އައްޑޫ ސިޓީގައި ފުުލުހެއްގެ ސައިކަލުގައި ރޯކޮށް އަންދާލައިފިއެވެ.
ފުލުހުން "ވަގުތު" އަށް ވިދާޅުވީ، ހުޅު ޖަހާފައި ވަނީ ފްލެޓު ސަރަހައްދުގައި ހުރި ސައިކަލެއްގައި ކަމަށެވެ. އެކަން ހިނގާފައި ވަނީ އިއްޔެެ ރޭ ދަންވަރު ކަމަށާއި، މިކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ ދަންވަރު 3:30 ހާއއިރު ކަމަށް ފުލުހުން ވަނީ ވިދާޅުވެެފައެވެ.
ފުލުހުން ވިދާޅުވީ އަލިފާން ރޯކޮށްލި ސައިކަލު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށެވެ. މީގެ އިތުރުން އެ ސަރަހައްދުގައި ހުރި އެެހެން ސައިކަލެެއް އަދި ޑިސްޓްރިބިއުޝަން ބޯޑަކަށް ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެެފައެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ފުލުހެއްގެ ސައިކަލެއްގައި އަލިފާން ރޯކޮށްލީ ކޮންކަމަކާ ގުޅިގެން ކަމެއް އެނގިފައެއް ނުވެއެވެ.
ދާދި ފަހުން މ. މުލީގައި ވެސް ވަނީ ފުލުހެެއްގެ ސައިކަލުގައި ހުޅުޖަހާފައެވެ. އެ ހާދިސާގައިވެސް ސައިކަލު ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ.
ތިޔައީ ވަރަށް ދެރަކަމެއް. ފުލުހުންގެ މުއައްސަސާ އޭގެ ޒާތުގަ އެންމެރަންގަޅައް މަސައްކަތްކުރަމުން ނުދިޔަނަމަވެސް ވަކިވަކި ފުލުހުންނައް އަމާޒުކޮށް ތިޒާތުގެ ކަންކަން ކުރުމަކީ ނޭދެވޭ ފިނޑިއަމަލެއް. އަދިހިތާމަ ކުރާކަމެއް. ސަބަބަކީ ކޮންމެދަތިއުނދަގޫ ވަގުތެއްްގަވެސް އެދެންޖެހެނީ ފުހުންގެ އެހީއަށް ކަމައްވަތީ.
2012 ގަ ހުޅުޖެހި ގްރޫޕްގަނޑު ދުނިޔެއަށް އައްޑޫ ހުޅުވާލަނީނު. ބާރަށް އަތް ޖަހާ!
އައްޑޫގައި ގިނަވާނީ ހުޅުޖަހާ ޕާޓީގެ ކުދިންނެވެ. އެހެންވީމާ ތިޔައީ އާކަމެއް ނޫނެނެވެ. އެބަޔަކު ކުރާކަން ކަމަށް ތާއީދުކުރާ ބަޔަކާ ގުޅިގެން އުޅޭނީވެސް އޭގެ މީހުންނެވެ.