ފައްސި ވޭދަނަތަކެއް ފެނުމާއި ގުޅިގެން އަރާ ފޭބުން މަނާ ކުރި އއ. މަތިވެރި ހުޅުވާލާއިފިއެވެ.

އެރަށަށް އަރާ ފޭބުން މަނާކޮށްފައި ވަނީ މީގެ ތިން ދުވަސް ކުރިންނެވެ.

އެރަށަށް އަރާ ފޭބުން މަނާ ކުރީ އެރަށުން ދެ ކުއްޖަކު ކޮވިޑް-19 އަށް ފައްސިވުމުންނެވެ.

އެ ދުވަހު އެރަށުން ފައްސިވެފައި ވަނީ ޖެނުއަރީ 21 ވަނަ ދުވަހު އެރަށުން ފައްސިވި ދެމަފިރިންގެ ކާފަ ދެ ދަރިންނެވެ. އޭގެ ފަހުންވެސް އެރަށުން ފައްސިވި ކުޑަ ދެ ކުދިންނާއި ގާތުން އެއްތާވި މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

އަދި އެ އަތޮޅު ތޮއްޑޫންވެސް އެ އިހާއަށް ނިސްބަތްވާ މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ.

މަތިވެރި އަލުން ހުޅުވާލާފައި ވަނީ، އެރަށުން ވަކި ތަރުތީބެއް ނެތި ނެގި ސުންކުތައް ނައްސިވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު