ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް ޔާމީންގެ ވައްކަން ނުކުރާ އެންމެ މުއައްސަސާއެއް ވެސް ނެތް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިިހާދު ވިދާޅުވެއްޖެއެވެ.
އޭނާ ކުރި ޓްވީޓެއްގައި އޭސީސީ ޓެގްކުރެއްވުމަށް ފަހު ނިހާދު ވިދާޅުވީީ އޭސީސީން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
އެ މަސައްކަތްތަކަކީ މުހިންމު މަސައްކަތްތަކެއްކަން ފާހަގަކުރައްވާ ނިހާދު ވިދާޅުވީ މީހަކު ސަލާމަތް ކުރަން ނުޖެހޭ ކަމަށެވެ.
" ދަންނަވާލަން ބެނުންވަނީ މީހަކު ސަލާމަތް ކުރަން މަސައްކަތް ކުރާކަށް ނުޖެހެއޭ. އެފަދަ އެންގުމެއް އެންގެނެ މީހަކު ނުހުންނާނެ. ނުވެސް އަންގާނެ. ބުންޏަސް ކުރާކަށް ނުޖެހޭ." ނިހާދުގެ ޓްވީޓުގައި ވެއެވެ.
ނިހާދުގެ ޓްވީޓުގައި އިޝާރާތް ކުރައްވާފައިވަނީ ލ.އަތޮޅު ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ އިމާރާތް ކުރުމުގެ މަސައްކަތުގައި ދައުލަތަށް ގެއްލުންވާ ގޮތަށް ގިނަ ކަންތައްތަކެއް ކުރިކަން އޮޑިޓް ރިޕޯޓުން ފަޅާ އަރާފައިވާތީ އެކަމަށެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން މިހާރު އާއްމުކުރައްވާފައިވާ 2018 ވަނަ އަހަރުގެ ޖެންޑާ މިނިސްޓްރީގެ މާލީ އޮޑިޓް ރިޕޯޓުގައި ވާގޮތުން ލ.އަތޮޅު ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ އިމާރާތްކުރުމަށް ހަވާލު ކރި ކޮންޓްރެކްޓު އަގުބޮޑުވެގެން ވަނީ ބާތިލްކޮށްފައެވެ. އެހެންނަމަވެސް އެޔަށްވުރެ ބޮޑު އަގުގައި އެހެން ބަޔަކާއި ހަވާލުކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއެވެ.
އަދި މާލިއްޔަތު ޤާނޫނާއި ޚީލާފަށް ނޭޝަނަލް ޓެންޑަރ ބޯޑުގެ ނިންމުމާ އެއްގޮތަށް ލ. އަތޮޅުގައި ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރު އިމާރާތްކުރުމުގެ މަސައްކަތް، 2016 ވަނަ އަހަރު 7,196,819 (ހަތް މިލިއަން އެއް ސަތޭކަ ނުވަދިހަ ހަ ހާސް އަށް ސަތޭކަ ނަވާރަ) ރުފިޔާއަށް އަމިއްލަ ފަރާތަކާ ހަވާލު ކުރިކަން އޮޑިޓް ރިޕޯޓްގައި ފާހަގަކުރައްވާފައިވެއެވެ.
އަދި އެ މަސައްކަތުގެ އަގު ބޮޑުކަން ފާހަގަކޮށް މިނިސްޓްރީ އޮފް ފިނޭންސްއިން ކޮންޓްރެކްޓް ބާތިލްކުރަން އެންގުމުން ޖަނަވަރީ 2017 ގައި، އެއްބަސްވުން ބާތިލު ކުރި ނަމަވެސް ހަމަ އެއަހަރު، އެމަސައްކަތް ޖުމުލަ 10,441,598 (ދިހަ މިލިއަން ހަތަރު ސަތޭކަ ސާޅީސް އެއް ހާސް ފަސް ސަތޭކަ ނުވަދިހަ އަށެއް) ރުފިޔާއަށް ސިފައިންގެ ވެލްފެއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރިކަން އޮޑިޓް ރިޕޯޓުން އެނގެން އެބަ އޮތެވެ.
