މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެން ވަޒީފާ ގެއްލިފައި ތިބި ފަރާތްތައް ޑިސެންބަރު މަހުގެ އިންކަމް ސަޕޯޓް އެލަވެންސަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޖޮބް ސެންޓަރުން ބުނީ، މި އަހަރުގެ ޑިސެންބަރު މަހު އެލަވެންސްއަށް ހުޅުވާލުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށާއި، އެ ފުރުސަތަށް އެދުމުގެ އެދެން ޖެނުއަރީ 31 ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ސަރުކާރުން ދޫކުރަމުން އަންނަނީ ވަޒީފާ ގެއްލުނު ފަރާތްތަކަށް 5000 ރުފިޔާއެވެ. އަދި މުސާރައިން ބައެއް އުނިކޮށްފައިވާ ފަރާތްތަކަށް 5000 ރުފިޔާ ނުލިބޭ ނަމަ އެ އަދަދު ހަމަވާ ވަރަށް ސަރުކާރުން އެފަރާތްތަކަށް ފައިސާގެ އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުންނެވެ.
އިންކަމް ސަޕޯޓު އެލަވަންސް ގިނަ ބަޔަކަށް ދެވޭ ގޮތަށް އެ އެލަވަންސް ދިނުމާއި ގުޅޭ އުސޫލަށް ގެނެސްފައިވާ ބަދަލާއެކު ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން، 2019ވަނަ އަހަރުގެ ޑިސެމްބަރު އެކެއްގެ ފަހުން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވަންސް އަށް އެދި ހުށައެޅޭނެއެވެ.
މީގެ ކުރިން މި އެލަވެންސް ދިނުމަށް ނިންމާފައިވަނީ މިއަހަރުގެ މާޗް މަހުގެ އެއް ވަނަ ދުވަހުގެ ފަހުން ވަޒީފާއަށް އަސަރު ކޮށްފައިވާ ނުވަތަ މުސާރައަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށެވެ.
ވަކި ބަޔަކަށް ދޭ އެއްޗެއް..
ތިޔަކަމަށް ފުރަންޖެހެނީ ވަރަށް ބަލާބޮޑު ފޯމެއް. ފުރުތަމަ މަގޭ މަޢުލޫމާތު ، ދެން މަގޭ މައިންބަފައިންގެ މަޢުލޫމާތު ދެން މަގޭ އަނިބިދަރީންގެ ދެން މަގޭ ވަރިކުރިމިޙާގެ އައިޑީކާޑާއި ވަރީދެ ސެޓްފިކެޓް ނަންބަރު. ދެން މަ ހެދުނު މުދާ ގަންނަ ފިހާރައިގެ ރަޖިސްޓްރީ ކޮޕީ. ދެން މަގޭ މަހާނަ ގަލުގެ ބޮޑު މިން. މިހާ ބަލާބޮޑު. ކިހިނެއްތޯ އެލަވަންސަށް ސަރުތު ފުރިހަމަވާނީ # ޗަރުކޭ#ސް
ދޮގު ނުހަދާ ހުރޭ ތަންދޮރު ނޭނގޭ މީހުން. ފޯމެއް ފުރާކަށެއް ނުވެސް ޖެހޭ. އޮންލައިން އެޕްލިކޭޝަން އެއް އިންނަނީ. ޗަރުކޭހަކަށް ވާނެ ޝަރުތު ހަމަނުވާ މީހުންނަށް. އަތުން ފައިން މަސައްކަތެއް ނުކޮށް އުޅޭ މީހުންނަށް ދޭ އެއްޗެއް ނޫން މިއަކީ 😊
ނޫސްވެރިން ސުވާލު ކޮއްބަލަ ކީއްވެތޯ އޮކްޓޫބަރ އަދި ނޮވެމްބަރ އެލޮވެންސް އަދިވެސް ޖަމާނުވެގެން މިއުޅެނީ.. 2020 ވަނަ އަހަރު ނިމި 2021 ވެސް ނިމޭނީ ތި އެލޮވެންސެެްްއްް ނުލިބި..
ތިޔަ ފޯމުފުރައިގެން ދޮގު ހަދައިގެން ފައިސާ ނަގާމީހުން ބައިވަރެވެ. ވަޒީފާ އަދާނުކުރާ ކިތަންމެ މީހަކު ވަޒީފާ އަދާކުރާކަމަށް ހެދިގެން އަދި މަސައްކަތެއް ކުރިން ނުކުރާ ކިތަންމެ މީހަކު މަސައްކަތްކުރާކަމށް ހެދިގެން އޮޅުވާލައިގެން ފައިސާ ނަގާކަން ގިނަބަޔަކަށް އެނގެއެވެ. އެއީ ހަމަ ޙަލާލުއެއްޗެއްބާއެވެ.
އޮކްޓޯބަރު މަހާއި ނޮވެންބަރު މަހުގެ އެލަވަންސަށް އެދުނު އެންމެންނަށް ދީ ނިމިގެންތޯ ޑިސެންބަރަށް ފުރުސަތު ހުޅުވާލީ؟ އިއްޒަތްތެރި ވަޒީރުނިކަން މިކަމަށް އެޑްރެސް ކޮށްދެއްވަ ބައްލަވާ!
މިވަގުތު އާންދަނީ ނުލިބޭ ކޮންމެ މީހަކަށް އެ ހަލާލުވާނެ ކަލޯ
ކޮވިޑާ ގުޅިގެން ވަޒީފާ ނުވަތަ އަމިއްލަ މަސައްކަތް ހުއްޓި އާމުދަނީ ނުލިބޭ މީހުންނަށް ލިބޭ އެއްޗެއް އިންކަމް ސަޕޯޓަކީ . ކޮވިޑުގެ ކުރިންވެސް އަތުން ފައިން މަސައްކަތެއް ނުކޮށް މައިންބަފައިންގެ ތައްޕާހުގަ ތިބޭ މީހުންނަކަށް ނުލިބޭނެ ކިތަންމެ ރުޅިއެއް އަޔަކަސް.
- އެލަވަންސް ލިބުން މީހެއްގެ ދުލުން 😇
ކޮބާ ހޭ ފްރަންޓް ލައިން އެލަވަންސް؟ ޖުލައި މަހުން ފަށައިގެން މިދެނީ، މި ދެނީ އެއްގަ. ވަބާއެއް ކަހަލަ ސަރުކާރެއް!