އަދާލަތު ޕާޓީގެ ރައީސް ކަމަށް ނުވަތަ ނައިބު ރައީސް ކުރިމަތިލުމުގެ ވިސްނުން އަދި ނެތް ކަމަށް އެޕާޓީގެ ފޮރިންގް އެފެޔާޒް ކޮމިޓީގެ ޗެއާ އަދި ކުރީގެ ޖެންޑާ މިނިސްޓަރު އައިޝަތު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީގެ ރައީސް ކަމަށާއި ނައިބު ރައީސް ކަމަށް އަންހެނުންނަށް ކުރިމަތިި ލެވޭނެ ގޮތަށް ޕާޓީގެ ދުސްތޫރަށް ބަދަލު ގެނައުމަށް ނިންމުމާއި ގުޅުގެން "ވަގުތު" އަށް މައުލޫމާތު ދެމުން ޝިދާތާ ވިދާޅުވީ އަދި އެބަދަލު ޕާޓީގެ ދުސްތޫރަށް ގެނައި ކަމެއް އެނގިވަޑައިގެންފައިނުވާ ކަމަށެވެ. އަދި ޕާޓީގެ މަގާމަކަށް ކުރިމަތިލުމުގެ ވިސްނުން އަދި ނެތް ކަމުގައި ވިދާޅުވިއެވެ.
"އަދި އަޅުގަނޑު ތިކަމަކަށް ގޮތެއް ނުނިންމަން" ޝިދާތާ ވިދާޅުވިއެވެ.
އަދާލަތު ޕާޓީގެ ރައީސް ކަމަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް އެ ޕާޓީގެ ދުސްތޫރު ނުވަތަ އަސާސީ ގަވާއިދު އިސްލާހު ކުރުމަށް އެ ޕާޓީގެ ރައީސް އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ހުށައަޅާފައެވެ. މި އިސްލާހާއި އެކު ޕާޓީގެ ރައީސް ކަމަށް ލުމުގެ ވިސްނުން އެބަހުރިތޯ ސުވާލު ކުރުމުން ޝިދާތާ ވިދާޅުވީ އެކަން އެކަމަނާއަކަށް ނެނގޭ ކަމަށެވެ.
"އެހެންތޯ. އަޅުގަނޑު އަދި ތިޔެއްވެސް ނުބަލަން." އަދާލަތު ޕާޓީގެ ރައީސް ކަމަށް އަންހެނަކަށް ލެވޭނެ ގޮތަށް ހެދުމަށް ނިންމި ނިންމުމާއި ގުޅިގެން އެކަމާއި ދެކެނީ ކިހިނެއްތޯ ސުވާލު ކުރުމުން ޝިދާާ ވިދާޅުވިއެވެ.
އަދާލަތު ޕާޓީގެ ދުސްތޫރުގައި އެ ޕާޓީގެ ރައީސް ކަމަށް އަންހެނަކަށް ކުރިމަތި ނުލެވޭ ގޮތަށް އޮތުމުން އެ ޕާޓީއަށް ފިޔަވަޅު އެޅުމުގެ އަޑުތައް ވެސް މި ދޭތެރެއިން ގަދަވިއެވެ. އަދި އެ ޕާޓީގެ ބައެއް އާންމު މެންބަރުން ވެސް އެކި ކަންބޮޑުވުންތަކާއެކު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މައްސަލައެއް ހުށަހެޅުއްވިއެވެ.
އިލެކްޝަން ކޮމިޝަނުން ވަނީ އޭގެ ފަހުން އަދާލަތުގެ ލީޑާޝިޕްއާ ބައްދަލު ކުރައްވައި އެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.
ނޭނގިއެއް ނުހުންނާނެ މިހާރުވެސް ހުރީ ކުރިމަތި ލާހިތުން
ބެޑްޝީޓެއް ނެތްތަ
އިމްރާނާ ކުރިމަތި ލާން ގަސްދު ކުރައްވަންތޯ......ހަ ހަހަަަަަހަަަ
ތީދެން ޕާޓީ އެއްތަ؟
ތިޕާޓީގެ ނަން ވިކޭ ޕާޓީ އަށް ބަދަލު ކުރަން ފެނޭ