ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖަހައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މަރު ނުވެއްޖެނަމަ ރާއްޖޭގެ ރައްޔިތުން އެކަމާއި މެދު ވިސްނާނެ ކަމަށް މިދިޔަ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ފުރުއްވި އަހުމަދު ސިއްދީގު ވިދާޅުވެއްޖެއެވެ.

ސިއްދީގު މިފަދައިން ވިދާޅުވެފައިވަނީ ރައީސް މިއަދު ކޮވިޑް-19 ވެކްސިން ޖައްސަވަން ހުއްޓައި ނަގާފައިވާ ފޮޓޯއެއް ޓުވިޓާގައި އާންމު ކުރައްވަމުންނެވެ.

އެ ޓުވިޓުގައި އޭނާ ވިދާޅުވީ، "ރައީސް އިބްރާހީމް ކޮވިޑް-19 ވެކްސިން ޖަހައިގެން މަރުނުވެއްޖެނަމަ ރައްޔިތުން އެކަމާމެދު ވިސްނާނެ" ކަމަށެވެ.

މީގެ އިތުރުން މިހާރު ފައިޒާ ވެކްސިން ގެނައުމުގެ ވާހަކަ ދައްކާތީ އެކަމާއި ގުޅިގެންވެސް އޭނާ ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ޔޫރަޕްގެ މޮޅު ވެކްސިން ވެރިންގެ ގަޔަށް ޖަހައި، އިތުބާރާމެދު ޝައްކުއުފެދިފަވާ އިންޑިއާގެ ދެރަ ވެކްސިން ރައްޔިތުން ޖަހަން ސަރުކާރުން ބާރުއަޅަނީތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

އޭނާ ވިދާޅުވީ، ވެރިންގެ ގަޔަށް މޮޅު ވެކްސިނެއް ޖަހާނަމަ، ރައްޔިތުން ގަޔަށްވެސް ޖަހަންވާނީ މޮޅު އަގުބޮޑު ފައިޒާ ވެކްސިން ކަމަށެވެ.

ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވެކްސިން ޖެއްސެވިއެވެ. އަދި ބައެއް ވަޒީރުންނާއި ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުން ވެސް ވަނީ ކޮވިޑް-19 ވެކްސިން ޖަހައިފައެވެ. ރާއްޖެ އަށް ވެކްސިން ހަދިޔާކުރި އިންޑިއާގެ ފަރާތުން ރާއްޖޭގައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވެސް ވެކްސިން ޖެއްސެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. މޯރޗް

    މިހާރު ވެރިން އޮޅިއްޖެ!! ދައުލަތުގެ ތިން ބާރުގެ ވެރިންގެ އިތުރުން މިނިސްޓަރުންވެސް އެ ޖެހީ ސިއްދީގު ތިޔަބުނި "ދެރަ ވެކްސިން" ނޫންތޯ!!!!

    8
    5
  2. ރާގޮޑިރާޖަ

    ސިއްދީގާ ތިބޭފުޅާގެ ހަމަހޭގަތޯ؟

    6
    7
  3. ޕްރޮފިސަރ

    ސިއްދީގުތީ ހަމައެއްޗެއްނޫން. ތިމާގެ ދުލުން ކިޔޭނުކިޔޭ އެއްޗިސްނޭގޭ ބޯގޯސްމީހެއްތީ. ޢަހަރެންމިއޮތް ހުރިހާދުވަހު ހީކުރީ ޕީޕީއެމްގަ ހެޔޮވިސްނޭ ކޮންމެވެސް ބަޔަކު އުޅޭނެކަމަށް. ޢެކަމު މިހާރު ޔަގީންވެއްޖެ ތިޔަކޯލިޝަނުގަ ހަމަޖެހޭ އެކަކުވެސްނެތްކަން.

    9
    9
  4. ކިލޯ

    ކަލޯއުޅޭ މަރުވެދާނެތީ ފިލާ މޮޅުވެކްސިން ޖަހަން. މީ ޕީޕީއެމްގެ ސަރުކާރުނަމަ ކަލޭތިބުނިހެން ކަންތައްދާނީ. މާޒީގަ ދިޔައީވެސް ތިބުނިގޮތަށް ހުރިހާކަމެއްވެސް. ކަލެއަކަށް ނުފެނޭތަ ކަލޭތިބުނާ ދެރަ ވެކްސިން މިސަރުކާރުގެ ވެރިން ޖެހިތަނެއް. ކަލޯގެ ދެލޯ އައިކެއާއަށް ފޮނުވާ އަވަހަށް.

