. ގާނޫނުއސާސިގަޑުބަޑުކޮށް ބާރުތަށް އަތަށް ނަގާ ގާނޫނުއަސަސީ ހުއްޓިފައިވާކަން ޔައުނީ ގަނޫނުއަދސަސިއަށް އަމަލުކުރުން ހުއްޓާލިކަން އިއުލާން ކރުން ނިމުމަކަށް އައިދުވަސް.އެއީ ތަހުގިގުކޮށް ބަލަންޖެހޭ މައްސަލައެއް.

  19
  3
 3. ބޮކަރ

  ބަޢާވާތަކީ ކޯންޗެއް؟ އަހަރެމެން އަހާ އުޅެނީ ބަޣާވާތޭ ކިޔާއަޑު.. 07ފެބުރުއަރީއަކީ ބަޣާވާތެއްނޫންދޯ! ބަޢާވާތެއްދޯ!

  5
  3