އެހެންކަމުން މަސައްކަތުގެ އަގު ބޮޑުވުމުގެ ސަބަބުން ކުއްލިގޮތަކަށް ކޮންޓްރެކްޓް ބާތިލް ކުރަން ޖެހުނު ނަަމަވެސް ކުރިން ހަވާލުކޮށްފައިވާ އަގަށްވުރެ 3,244,779 (ތިން މިލިއަން ދުއިސައްތަ ސާޅީސް ހަތަރު ހާސް ހަތް ސަތޭކަ ހަތްދިހަ ނުވައެއް) ރުފިޔާ އަގުބޮޑުކޮށް އެހެން ފަރާތަކާ ހަވާލުކުރީ މާލިއްޔަތު ޤާނޫނާއި ޚިލާފަށް ކަމަށް އޮޑިޓް އޮފީހުން ފާހަގަކުރައްވައެވެ.
މީގެ އިތުރުން ރިޓެންޝަން ފައިސާ ރިޓެންޝަން ފައިސާ އުނިކޮށްފައިނުވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ނިހާދު ކަލޯ ކަލޭގެ ހުދުފޮތި ކޮޅެއްހާ ސާފު ސަރުކާރަށް 2 އަހަރު ނުފުރެނީސް %50 މުވައްސަސާގެ ވެރިންނާ މުވައްޒަފުން ކާވަރުން ދެންވާ ސިއްރު ނުކުރެވޭ ހިސާބަށް ދިޔައީމަ ދައުވާކުރަނީ.ދައުވާ ކުރަން ފޮނުވީމަ ހެއްކެއް ނެތްކަމަށްވަނީ!!ދައުވާކުރަން ފުރަތަމަ ފޮނުވާނީވެސް އެމައްސަލައެއް ސާބިތުކުރެވޭ ވަރަށް ހެކިހުރެގެން!ކަލޭމެން ކިޔާހާ އެއްޗެއް ގަބޫލުކުރާ މެޖޯރިޓީ މޮޔައިން ތިބިކަން ގަބޫލުކުރަން
މިސަރުކާރުގަނެއް ސަލާމަތުންހުރިއެކަކުވެސް ނިހާދުއައައްވެސް ދެވަނަދައުރެއް ނުލިބޭނެ ހަދާންނައްތާލާ
ނިހާދޫ ....ކިޙާދުއް ފަރު ރިސޯޓް ކުރި ވައްކަން ތައް އެބަޖެހޭ އެކުރި ބައެއް ބަލަން..
ނިހާދު މެންގެ ސަރުކާރުން ނިހާދު އަށް އެއްޗެއް ނުލިބިގެން ލިބޭތޯ ބަލަން ހާދަ ވާހަކަ އެއް ދައްކަނީ ...ދެންދެން ހަޅޭލަވާ...
މިމީހުންގެ އަސްލު ސި ފަ އަކީ މިއީ .އައްޑޫ ރައްޔަތުން ނަށް ވެސް ހުތުރު ނަން ހޯދަން ތިބި ބަކަރި ތަކެއް ކަހަލަ ބައެއް.
ކަލޯދަރިފުޅާ 2 އަހަރުވެގެންދިޔައިރުވެސް ތިޔަކިޔާއެއްކަމެއްގެ ޝަރީއަތާހަމައަށްނުދަނީކީއްވެތޯ؟ ގިރާވަރުމީހުންކިޔާކަމަށްބުނާ ލަވަކިޔާލަކިޔާލާ ތިބީމަނިމުނީތޯ؟ ހިއްވަރެއްހުރިއްުޔާ އެމްއެމްޕީއާރްސީގެލިސްޓުގަވާހުރިހާއެންމެންގެމައްސަލަ ޝަރީއަތަށްފޮނުވަބަލަ ކާކާއެޅިއަކަސްއަދި ކަމަކުނުދާނެ!