    8
    9
  5. އަހުމަދު

    އަހަރުންނަކަށް ޔަގީނެއްނޫން ތިޖެހީ ކޮވިޑް ވެކްސިން ކަމެއް.

    19
    4
  6. ައަހާ

    މިކަހަލަމަރުމޯލްޖާހިލުންވެސްއުޅޭތަ

    3
    7
  7. ޢަހާ

    mikahal ގަމާރުންމަރެއްނުވާނެތަ

    4
    4
  8. އެހީތެރިޔާ

    ނަމުން ސިއްދީގު ވިޔަސް އަމަލުން ވަރަށް ފަހަތުގައި ތިޔަ އުޅުއްވަނީ.
    އަދި އަބަދުވެސް ވަރަށް ފޫހިވާ ފަދަ ވާހަކަ ތައް ސިއްދީގު ދައްކަވާ ކަން އެނގޭ، އެކަމަކުވެސް މިފަހަރު ގެ ތިޔަ ވާހަކަ އަކީ ވަރަށް ނޭއްގާނީ ވިސްނުމުގެ މީހަކަށް ނޫނީ ދައްކަން ނުކެރޭނެ ޒާތުގެ ވާހަކަ އެއް.

    6
    7
  9. ައޮފްބެ

    ކޮވިޑް ވެކްސިން ޖަހައިގެން މަރުނުވަނީތޯ ނޫނީ މަރުން ސަލާމަތްވަނީތޯ!!

    7
    1
  10. ތެދު

    100%

    4
    1
  11. ހަ

    ކޮބާ ވީޑިއޯ

  12. ވަރަށް ސަލާން ސިއްދީގުއަށް

    ރައީސް ނަޝީދު ރައީސް އިބޫ ވެކްސިން ޖެއްސެވީ ފިލާތިބެއެއްނޫ ހުރިހާނޫސްވެރިއްނާއި އެތައްބަޔެއްގެ ކުރިމަތީގަ ހާމަކަން ބޮޑުގޮތެއްގަ.މިކަންވެސް ބަޔަކުމިއުޅެނީ އޮޅުވާލަން.މީބޮޑުވަރު. ފައިޒާ ވެކްސިނަކީ މައިނަސް ޑިގުރީގައި ގެންގުޅޭވެކްސިނެއް. މިގޮތައް އައިސްބޮކުސްގައި އެވެކްސިން ނުގެންގުޅެވޭނެ.

    11
    4
  13. މަހުރަބު

    އިންޑިއާގެވެކުސިން ރައީސްމީހާނުޖަހާ ކީއްކުރާނީ ގައުމުހިންގެންއޮތީ އިންޑިއާބުނިގޮތަކަށް ހަދައިގެން މިޔަކީ އަހަރުންދަށްކާވާހަކައެއްނޫން އެންމެތުއްތު ކުއްޖާޔަށްވެސް މިކަންއެނގޭ.

    13
    7
  14. ހަހުރަ

    ކަލޭނޭ ބޫތުކެޔަސް މީ ތަންކޮޅެއް ބޮޑުވަރެއް!!

  15. މަރީ

    ތިޔަޖެހީ ނުރޮވޭ އިންޖެކުސަން ދެނެއް ހަމަޔަގީނުންވެސް ނުރޯނެ.

  16. ާއަހުމަދު

    ރައްޔަތުމީހާ ނުޖަހަނީސް ނުޖަހާނަމޭ ބުނެވުނުތަ

  17. އޮޅުވާލި ވޯޓު

    އޮޅުވާލި ވެކުސިން އޮޅުވާލި ރައްޔަތުން އޮޅުވާލި ގަމާރުންނައް އެގޭތަ ކިބޫ ޖެހީކޮން ވެކުސިނެކަން ހާ ހާ އޮޅުވާލި އޮޅިއްޖެ

    1
    2
  18. ާަހުސެން ފުުތު

    ސޯލިހުވެކުސިންޖަހާގެންމަރުވިޔަސް ޔާމީނުއާ
    ޥެރިކަންހަވާލެއްނުކުރާނެ

    1
    1
  19. ވގ ޔނ

    ނޭގުމައްވުރެ ޖާހިލްކަމެއްނޯންނާނެ