މާފަންނު ގެއަކުން ފައިވާންތަކެއް ވަގަށް ނެގި ދެ މީހުން ހޯދަން އިއުލާނުކޮށްފިއެވެ.
ފުލުހުން ވަނީ އެ މީހުންގެ ވީޑިއޯގެ އާއްމުކޮށްފައެވެ.
ފުލުހުން ވިދާޅުވީ، އެ ވީޑިއޯއިން ފެނިގެން ދާ ދެ މީހަކީ އެގެއިން ވައްކަން ކުރި މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ދެ މީހުން ކަމަށެވެ.
ފުލުހުން ވަނީ. މި ދެ މީހުންނާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާ ކުރުމަށް އެދިފައެވެ.
މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 476595 އެވެ.
ފުލުހުން ވަނީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށްފައެވެ.
ފުލުހުންގެ ޖަވާބު.. ފައިވާން ތިތަނުގަ ބެހެއްޓީމައެއްނުން ނެގީ... ކުރިން ފަހަރަކުވެސް އަހަރުމެންގެ ފިހާރައިން ފޭކު ސްލިޕް ޓްރާންފާރ ގެ މައްސަލައިގައި ތިޔަފުލިހަށް އެންގީމަ ގޯސްވީ އެކަން ރިޕޯރޓު ކުރި ފަރާތް. ސަދޫމް ގާނޫން..
ވަރަށް ސާފް ކޮއް އިންގޭ ތީ ބަންގާޅިން ތަކެއް ކަން