އެއިރު ތަންކޮޅެއް މަދުން ނެގުނީތީވެ މިހާރު ހިތާމަ ކުރަން
ނިހާދު މިސަރުކާރު އަދި އެމްޑީޕީގެ ހުރިހާ މަޖިލީސް މެންބަރުން ވެގެން ކުރާ ވައްކަންތައްކޮބާ. އީވާ ގޮވި މަޖިލީސް މެންބަރުން ކުރި ވައްކަން ކޮބާ. ލަދުގަނެބަލަ
މިވެސް އައްޑޫ ވަގެއް
އޭސީސީއާއި އޭބީސީޑީ ގައިވެސް ކަލޭމެންގެ އައުވާނުން ތިބޭއިރު ތިއުޅެނީ ކަމަކަށްވާ ކަމެއް އަދިވެސް ނުދެއްކިގެން! މި ސަރުކާރު ނިމިގެން އޮޑިޓެއް ހަދާލުމުން ފެންނާނެ އެތެރެފުށް! މަށަށް ޔަޤީން މި ކަލޭގެވެސް ހުންނާނީ އެއްޗެހިތަކެއް ދިރުވާލައިގެންކަން!
އިސްތިއުފާދިންސަރުކާރެވައްކަންނިކެރާ
އެއްމުއައްސަސާނެއް މިސަރުކާރުނަސް
ކެރަނީވައްކަން މާހިއްމައްތައްއަރަގެން
ތިމާއިއްޔެވޭނޑެލެއްހަނދާނެތިގެންނިހިގަ
އިންޑިޔާއިން ދިން ރިޝްވަތު ނުހިފާ ހަމައެކަކު މިހާރު ނެތް. ޚާއްސަކޮއްކަލޭ. ކަލެއަށް ލިބުނު ތަކެއްޗާ ހޮފިބއެއްޗެހީގެ ފައިލް. ޢެބައޮތް ތައްޔާރުވެފަ. އަޢްޑޫ ރައްޔިތިން ލޮލުގައިއަނދުން އަޅުވައި އަންބޮޑިބޮޑުކުރާ މީހާ
ބޮލުގެ ޚާއްސަ ޑޮކުޓަރަކައް ދައްކާގެން ފަރުވާހޯދަން ފެނޭ. އަދި ލޮލުގެ ޚާއްސަމީހަކައް ދައްކާގެން ފަރުވާހޯދާ ނޫނީ މިހާރު ފެންނަވަރައްވެސް ނުފެނިދާނެ..
ނިހާދޫ ކަލޭ ކަހަލަމީހަކު ތިޔަނާތަހުޒީބު ވެރިކަން ފަނާކުރާޖީލެއްދަމަހައްޓަން ތިޔަހަދާދޮގު ހުއްޓާލާ
ނިހާނު ޔާމީނު ސަރުކަރޭ ކިޔައިގެން ތިވާހަކަ ދައްކަނީ ތިޔައީވެސް ވަކި ކުޑަވަގެއްތަ މިސަރުކާރުން ފައިސާ ޗާޕްކޮށް ބައިމީހުންނަށް ބަހަނީ ދިވެހި ނިކަމެތިން ކޮބާ ވަގުންނޭ
ކަލޭ އަޅެ ބުނެބަލަ ތިމަންނަ ރައްޔިތެއްގެ ޒައްރެއްގެ މިންވަރުންވެސް ދުވަހަކުވެސް ވައްކަމެއް ނުކުރަމޭ ކަލޭ އެހެން ބުނާއިރަށް މަ ކަލެއަށް ކަލޭކުރިހާ ވައްކަންތަކާއި ގޭގޭގެ ފުރާޅަށް ގައުކިވަރާއި ކަލޭ ނިކަމެތި ރައްޔިތުންނަށް ކޮށްފައިވާ ގޯނާތައް ލިސްޓެއް ހަދައިގެން ވެދުމަށް އަރުވާނަން ލާހިކައެއްނޫން
މީ ކާކު؟ ޑްރަގް ''''''''''''''''''''''''''''''''''''''''''''''''''''''''''